Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ ޚިޔާނާތް

ޑިއުޓީ ޕްރޮސެކިއުޝަންގެ ތެރެއިން، ބޮޑު ޚިޔާނާތުގެ ފަސް މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަން ފަށައިފި

ކޮރަޕްޝަނުގެ މައްސަލާގައި ހިމެނޭ އަމިއްލަ ފަރުދުންނާއި ކުންފުނިތައްވެސް ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ނޮވެމްބަރު 2022 | ބުދަ 12:08
އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޕީޖީ ޝަމީމް (ވ) އަދި އޭސީސީގެ ރައީސް

އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޕީޖީ ޝަމީމް (ވ) އަދި އޭސީސީގެ ރައީސް

ޑިއުޓީ ޕްރޮސެކިއުޝަންގެ ތެރެއިން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑު ފަސް މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަން ފަށައިފިއެވެ.

މިކަމާގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މީޑިއާއިން ބުނެފައިވަނީ، ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ 5 މައްސަލައާ ގުޅިގެން، މި މަރުހަލާގައި ޕީޖީގެ ފަރާތުން އިސްލާހުކުރަން އެދިފައިވާ ކަންކަން އިސްލާހުކުރުމުގެ މަސައްކަތް އޭސީސީން ކުރަމުން އަންނަކަމަށެވެ.

ޑިއުޓީ ޕްރޮސިކިއުޝަންގެ ތެރެއިން ތެރެއިން ކުރިއަށްދާތީ، މިއީ މިމައްސަލަތައް އަނބުރާ ފޮނުވާލުމެއް ނޫނެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި 5 މައްސަލައެއްގެ ތަހުގީގު ނިންމައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

އޭސީސީން ފޮނުވި މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ހިމެނޭ އަމިއްލަ ފަރުދުންނާއި ކުންފުނިތައްވެސް ހިމެނޭކަމަށް އޭސީސީން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ގިނަ އަދަދެއްގެ ފަޅުރަށްތަކަކާއި ފަޅުތަކެއް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ 1.23 ބިލިއަން ރުފިޔާއަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޚިނާޔާތްތެރިވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ 1.23 ބިލިއަން ރުފިޔާގެ ޚިޔާނާތެއްކަމަށް އޮޑިޓް އޮފީހުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކުރިނަމަވެސް، އެމްއެމްޕީއާރުސީން ފަޅުރަށްތަކާއި ފަޅުތައް ވިއްކާފައިވަނީ ނުއަގުގައެވެ. އެހެންކަމުން ރާއްޖޭގެ އިގުތިސާދު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ހަތަރު ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތެކެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން މަޖިލީހުގެ ކޮމިޓީން އާންމުކޮށްފައިވާ ލިސްޓުގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ 6 މެމްބަރުންގެ ނަން ވަނީ ހިމެނިފައެވެ. އޭގެ އިތުރުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެމްޑީޕީގެ 4 މެމްބަރުންގެ ނަން ހިމެނިފައިވެއެވެ. އަދި ޕީއެންސީއާއި އެމްޑީއޭގެ އެއް މެންބަރުގެ ނަމާއި، ޖޭޕީއާއި މިނިވަން ދެ މެންބަރުގެ ނަން ލިސްޓުގައި ހިމެނެއެވެ.

މުޅިއެކު 281 މީހަކު ހިމެނޭ މި ލިސްޓަކީ އަދި ތަހުގީގު ނުނިމޭ ލިސްޓެކެވެ. އޭގެ ތެރޭގައި މިހާރު މައުލޫމާތު އެއްކުރަމުންދާ މީހުންނާއި، ދައުވާކުރުމުގެ މަރުހަލާގައި ތިބި އަދި ތަހުގީގުކުރެވޭ މީހުންވެސް ހިމެނެއެވެ. ލިސްޓު އާންމުކޮށްފައި ވަނީ ތަހުގީގަށް ހުރަސް ނޭޅޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ޖޮއިންޓް ކޮމިޓީން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު