Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސްޠީނުގެ ރައްޔިތުން

ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް އޮންނާނެ: ރައީސް

30 ނޮވެމްބަރު 2022 | ބުދަ 02:05

ޞުލްޙަ ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ ދެ ދައުލަތުގެ ދެމެދު އޮންނަންޖެހޭނެ ޙައްލަކީ ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ޙައްލެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ނޮވެމްބަރު 2022 | ބުދަ 02:05
ފަލަޞްޠީނުގެ ޙާލަތު

ފަލަޞްޠީނުގެ ޙާލަތު

ފަލަސްޠީނުގެ ރައްޔިތުންނަށް ޞުލްޙަވެރިކަމާއި ތަނަވަސްކަމާއި އަބުރުވެރި ދިރިއުޅުމެއް ލިބެންޖެހޭކަމަށާއި، ފަލަސްޠީނުގައި ތިބި އަޚުންނާއި އުޚުތުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެ، ފަލަސްޠީނާއެކު އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށް ފޮނުއްވި މެސެޖުގައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ދުވަހުގެ މުނާސަބަތުގައި ފަލަސްޠީނުގެ ރައްޔިތުންނާއި ފަލަސްޠީނުގެ ސަރުކާރު، އަމިއްލަ އިޚްތިޔާރުގެ ޙައްޤު ޙާޞިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްޠީނުގެ މައްސަލައިގައި ޞުލްޙަ ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ ދެ ދައުލަތުގެ ދެމެދު އޮންނަންޖެހޭނެ ޙައްލަކީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ޙައްލެއްކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ، މިކަމަށްޓަކައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ގޮވާލައްވާފައެވެ.

އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ މި އިންތިޒާމާއި ޚިލާފަށް އެކަން އެއްފަރާތްކޮށް އަޅާ ފިޔަވަޅުތަކަކީ ޣައިރު ޤާނޫނީ ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙާލަތާއި ޙައްޤުތަކަކީ ބައިނަލްއަޤްވާމީ ގޮތުން އިސްކަންދޭ ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން ހާމަކުރައްވާފައެވެ.

ރައީސް ވަނީ މިކަމުގެ އަލީގައި، ރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ދަރަޖަ ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިގަތުމާއި، ޙިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު ހަނދާންކޮށްދެމުން ގެންދާނެކަން ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 ޖޫން 2017

ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން އޮންނާނެ:ރައީސް އޮފީސް

21 ޖޫން 2017
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން އޮންނާނެ:ރައީސް އޮފީސް
08 ޖޫން 2017

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

08 ޖޫން 2017
ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ
05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
13 ފެބުރުއަރީ 2017

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް