Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަރީ ކޮމިޓީ

ފަނޑިޔާރުކަމުން ވަކިވާތާ 6 މަސް ވަންދެން، ވަކީލުކަން ނުކުރެވޭގޮތަށް ކަނޑައަޅަން ކޮމިޓީން ފާސްކޮށްފި

23 ނޮވެމްބަރު 2022 | ބުދަ 11:58

މިހާރު ގާނޫނުގައި ވާގޮތުން، ފަނޑިޔާރުކަމުން ވަކިވުމާއެކު ވަކާލާތުކުރުމުގެ ހުއްދަ ލިބޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ނޮވެމްބަރު 2022 | ބުދަ 11:58
ޖުޑީޝަރީ ކޮމިޓީ

ޖުޑީޝަރީ ކޮމިޓީ

ފަނޑިޔާރުކަމުން ވަކިވާތާ ނުވަތަ ވަކިކުރާ ތާރީޚުން ފެށިގެން 6 މަސްދުވަސް ވަންދެން ގާނޫނީ ވަކީލުކަން ނުކުރެވޭގޮތަށް، ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާއެކު ދެ އިސްލާހެއް އިތުރުކޮށްފައެވެ. އެގޮތުން، ފަނޑިޔާރުކަމުން ވަކިކުރާ މީހެއްގެ ލައިސަންސް ހިފަހައްޓަން ކަނޑައަޅާ މުއްދަތު އެއް އަހަރު ދުވަހުން ހަ މަސް ދުވަހަށް ބަދަލުކުރުމަށް އެ އޮފީހުން ވަނީ ލަފާދީފައެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވަނީ އެ ލަފަޔާއެކު، ގާނޫނީ ފަންނުގެ ގާނޫނުގެ 35 ވަނަ މާއްދާގެ ށ އަށް ގެނައި ބަދަލުގައި ވަނީ، ގާނޫނީ ވަކީލަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ނުވަތަ ވަކި ކުރެވޭ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ މުއްދަތަށް، އެއްވެސް ކޯޓަކަށް ގާނޫނީ ވަކީލެއްގެ ގޮތުގައި ނުދެވޭނެކަމަށް ކަނޑައަޅާފައެވެ. މި މުއްދަތު ހަމަވުމުން ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިގައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެ ވަކީލަކު އެދެން ޖެހޭނީ ބާރ ކައުންސިލްގައެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ބާ ކައުންސިލަށް ހުށަހަަޅާއިރު، ގާނޫނީ ވަކީލަކު ފަނޑިޔާރުކަމުން މުސްކުޅިކޮށްފައިވާނަމަ، ނުވަތަ އިސްތިއުފާދީފައިވާނަމަ، އެ މީހެއްގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނުވަތަ އެ ނޫންވެސް ތަހުގީގީ އިދާރާއަކުން އޭރު މައްސަލައެއް ބަލަމުންދާނަމަ އެ މައްސަލައެއްގެ ތަފްސީލާއި، ގާނޫނީ ވަކީލަކު ފަނޑިޔާރުކަމުން ވަކިކޮށްފައިވާނަމަ އެކަން ބަޔާންކުރުމާއެކު ވަކިކުރި މައްސަލައިގެ ތަފްސީލް ބަޔާންކުރަން ޖެހޭނެއެވެ.

މި ދެ މާއްދާ ހިމެނޭގޮތަށް ގާނޫނީ ފަންނުގެ ގާނޫނުގެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސާކުރިގޮތަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވަނީ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ގާނުނީ ފަންނުގެ ގާނޫނުގެ 35 ވަނަ މާއްދާއަކީ ފަނޑިޔާރުންގެ ގާނޫނީ ވަކީލުކަމުގެ ހުއްދައާގުޅޭ މާއްދާއެވެ. އެ މާއްދާގެ ހ ގައި ބުނެފައިވާގޮތުގައި، ގާނޫނުގެ ދަށުން ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލަކު ފަނޑިޔާރެއްގެ މަގާމަށް އައްޔަންކޮށްފިނަމަ، އެހިނދުން ފެށިގެން ބެލެވޭނީ އެ ގާނޫނީ ވަކީލަކީ "ގާނޫނީ ވަކީލުކަމުގެ މަސައްކަތް ނުކުރާ ވަކީލެއް"ގެ ގޮތުގައެވެ. އަދި ފަނޑިޔާރުކަމުގައި ދެމިހުރިހާ ދުވަހު އެ ވަކީލެއްގެ ހުއްދަ އޮންނާނީ ހިފެހެއްޓިފައިކަމަށާއި، އެ މުއްދަތުގެ ތެރޭގައި ގާނޫނުގެ ދަށުން ލިބިދޭ ހައްގުތަކާއި އިމްތިޔާޒުތައްވެސް ހިފެހެއްޓިފައިވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ގާނޫނުގައި މިހާރު އޮތްގޮތުން، 35 ވަނަ މާއްދާގެ ށ ގެ ދަށުން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެއްޖެނަމަ، އެ މީހަކު ފަނޑިޔާރުކަމާ ހަވާލުވުމުގެ ކުރިން އެ މީހަކަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ. އެހެންވެ، ފަނޑިޔާރުކަމުން ވަކިވުމުން ނުވަތަ ވަކި ކުރުމުން އެ ވަކީލަކަށް ވަކާލާތު ކުރެވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް