Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒުވާނުންނަށް ފުރުސަތުތައް ހޯދާދިނުން

"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ފަށައިފި

ކުޑަކުދިންނާއި ގުޅުން ހުރި ބައެއް ހަރަކާތްތައް ވެސް މި އެކްސްޕޯގެ ތެރޭގައި ހިމެނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ނޮވެމްބަރު 2022 | ހުކުރު 14:00
"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022"  ފަށައިފި

"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ފަށައިފި

"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގުޅިގެން ބާއްވާ މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 18 އަދި 19 މި ދެ ދުވަހެެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި އެކްސްޕޯގައި ޖުމްލަ 35 ސްޓޯލް ގާއިމްކޮށްފައިވެއެވެ. ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން، ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި ޒުވާނުން ފަންނީ ހުނަރުވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވުމަށް ހިތްވަރުދީ އެދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި އެކްސްޕޯގައި މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ އިދާރާތަކާއި އޮފީސްތަކުން ބައިވެރިވެއެވެ.

Advertisement - newsAdvertisement

ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުމަށް ގިނަ ފުރުސަތުތަކެއް ލިބޭގޮތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވާ ދިވެހީން ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން އެކްސްޕޯގައި ވަޒީފާގެ ފުރުސަތުތަކާއި، ތަމްރީނުގެ ފުރުސަތުތަކުގެ އިތުރުން ހޭލުންތެރިިކަމުގެ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި، މަސައްކަތްތެރިކަމުގެ އިތުރުން އެހެން ބައެއް ސިނާއަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް ވެސް މި އެކްސްޕޯގެ ތެރެއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްސްޕޯގެ ތެރޭގައި، މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާގެ ތަފާތު މައުޟޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަންތަކެއް ވެސް ބާއްވަން ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ކުޑަކުދިންނާއި ގުޅުން ހުރި ބައެއް ހަރަކާތްތައް ވެސް މި އެކްސްޕޯގެ ތެރޭގައި ހިމެނެއެވެ.

މި އެކްސްޕޯއަކީ ވޯލްޑްބޭންކުގެ އެހީގައި ހިންގާ "މީރީ" ޕްރޮޖެކްޓުން ޚަރަދުކޮށްގެން ބާއްވާ ޙަރަކާތެކެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

"މޯލްޑިވްސް އެޑިއުކޭޝަން އެކްސްޕޯ" މިމަހުގެ 17 އިން 19 އަށް

15 އޯގަސްޓު 2017
"މޯލްޑިވްސް އެޑިއުކޭޝަން އެކްސްޕޯ" މިމަހުގެ 17 އިން 19 އަށް
15 އޯގަސްޓު 2017

'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ފަށައިފި

15 އޯގަސްޓު 2017
 'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ފަށައިފި
30 ޖޫން 2017

ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފި

30 ޖޫން 2017
ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފި
27 ޖޫން 2017

މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި

27 ޖޫން 2017
މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި
21 ޖޫން 2017

އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި

21 ޖޫން 2017
އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު