Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫރިޔާގައި ހިންގި އަސްކަރީ އޮޕަރޭޝަން

ތުރުކީވިލާތުން ސޫރިޔާގައި "އަސްކަރީ އޮޕަރޭޝަނެއް" ހިންގާ މަސްރަހަށް އިތުރު ނުތަނަވަސްކަން!

ހުސްވި ހަފުތާގެ ހަމަލާގައި 6 މީހެއްގެ ފުރާނަ ގެއްލިފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2022 | އަންގާރަ 13:47
ތުރުކީވިލާތުން ސޫރިޔާގައި ހިންގާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ސޫރިޔާގެ އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން

ތުރުކީވިލާތުން ސޫރިޔާގައި ހިންގާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ސޫރިޔާގެ އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން

އެއްގަމާއި ވައިގެ މަގުންވެސް ވަރުގަދަ ހަމަލާތަކެއްދީގެން މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހު ސޫރިޔާގައި ހިންގި ވަރުގަދަ އަސްކަރީ އޮޕަރޭޝަންގައި، 184 ހަނގުރާމަވެރިއަކު މަރާލާފައި ވާނެ ކަމަށް، ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.

ތުރުކީވިލާތުން ބުނި ގޮތުގައި، އެ އަސްކަރީ އޮޕަރޭޝަނަކީ، ތުރުކީވިލާތުގެ އިސްތަންބޫލްގައި ދާދި ފަހުން ދިން ބޮމުގެ ހަމަލާގެ ބަދަލުގައި ހިންގި އޮޕަރޭޝަނެކެވެ. ހުސްވި ހަފުތާގެ ހަމަލާގައި 6 މީހެއްގެ ފުރާނަ ގެއްލިފައި ވާ އިރު، އެ ހަމަލާތަކީ ކުރުދީ ހަނގުރާމަވެރިންނާ ގުޅޭ ހަމަލާއެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކަން މިހެން އޮތް އިރު ޕީކޭކޭއާއި ވައިޕީޖީ އިސްވެ އޮވެގެން ހިންގާ ސީރިއަން ޑިމޮކްރަޓިކް ފޯރސަސް (އެސްޑީއެފް)އިން ވަނީ، ކާރޫބާރޫ ބޮޑު މަގެއްގެ މަތީގައި، ނޮވެމްބަރު 13 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި އެއްވެސް ވަރެއްގެ ޝާމިލުވުމެއް އޮތް ކަމަށް އިންކާރު ކޮށްފައެވެ.

ތުރުކީވިލާތުން ބުނީ ބޯޑަރު ހުރަސްކޮށް، ސޫރިޔާގެ އުތުރުގެ ސަރަހައްދުން ހޯމަ ދުވަހު ދިން މޮޓަރު ބަޑީގެ ހަމަލާއެއްގައި 2 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށެވެ. މިއާއެކު ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތަކުގެ ނުތަނަވަސްކަންވެސް ވަނީ ބޮޑުވެފައެވެ.

ތުރުކީވިލާތުން ސޫރިޔާގައި ހިންގާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ސޫރިޔާގެ އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ތުރުކީވިލާތުގެ ހަމަލާތަކުގައި ފުރާނަ ގެއްލިދިޔަ ކުރުދީންގެ އާއިލާތަކުން ވަނީ ހިތާމަ ފާޅު ކޮށްފައެވެ.

ކަރޑިސްޓާން ވަރކާޒް ޕާޓީ (ޕީކޭކޭ) އާއި ޕީކޭކޭގެ ގޮތްޕެއް ކަމަށް ތުރުކީވިލާތުގެ ސަރުކާރުން ތުހުމަތު ކުރާ ވައިޕީޖީގެ ކިއްލާތަކަށް އަމާޒުކޮށް، ތުރުކީވިލާތުގެ މަތިންދާބޯޓުތަކުން ދިން ހަމަލާތަކުގައި 89 އަމާޒެއް ސުންނާފަތި ކޮށްލާފައި ވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރު ކަމަށް ވަކާލާތު ކުރާ އެމެރިކާގެ ސަރުކާރުން ބުނާ ގޮތުގައި އެސްޑީއެފްއަކީ، ސޫރިޔާގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ބައެކެވެ. ނަތީޖާއެއްގެ ގޮތުން، އުތުރު އެޓްލާންޓިކްގެ އަސްކަރީ އިއްތިހާދު (ނޭޓޯ)ގެ ގާތް އެކުވެރި ތުރުކީވިލާތާ މެދު ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.

ސީރިޔާސީރިޔާ-އިޒްރޭލު ހަނގުރާމަތުރުކީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު