Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސްޕެއިން އަތުން ލިބުނު ނަތީޖާގެ ހިތި ފިލުވާލަން ކުޅުންތެރިން ތިބީ ތައްޔާރަށް: މޮރިޔާސޫ

ޖަޕާން އޮތް ހިސާބަށް ބަލާނަމަ، އޭރަށްވުރެ ހުރިހާ ގޮތަކުން ޓީމު ރަނގަޅު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޑިސެމްބަރު 2022 | ބުރާސްފަތި 06:44
ޖަޕާންގެ ކޯޗު ލުއިސް މޮރިޔާސޫ

ޖަޕާންގެ ކޯޗު ލުއިސް މޮރިޔާސޫ

ދެ އަހަރު ކުރިން އޮލިމްޕިކް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ސްޕެއިން އަތުން ލިބުނު ނަތީޖާގެ ހިތި ފިލުވާލަން ޖަޕާން ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ހާޖިމީ މޮރިޔާސޫ ބުނެފިއެވެ.

އޭނާ މިހެން ބުނީ ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިންނާ ދެކޮޅަށް ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ޖަޕާނަށް ދެ ވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް އެކަން ބިނާވާނީ އެއް ވަގުތެއްގައި ޖަރުމަނާއި ކޮސްޓަރިކާ ބައްދަލު ކުރާ މެޗުގެ ނަތީޖާ އަކަށެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން މޮރިޔާސޫ ބުނީ ޖަޕާނުން މެޗަށް ނުކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށެވެ. އޭނާ ބުނީ އޮލިމްޕިކް މުބާރާތުން ލިބުނު ނަތީޖާގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ. އޭނާ ބުނީ މިހާރު ޖަޕާން އޮތް ހިސާބަށް ބަލާނަމަ، އޭރަށްވުރެ ހުރިހާ ގޮތަކުން ޓީމު ރަނގަޅު ކަމަށެވެ. އޭނާ ބުނީ އެކަންކަމާއެކު ސްޕެއިން މެޗަށް ނުކުންނާނީ ޖަޕާނަށް ހިނިތުންވުމެއް ލިބޭނެ ނަތީޖާ އަށް މަސައްކަތް ކުރުމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ސްޕެއިންގެ މެޗު ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް ކަމަށެވެ. ކުޅުންތެރިންނަށް މެޗުގައި ޕްރެޝަރު ބޮޑުވާނެކަން ފާހަގަ ކުރަމުން މޮރިޔާސޫ ބުނީ، އޭނާ އުއްމީދު ކުރަނީ ކުޅުންތެރިން އެމީހުންގެ އަމިއްލަ ނަފްސަށް އިތުބާރުކޮށް، މެޗައިގެން ކުރިއަށްދާނެ ކަމަށެވެ. އޭނާ ބުނީ މުޅި ދުނިޔެއަށް ވެސް މަޝްހޫރުވެފައި އޮންނަނީ ޔޫރަޕުގެ ފުޓުބޯޅަ ކަމަށާއި، ޓެކްޓިކަލީ އަދި ޕިޒިކަލީ ވެސް އެކަން ވަނީ އެގޮތަށް ކަމަށެވެ.

އިތުރަށް މޮރިޔާސޫ ބުނީ ޖަޕާނާއި ބޮޑެތި ޓީމުތަކާ ކުޅޭއިރު، ޖަޕާނުން މަސައްކަތް ކުރަން ޖެހޭނީ ފަރަގު ނައްތާލަން ކަަމަށެވެ. އޭނާ ބުނީ މިއަހަރުގެ ވޯލްޑް ކަޕުން ދަސްވި ކަންކަމާއެކު، އެކަން ހާސިލު ކުރެވޭނެކަމަށް ވެސް އުއްމީދު ކުރާ ކަމަށެވެ.

ޖަޕާނާއި ސްޕެއިން ވާދަ ކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު