Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެޓެރެންސް ކަޕް

ފަހު ވަގުތު އައްޔަ ކާމިޔާބުކޮށްދިން ލަނޑާއެކު ނިއުއިން ތަށި ދިފާޢުކޮށްފި

މިއީ ނިއުރޭޑިއަންޓުން ވިދިވިދިގެން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރު

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 24 ޖޫން 2017 | ހޮނިހިރު 16:20
ނިއުރޭޑިއަންޓުން ތަށި އުފުލާލަނީ

ނިއުރޭޑިއަންޓުން ތަށި އުފުލާލަނީ

ފަހު ވަގުތު އައްޔަ ކާމިޔާބުކޮށްދިން ލަނޑާއެކު ރަމަޟާން ވެޓެރެންސް ކަޕް ފުޓުބޯޅަ މުބާރާތުގެ ތަށި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދިފާއުކޮށްފިއެވެ.

ހޮނިހިރު ދުވަހު އެފްއޭއެމްގެ އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު ފައިނަލުގައި ނިއުއިން މާޒިޔާގެ މައްޗަށް ކުރިހޯދީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދި ނާޝިދެވެ. ނިއުގެ ހުސްނީ އަބްދުލް ރަހްމާން ލަނޑެއް ކާމިޔާބުކޮށްދީފައި ވަނިކޮށް މެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނު އަލީ ޝަމީމް (އައްޔަ)އެވެ. މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ އަބްދުﷲ އިބްރާހިމެވެ.

މުބާރާތުގެ 35 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ނިއުރޭޑިއަންޓްގެ ހުސްނީ އަބްދުލް ރަހްމާން ހޮވުނުއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އެންމެ ގިނަ ލަނޑު ޖަހައިގެން ޓޮޕް ސްކޯރާގެ މަގާމުވެސް ހާސިލްކުރި ނިއުރޭޑިއަންޓްގެ އަލީ ޝަމީމް އެވެ. 50 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ވެލެންސިއާގެ އަބުލް ރައްޒާގް އިބްރާހިމް އެވެ.

މުޅި މުބާރާތުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިންނަށް ބަލާއިރު، އެންމެ މޮޅު ކީޕަރަކަށް ހޮވުނީ މާޒިޔާގެ މުހަންމަދު ޝިނާން އެވެ. އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިއަކަށް ނިއުގެ އަލީ ރިޒާ ހޮވުނުއިރު އެންމެ މޮޅު މިޑްފިލްޑް ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ އަހްމަދު ނާޒް އެވެ. އެންމެ މޮޅު ފޯވާޑަކީ ނިއުގެ އަލީ ޝަމީމް އެވެ.

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް މާޒިޔާގެ އަހްމަދު ނާޝިދް ހޮވުނުއިރު އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ޓީމް ނިއިގެ ކޯޗް ހަސަން ހަމީދެވެ.

ފާއިތުވި އަހަރު ނިއުރޭޑިއަންޓުން މި މުބާރާތް ކާމިޔާބުކުރީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ވެލެންސިއާ ބަލިކޮށްގެންނެވެ. ވެލެންސިއާއިން ވަނީ ޖުމްލަ 4 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. މުޅިން އަލަށް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި މާޒިޔާ ބަލިކޮށް ނިއުއިން ވިދިވިދިގެން ދެވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރިއިރު އެޓީމުން ވަނީ މިހާތަނަށް ޖުމްލަ 3 ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.

މޯލްޑިވްސް ސޮކާ މޭޓްސްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބާއްވަމުން އަންނަ މި މުބާރާތަކީ ރާއްޖޭގެ ކުރީގެ ފުޓުބޯޅަ ތަރިންގެ މެދުގައި ކުޅުވޭ އެންމެ ފޯރިގަދަ މުބާރާތެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު