Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މާޓިނޯ ބުނަނީ ބަހަނާ ދައްކާނެ ފުރުސަތެއް ނެތް ކަމަށް

މެކްސިކޯ އިން ވަނީ އެންމެ ފަހުން އެ ޤައުމު ކުޅުނު ހަތް ވޯލްޑް ކަޕްގައި ވެސް ދެ ވަނަ ބުރުން ޖާގަ ހޯދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ނޮވެމްބަރު 2022 | ބުދަ 02:36
މެކްސިކޯގެ ކޯޗު މާޓިނޯ

މެކްސިކޯގެ ކޯޗު މާޓިނޯ

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސައުދީ އަރަބިޔާއާ ދެކޮޅަށް ނުކުންނަ އިރު ބަހަނާ ދައްކާނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް މެކްސިކޯގެ ކޯޗު ޖެރާޑް މާޓިނޯ ބުނެފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުރިއަށް ދާއިރު މި ގްރޫޕުން ދެ ވަނަ ބުރަށް ދާނެ ޓީމުތައް އަދި ޔަގީން ނުވެއެވެ. ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާއެކު މިވަގުތު އެއް ވަަނައިގައި އޮތީ ޕޮލެންޑެވެ. ދެ ވަނައިގައި އޮތް އާޖެންޓީނާ އާއި ތިން ވަނައިގައި އޮތް ސައުދީ އަށް ލިބެނީ ތިން ޕޮއިންޓެވެ. ޕޮއިންޓަކާއެކު ފުލުގައި އޮތީ މެކްސިކޯއެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދިޔުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އެބަ އޮތެވެ.

ސައުދީ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުން މާޓިނޯ ބުނީ ފަހު މެޗަށް ނުކުންނައިރު، އެއީ ވަރަށް ވާދަވެރި މެޗުތަކަކަށް ވާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ މި ގްރޫޕުން ދެ ވަނަ ބުރަށް ދާނެ ޓީމުތަކާއި، މުބާރާތުން ކަޓާނެ ޓީމުތައް އެނގޭނީ އެ މެޗަށްފަހު ކަމަށްވާތީއެވެ. މާޓިނޯ ބުނީ މެކްސިކޯ ޓީމުން ކުރަން ޖެހޭނެ ކަމަކީ ލިބޭ ފުރުސަތު ތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުން ކަަމަށެވެ.

މެކްސިކޯ އިން ވަނީ އެންމެ ފަހުން އެ ޤައުމު ކުޅުނު ހަތް ވޯލްޑް ކަޕްގައި ވެސް ދެ ވަނަ ބުރުން ޖާގަ ހޯދާފައެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގައި އެކަން ބިނާވެފައި ވަނީ ސައުދީ މެޗުގައި އެ ޓީމުން ނެރޭ ނަތީޖާއެއްގެ މައްޗަކަށެވެ. މެކްސިކޯ އަށް އެއީ މޮޅުވާން މަޖުބޫރު މެޗެކެވެ.

މާޓިނޯ ބުނީ އެއްވެސް ބަހަނާއެއް ދައްކަން ބޭނުންނުވާ ކަމަށާއި، ހަމައެކަނި އޮތް ޗޮއިސް އަކީ ސައުދީ މެޗު ކާމިޔާބު ކުރުން ކަމަށެވެ. އޭނާ ބުނީ ސްކޮޑެއްގެ ގޮތުގައި އޮންނަ އިރު އެމީހުން ބަހަނާ ދައްކަން ބޭނުންނުވާ ކަމަށާއި، ނަމަވެސް ބައެއް ފަހަރު ކަން އޮތް ގޮތުގެ އަަސްލު ބުނެދޭން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ މެޗުގެ 60 މިނެޓު އެމީހުން ރަނގަަޅަށް ކުޅުނު ވާހަކަ ބުނަނީ، 60 މިނެޓު ރަނގަޅަށް ކުޅެވުމުން ކަމަށެވެ. ނަމަވެސް އެއީ ބަހަނާއެއް ނޫން ކަމަށް މާޓިނޯ ބުންޏެވެ.

މާޓިނޯ ބުނީ އެ ހުރިހާ ކަމެއް އެއް ފަރާތްކުރުމަށްފަހު ކުރަން ޖެހޭ ކަމަކީ މެކްސިކޯގެ ރައްޔިތުންނަށް އެމީހުން ބޭނުންވާ ޖަވާބު ދިނުން ކަމަށެވެ. އޭނާ ބުނީ އެކަން އެގޮތުގައި ކުރެވޭނީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މެޗަށް ފޯކަސްކޮށްގެން ކަމަށެވެ. މާޓިނޯ ބުނީ ހަތަރު އަހަރު ޓީމާއެކު ހޭދަވީއިރު، ކޯޗެއްގެ ހައިސިއްޔަތުން އޭނާ ބަހަނާ ދައްކާފައި ނުވާނެ ކަމަށެވެ.

މެކްސިކޯ އާއި ސައުދީ ކުޅޭ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2018

އިބްރަހިމޮވިޗް ނެތްތަން ޔުނައިޓެޑްއިން ދައްކާނެ: ޖޯންސް

29 މާރިޗު 2018
އިބްރަހިމޮވިޗް ނެތްތަން ޔުނައިޓެޑްއިން ދައްކާނެ: ޖޯންސް
26 މާރިޗު 2018

100 އިންސައްތަ ނުދޭ ކުޅުންތެރިންނަށް ފުރުސަތެއް ނުދޭނަން: ސެގެޓް

26 މާރިޗު 2018
100 އިންސައްތަ ނުދޭ ކުޅުންތެރިންނަށް ފުރުސަތެއް ނުދޭނަން: ސެގެޓް
14 މާރިޗު 2018

ސިޓީއަށް މެސީ ކުޅުމުގެ އެއްވެސް ފުރުސަތެއް ނެތް!

14 މާރިޗު 2018
ސިޓީއަށް މެސީ ކުޅުމުގެ އެއްވެސް ފުރުސަތެއް ނެތް!
04 މާރިޗު 2018

އިޓާލިއަން ސެރީއޭ: ނަޕޯލީ ބަލިވެ ޔުވެންޓަސްއަށް ބޮޑު ފުރުސަތެއް

04 މާރިޗު 2018
އިޓާލިއަން ސެރީއޭ: ނަޕޯލީ ބަލިވެ ޔުވެންޓަސްއަށް ބޮޑު ފުރުސަތެއް
09 އޮކްޓޯބަރު 2017

ގައުމީ ޓީމުން ދެން މެސީ އަށް ފުރުސަތެއް ނުދޭނަން: ގައުމީ ކޯޗު

09 އޮކްޓޯބަރު 2017
ގައުމީ ޓީމުން ދެން މެސީ އަށް ފުރުސަތެއް ނުދޭނަން: ގައުމީ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު