Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

ޑިސެމްބަރު މަހުގެ ތިންވަނަ ހަފުތާގައި 1.6 މިލިއަން ފަތުރުވެރިން ހަމަވާނެ: މައުސޫމް

25 ނޮވެމްބަރު 2022 | ހުކުރު 07:18

މިއަހަރުގެ މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ނޮވެމްބަރު 2022 | ހުކުރު 07:18
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މިއަހަރު އަންނާނެ ކަމަށް ލަފާކޮށްފައިވާ ފަތުރުވެރިންގެ ޓާގެޓް އަންނަ މަހުގެ ތިންވަނަ ހަފުތާގައި ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ މިއަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރު އައި ޖުމްލަ ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 7.5 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަހަރު ނިމެން އަދި 38 ވަރަކަށް ދުވަސް އޮތްއިރު 1.6 މިލިއަން ފަތުރުވެރިންގެ ޓާގެޓް އަންނަ ޑިސެމްބަރު މަހުގެ ތިންވަނަ ހަފުތާގައި ހާސިލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1،456،170 (އެއް މިލިއަން ހަތަރުލައްކަ ފަންސާސް ހަ ހާސް އެއް ސަތޭކަ ހަތްދިހަ) އަށް އަރައިފައެވެ. މިދިޔަ އަހަރު އައި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 1،321،937 (އެއް މިލިއަން ތިންލައްކަ އެކާވީސް ހާސް ނުވަސަތޭކަ ތިރީސް ހަތް) އެވެ.

މިއަހަރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 4،453 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަނީ ހޮނިހިރު އަދި އާދީއްތައިގައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަނީ އިންޑިއާއިންނެވެ. އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ 14 އިންސައްތަ ހިއްސާ ކުރާއިރު އެއީ 190،350 ފަތުރުވެރިންނެވެ. ދެވަނަ އަށް އޮތް ރަޝިއާއިން ފަތުރުވެރިންގެ 12.3 އިންސައްތަ ހިއްސާ ކުރާއިރު އިނގިރޭސިވިލާތުން 10.9 އިންސައްތަ، ޖަރުމަނުން 8.2 އިންސައްތަ، އިޓަލީން 5.5 އިންސައްތަ ހިއްސާ ކުރެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަމުން އަރައިގަނެވިފައިވާއިރު ޤައުމީ އެއަރލައިން ހިމަނައިގެން މިވަގުތު 30 އެއަރލައިނަކުން ބައިނަލްއަގުވާމީ ދަތުރުތައް ރާއްޖެއަށް ކުރެއެވެ. އެއީ ޔޫރަޕުގެ 11 އެއަރލައިނާއި މެދުއިރުމަތީގެ ހަތް އެއަރލައިނާއި އިންޑިއާގެ ހަތަރު އެއަރލައިން އަދި އެހެނިހެން މަންޒިލްތަކުން ދަތުރުކުރާ އަށް އެއަރލައިނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖޭން ވަނީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ލަގަބު ވެސް ހޯދައިފައެވެ. އެންމެ ފުރަތަމަ މި ލަގަބު ރައްޖެއަށް ލިބުނީ 2020 ވަނަ އަހަރުއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް