Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ދެ ވަނަ ބުރަށް ދިޔުމަށް ކޮސްޓަރިކާ އިން 90 މިނެޓު މަސައްކަތް ކުރާނެ

ކޮސްޓަރިކާގެ ސްކޮޑުގައި އޮތީ ތަފާތު އިހުސާސްތަކެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޑިސެމްބަރު 2022 | ބުރާސްފަތި 02:32
ކޮސްޓަރިކާގެ ކޯޗު ލުއިސް ފެނާންޑޯ

ކޮސްޓަރިކާގެ ކޯޗު ލުއިސް ފެނާންޑޯ

ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ޖާގަ ހޯދުމަށް ކޮސްޓަރިކާއިން ކުރިއަށް އޮތް މެޗުގެ 90 މިނެޓު ހަމަވަންދެން މަސައްކަތް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ފެނާންޑޯ ސުއަރޭޒް ބުނެފިއެވެ.

ފެނާންޑޯ ސުއަރޭޒް މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ފަހު މެޗުގައި ނުކުންނަން ޖެހެނީ ހަތަރު އަހަރުގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށް ކަމަށާއި، އެ މެޗުގެ އުނދަގޫކަން ވަރަށް ބޮޑަށް އެނގި ތިބި ކަމަށެވެ. އަދި ޖަރުމަނުން ވެސް ކުރިއަށް އޮތް ބުރަށް ކޮލިފައިވާން ބޭނުންވާނެ ކަމަށާއި، ކޮސްޓަރިކާ އިން ވެސް ބޭނުންވަނީ އެ ގޮތް ކަމަށެވެ. އޭނާ ބުނީ ކޮސްޓަރިކާ އަށް އޮތް ފުރުސަތުތަކަށް ވެސް ލޯ ހުޅުވައިގެން ތިބި ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ކޮސްޓަރިކާ އޮތީ މެޗަކުން ބަލިވެފައި ކަމަށާއި، އެއް މެޗުން މޮޅުވި ކަމަށެވެ. އެކަމާއި ގުޅިގެން ކޮސްޓަރިކާގެ ސްކޮޑުގައި އޮތީ ތަފާތު އިހުސާސްތަކެއް ކަމަށާއި، މިއަދާ ހަމައަށް ވެސް އެކަން އޮތީ އެގޮތުގައި ކަމަށެވެ. ފެނާންޑޯ ސުއަރޭޒް ބުނީ މެޗުން މޮޅުވުމަށް މުހިންމު ކަންތައްތަކެއް ކުރަން ޖެހޭނެ ކަމަށާއި، ކުރިއަށް އޮތް ބުރަށް ދާން ބޭނުންވާއިރު، މެޗުގެ 90 މިނެޓު އެކަަމަށް އެދިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ޕްރެސްގައި އިތުރަށް އޭނާ ބުނީ ޓީމު އޮތީ ރަނގަޅު ފަރިތަކުރުންތަކަކަށްފަހު މެޗަށް ތައްޔާރަށް ކަމަށާއި، މެޗުން ނަތީޖާ ނެރުމަކީ ބޭނުންވާ ގޮތް ކަމަށެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކޮސްޓަރިކާ އިން ޖަރުމަނާ ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު