Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް ދިރާސާކުރާ ކޮމިޓީ

އިސްލާމިކް ޔުނިވަރސިޓީއަށް އިތުރު 15 މިލިއަން ރުފިޔާ ބޭނުންވޭ

15 ނޮވެމްބަރު 2022 | އަންގާރަ 13:48

ޔުނިވަރސިޓީން ހިންގާ ކޯސްތައް މިހާރަށްވުރެ ބޮޑަށް އިޝްތިހާރުކުރެވި، އެކަމަށް އެކަށޭނެ ބަޖެޓެއް ބޭނުންވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ނޮވެމްބަރު 2022 | އަންގާރަ 13:48
ބަޖެޓް ދިރާސާކުރާ ކޮމިޓީން އިސްލާމިކް ޔުނިވަރސިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވުން

ބަޖެޓް ދިރާސާކުރާ ކޮމިޓީން އިސްލާމިކް ޔުނިވަރސިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވުން

އަންނަ އަހަރުގެ ބަޖެޓްގައި އިސްލާމިކް ޔުނިވަރސިޓީއަށް މިހާރު ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް 15 މިލިއަން ރުފިޔާ ބޭނުންވާކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.

އަންގާރަ ދުވަހު ބޭއްވި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި އިސްލާމިކް ޔުނިވަރސިޓީން ވަނީ, އެޔުނިވަރސިޓީގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ޔުނިވަރސިޓީ މިހާރަށްވުރެ ފުޅާކުރުމަށް އިތުރު ފައިސާ ބޭނުންވާކަން ހާމަކޮށްފައެވެ. އެގޮތުން ބަޖެޓް އިތުރުކުރުމަށް ބޭނުންވާ 12 ކަމެއް ޔުނިވަރސިޓީގެ ފަރާތުން ކޮމިޓީއާ ހިއްސާކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެކަންކަމާ ގުޅޭގޮތުން ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، ޔުނިވަރސިޓީ ހިންގުމަށް ހަމައެކަނި މުސާރަ ދީގެން ނުފުދޭކަމަށާއި، ތަނުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން އެކަންކަން ފުރިހަމަކުރުމަށްޓަކައި ބަޖެޓްގައި އިތުރު ކަންކަން ހިމެނުމަކީ މުހިންމު ކަމެއް ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

އެގޮތުން ޔުނިވަރސިޓީގެ ސްޓްރީޖިކް ޕްލޭންގައި ހުރި ކަންކަމަށް ބަލާއިރު، ޔުނިވަރސިޓީގައި ރާއްޖެއިން ބޭރު ދަރިވަރުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ތަނަވަސްކުރުމަށް ހިމަނާފައިވާއިރު، އެކަމަށްޓަކައި ވަކި ޚާއްސަ ޑިޕާޓްމަންޓެއް ފުރިހަމައަށް މަސައްކަތްކުރަންޖެހޭކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ. މިހާރުވެސް އެ މަސައްކަތްތައް ކުރެވެމުންދާކަމަށާއި، ނަމަވެސް ހަރުދަނާގޮތެއްގައި އެކަން ކުރިއަށްދާނީ ވަކި ޑިޕާޓްމަންޓެއް ލޯކަލް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންގެ ނަމުގައި އުފެދިގެންކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

މީގެއިތުރުން ޔުނިވަރސިޓީން ހިންގާ ކޯސްތައް މިހާރަށްވުރެ ބޮޑަށް އިޝްތިހާރުކުރެވި އެކަމަށް އެކަށޭނެ ބަޖެޓެއް ބޭނުންވާކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

ވައިސް ޗާންސެލަރ ޑރ. ދީބާ މޫސާ ވިދާޅުވީ، ސްޓްރީޖިކް ޕްލޭންގައިވާ ގޮތުން 2025 ވަނަ އަހަރާ ހަމައަށް އަންނައިރު ޔުނިވަރސިޓީން ކިޔަވާ 20 އިންސައްތަ ކުދިންނަކީ ބައިނަލްއަގްވާމީ ކިޔަވާކުދިންނަށް ވުން އޮންނަ ކަމަށާއި، އެމަސައްކަތް މިހާރުވެސް ކުރިއަށްގެންދާކަމަށެވެ. އެގޮތުން މެލޭޝިޔާގެ ޔުނިވަރސިޓީތަކާ ވާހަކަދައްކައިގެން ކިޔަވާކުދިން އެކްސްޗޭންޖުކުރުމާއި ކަރިކިޔުލަމް އެލައިން ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ޑރ. ދީބާ ވިދާޅުވިއެވެ.

ނަމަވެސް ދުރު މުސްތަގްބަލަށް ވިސްނާއިރު ކުދިންނަށް އެކޮމޮޑޭޝަން ހަމަޖައްސަންޖެހޭއިރު އެފަދަ އިންތިޒާމެއްވެސް އަދި ހަމަޖެހިފައި ނެތްކަމަށް ދީބާ ވިދާޅުވިއެވެ. އެހެންކަމުން ވަކި ޑިޕާޓްމަންޓެއް އުފެދިގެން އެމަސައްކަތްތައް ކުރިޔަށްދާންޖެހޭކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް އިތުރު ރަށްރަށަށް ފުޅާކޮށް ރަށްރަށުގައި ޑިމާންޑް އޮންނަވަރަށް ޖާގަ ނުލިބޭތީ، ކޯސްތައް ބޭނުންވާ ސްޕީޑްގައި ނުހިންގޭކަން ޔުނިވަރސިޓީގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. ޔުނިވަރސިޓީގެ ޖާގައިގެ ދަތިކަން ހައްލުކޮށް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ފުޅާކުރުމަށްޓަކައި އެންމެ މަދުވެގެން 10 މިލިއަން ރުފިޔާ ބޭނުންވާނެކަމަށް އިސްލާމިކް ޔުނިވަރސިޓީން ވަނީ ފާހަގަކޮށްފައެވެ.

ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް ވިދާޅުވީ އެކަންކަމާމެދު ކޮމިޓީގައި ދިރާސާކުރާނެކަމަށެވެ. ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަނީ އިސްލާމިކް ޔުނިވަރސިޓީން އެދުނުގޮތަށް ބަޖެޓް އިތުރުކުރުމަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް