Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ މަސައްކަތްތައް

މަޖިލީހުގެ މި ދައުރާ މެދު ރަައީސް ނަޝީދު ހިތްހަމަޖެހިވަޑައިގަންނަވާ، އިލްތިމާސަކީ މެންބަރުން މަޖިލީހަށް ޝައުގުވެރިކަން ބެހެއްޓެވުން

ގިނަ މަަސައްކަތްތަކެއް މަޖިލީހުން ކުރެވިފައިވާ ކަމަށާއި، އެކަށީގެންވާ އަދަދެއްގެ ބިލްތަކުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2022 | ބުރާސްފަތި 09:49
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގެ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގެން ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ މެދު ސުވާލުކުރުމަށް އާއްމުންނަށް ފުރުސަތު ލިބޭ ގޮތަށް ކުރިއަށް ގެންދާ "އާސްކް ސްޕީކަރ"ގެ ހަ ވަނަ އެޕިސޯޑުގައި މަޖިލީހުގެ މަސައްކަތްތަކާ މެދު ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ނިމިދިޔަ ދައުރުގައި މުހިންމު މަސައްކަތްތަކެއް މަޖިލީހުން ކޮށްފައިވާ ކަމަށެވެ. އެގޮތުން އެކަށީގެންވާ އަދަދެއްގެ ބިލުތަކުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ވަނީ މަޖިލީހުގެ މަސައްކަތްތަކަށް ޝައުގުވެރިކަން ބެހެއްޓުމަށް މެންބަރުންނަށް އިލްތިމާސްކުރައްވާފައެވެ.

Advertisement - newsAdvertisement

މަޖިލީހުގެ މި ދައުރުގެ މަސައްކަތް ނިންމާ ޗުއްޓީ އަށް ގޮސްފައި ވަނީ މި ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. މަޖިލީހުން ވަނީ މި ދައުރުގައި 54.7 އިންސައްތަ މަސައްކަތް ނިންމާފައެވެ. މި ދައުރުގެ ފަހު ޖަލްސާ ހޯމަ ދުވަހު ބާއްވާފައިވާއިރު އެ ޖަލްސާގައި 2023 ވަނަ އަހަރުގެ ބަޖެޓާއި މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުން އޮތެވެ.

މި ދައުރުގެ މަސައްކަތްތަކަށް ބަލާއިރު، 43 ޖަލްސާ ބާއްވާފައިވެއެވެ. ކުރީ ދައުރުން ލިބުނު 29 ބިލާއި މި ދައުރުގައި ހުށަހެޅި 13 ބިލުގެ މަސައްކަތް މަޖިލީހުގައި ކޮށްފައިވެއެވެ. އަދި 25 ބިލެއްގެ މަސައްކަތް ނިންމާފައިވާއިރު 17 ބިލުގެ މަސައްކަތް ނުނިމި އެބަ އޮތެވެ. މަޖިލީހުގައި ކުރި މަސައްކަތްތަކުގެ ތެރެއިން ގަރާރުތަކުގެ ތަފްސީލަށް ބަލާއިރު މިދިޔަ ދައުރުގައި ހުށަހެޅި 13 ހިމެނޭހެން ޖުމުލަ 17 ގަރާރުގެ މަސައްކަތްކޮށްފައިވެއެވެ. އޭގެ ތެރެއިން 11 ގަރާރުގެ މަސައްކަތް އަދި ނުނިމެއެވެ. ސަރުކާރުން ހުށަހެޅި މައްސަލަތަކުގެ ތަކުގެ ތަފްސީލްތަކަށް ބަލާއިރު ކުރީ ދައުރުގައި 3 މައްސަލަ، މި ދައުރުގައި 8 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 10 މައްސަލަ ވަނީ ނިމިފައެވެ. މަޖިލީހުގައި ރިޔާސަތުން ހުށަހެޅި ޖުމުލަ 6 މައްސަލައިގެ ތެރެއިން ނުނިމި ދެ މައްސަލަ އެއް އެބަ އޮތެވެ. ކުއްލި މައްސަލަ އަށް ބަލާ އިރު މި ދައުރުގައި 9 މައްސަލަ ވަނީ ނިންމާފައެވެ. މެންބަރުން ހުށަހެޅި ޖުމުލަ 8 މައްސަލައިގެ ތެރެއިން ނުނިމި 5 މައްސަލަ އެބަހުއްޓެވެ. އެހެނިހެން މައްސަލަތަކާއި ގުޅޭ ޖުމުލަ 10 މައްސަލައިގެ ތެރެއިން ނުނިމޭ 5 މައްސަލަ އެބައޮތެވެ. މަޖިލީހަށް ހުށަހެޅި ސުވާލުގެ ތަފްސީލަށް ބަލާއިރު ކުރީ ދައުރުގައި ލިބުނު 15 ސުވާލާއި މި ދައުރުގައި ހުށަހެޅި 74 ސުވާލާ އެކު ޖުމުލަ 89 ސުވާލު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ކުރިއަށް ނުގެންދާ 46 ސުވާލުގެ މަސައްކަތް އެބައޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު