Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އިންގްލެންޑް ޓީމު ޤަތަރަށް ގޮސްފި

އިންގްލެންޑް ޓީމު ޤަތަރަށް ގޮސްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2022 | ބުދަ 03:19
އިންގްލެންޑް ޓީމު ޤަތަރުގައި

އިންގްލެންޑް ޓީމު ޤަތަރުގައި

ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިންގްލެންޑްގެ ޓީމު ޤަތަރަށް ގޮސްފިއެވެ.

އިންގްލެންޑް ޓީމު ޤަތަރަށް ގޮސްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުން މިހާރު ވަނީ ޤަތަރަށް ދަތުރު ފަށާފައެވެ. ބައެއް ޓީމުތަކުން ޤަތަރަށް ދިޔުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ކުރިން ކުޅޭ އެކުވެރިކަމުގެ މެޗަށްފަހުއެވެ.

މިއަހަރުގެ މުބާރާތުގައި އިންގްލެންޑް އޮތީ ވޭލްސް، އެމެރިކާ އަދި އީރާނާއެކު ގްރޫޕް ބީ ގައެވެ. މި ގްރޫޕްގެ ފޭވަރިޓުންނަކީ ވެސް އިންގްލެންޑް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އިންގްލެންޑަކީ އެންމެ ފަހުން މިދިޔަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ރަނަރަޕް ޓީމެވެ. އެ މުބާރާތުގެ ފައިނަލްގައި ބަލިވީ އިޓަލީ އަތުންނެވެ. އޭގެ 18 މަސް ދުވަސް ފަހުން އިންގްލެންޑުން ވޯލްޑް ކަޕަށް ކުރިމަތިލާއިރު، އެ ޤައުމަކީ މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުގައި ވެސް ގިނަ ބަޔަކު ހިމަނަމުން އަންނަ ޤައުމެކެވެ.

އިންގްލެންޑް ޓީމު ޤަތަރަށް ދަތުރުކޮށްފައިވާއިރު އެ ޤައުމުގެ ކެޕްޓަން ހެރީ ކޭން ވަނީ މުބާރާތުގައި އޭނާ ބޭނުންކުރާނީ ވަންލަވް ރެއިންބޯ ކެޕްޓަން ބޭންޑު ކަމަށް ހާމަކޮށްފައެވެ. އެކަމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ފުޓުބޯޅައިން ސިޔާސީ ކަންކަމާއި، ޚިޔާލު ތަފާތުވާ ކަންކަން ނެރުމަށް ގޮވާލާފައެވެ. މީގެ އިތުރުން ޤަތަރުން ވެސް ވަނީ މުބާރާތުގައި އެކަހަލަ ކަމެއް ނުކުރެވޭނެ ކަމުގެ އިންޒާރު ދީފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންގްލެންޑް ނުކުންނާނީ މި މަހުގެ 21 ވަނަ ދުވަހު އީރާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި 26 ވަނަ ދުވަހު އެމެރިކާއާ ދެކޮޅަށް ކުޅުމަށްފަހު، ގްރޫޕް ސްޓޭޖު ފަހު މެޗުގައި ވޭލްސްއާ ދެކޮޅަށް ނުކުންނާނީ 30 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު