Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލިންކް ރޯޑްގައި ސޯލާ ޖެހުމުގެ މަސައްކަތް

ލިންކް ރޯޑުގައި ސޯލާ ޖެހުމުގެ މަސައްކަތް: މިހާރު ކުރިއަށްދަނީ ސޯލަރ ޕެނަލް ހަރުކުރުމަށް ބޭނުންވާ ސްޓީލް ސްޓްރަކްޗަރ ހެދުމުގެ މަސައްކަތް

މަޝްރޫޢުގެ ދަށުން ލިންކް ރޯޑްގައި ކުރާ މަސައްކަތް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2023 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2022 | އާދީއްތަ 07:05
ލިންކް ރޯޑްގައި ސޯލާ ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ

ލިންކް ރޯޑްގައި ސޯލާ ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ

އެސްޕަޔަރ މަޝްރޫޢުގެ ދަށުން ހުޅުލެ-ހުޅުމާލެ ލިންކް ރޯޑްގައި ޤާއިމުކުރާ 5 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަސައްކަތުގެ ތެރެއިން މި ވަގުތު ކުރިއަށްދާ މަސައްކަތަކީ ސޯލަރ ޕެނަލް ހަރުކުރުމަށް ބޭނުންވާ ސްޓީލް ސްޓްރަކްޗަރ ހެދުމުގެ މަސައްކަތްތައް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ލިންކް ރޯޑްގައި ކުރާ މަސައްކަތް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2023 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ކަމަށެވެ.

މި މަޝްރޫޢަކީ ޕްރައިވެޓް އިންވެސްޓްމަންޓް އުސޫލުން ވާރލްޑް ބޭންކްގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެހެންކަމުން މަޝްރޫޢުގެ މަސައްކަތަށް ފައިނޭސްކުރާނީ މި މަޝްރޫޢުގެ ބިޑް ކާމިޔާބުކުރި ތައިލޭންޑްގެ އެންސިސް ކުންފުނިންނެވެ. އަދި ކޮންޓެރެކްޓްގެ މުއްދަތުގައި މެއިންޓަނަންސްގެ މަސައްކަތްވެސް ކުރާނީ އެންސިސް ކުންފުނިން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަޝްރޫޢޫގެ ދަށުން ހުޅުމާޅޭ ހައުސިންގ ޔުނިޓްތަކުގެ ފުރާޅުގައި ހުރި ޕެނަލްތަކުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ގުޅުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު ފަހުކޮޅުއެވެ.

5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ޤާއިމްކުރާ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށެވެ. އެންސިސް ކުންފުންނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން ސޯލަރ ޕީވީގެ ނިޒާމް ޤާއިމްކޮށްފައިވާ ސްޓަރކްޗާއަށް އެއްވެސް ގެއްލުމެއްވެއްޖެ ހާލަތެއްގައި ސްޓަރަކަޗަރ މަރާމާތްކޮށް ބެލެހެއްޓުމަކީ އެއްބަސްވުމުގެ ދަށުން ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރާ ކުންފުނީގެ ޒިންމާއެކެވެ.

ވާރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރިއަށްގެންދާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) މަޝްރޫޢޫގެ ދަށުން ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑް އަދި ހުޅުމާލޭގެ ބައެއް ހައުސިންގ ޔުނިޓްތަކުގެ ފުރާޅުގައި ގާއިމްކުރެވޭ 5 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމުގެ މަޝްރޫއެވެ.

މިނިސްޓްރީން ބުނީ 5 މެގަވޮޓް ސޯލަރ ޕީވީގެ ތެރޭގައި ހިމެނޭ ހުޅުމާލޭ 1000 ޔުނިޓްތަކުގެ ތެރެއިން ކަނޑައަޅާފައިވާ ފްލެޓްތަކުގެ ފުރާޅުގައި މިހާރު ސޯލަރ ޕެނަލް ހަރުކޮށް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ބިލްޑިންގް އެތެރޭގެ އިލެކްޓްރިކަލް މަސައްކަތްތައް ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ކޮންޓްރެކްޓް އެވޯޑް ކުރި ކޮންޓެރެކްޓަރަށް ރާއްޖެ އައުމަށް ހުރަސްތަކެއް ދިމާވުން މަސައްކަތް ފެށުމަށް ލަސްވި ކަމަށެވެ. ސޯލަރ ޕެނަލް ހަރުކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި އެހެން ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީވެ އެ މަސައްކަތްތަށް ނިމެންދެން ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތް މަޑުޖެހުނު ކަމަށާއި ސޯލަރ ޕެނަލް ހަރުކުރުމަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބައެއް ސާމާނުތައް އެތެރެކުރުމުގައި ދަތިތަކެއް ދިމާވި ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

އެސްޕަޔަރގެ 2 ވަނަ ފިޔަވަހީގެ ދަށުން ގާއިމްކުރެވޭ 5 މެގަވޮޓް ސޯލަރ ޕީވީ ނިޒާމުން އެކަނިވެސް ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވެއެވެ. އެގޮތުން މި ފިޔަވަހީގެ 5 މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާގެ އަދަދެއް އަހަރަކު ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

މި މަޝްރޫއެގެ އިމްޕްލިމެންޓޭޝަން އެގްރީމެންޓްތަކުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންސިސް ކުންފުންޏާ އެކު ސޮއިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު