Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ސާލިހްގެ ސަރުކާރުގައި ފަތުރުވެރިކަން

ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓުނުކަމުގެ ނިޝާނެއްވެސް މިހާރު ފެންނާކަށް ނެތް

10 ނޮވެމްބަރު 2022 | ބުރާސްފަތި 17:55

ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ ޚާއްސަ އިނާމުވެސް ރައީސް ސާލިހް މިވަނީ ތައާރަފުކުރައްވާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 ނޮވެމްބަރު 2022 | ބުރާސްފަތި 17:55
ރާއްޖޭގެ ފުރަތަމަ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ޚާއްސަ ހަފްލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް

ރާއްޖޭގެ ފުރަތަމަ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ޚާއްސަ ހަފްލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ކުލަ ގަދަ ރަން އަހަރު ފާހަގަކުރެވިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމުގައެވެ. 1972 ވަނަ އަހަރު ފެށުނު ފަތުރުވެރިކަމަށް 50 އަހަރުފުރުން މިއަހަރު ފާހަގަކުރަމުންދާއިރު، ރައީސް ސާލިހްގެ ވެރިކަމުގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ކަޅު ވިލާގަނޑާވެސް ކުރިމަތިލާންޖެހިފައެވެ.

މީގެ ދެ އަހަރުކުރިން ކުރިން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ކޮވިޑް-19ގެ ކޭސްތައް މުޅި ދުނިޔެއަށް ފެތުރި އިއުލާންކުރެވުނު ބަލިމަޑުކަމާއެކު، 2020 ވަނަ އަހަރުގެ މާޗް މަހު ރައީސުލްޖުމްހޫރިއްޔާއަށް ދަތި އުނދަގޫ ނިންމެވުމެއް ނިންމަވަން ޖެހިވަޑައިގަތެވެ.

ދިވެހި ރައްޔިތުން ބަލިމަޑުކަމުން ސަލާމަތްކުރުމަށްޓަކައި (އިގުތިސާދަށް ބޮޑު ލޮޅުމަކާ ކުރިމަތިލާންޖެހުނު ކަމުގައި ވީނަމަވެސް) ގައުމުގެ ބޯޑަރުތައް އެއްކޮށް ބަންދުކުރުމަށް ރައީސް ސާލިހް ނިންމެވިއެވެ. މިއާއެކު، ގައުމުގެ އިގްތިސާދު އެކަމަކަށް އެންމެ ބޮޑަށް ބަރޯސާވާ ފަތުރުވެރިކަން އެއްކޮށް ހުއްޓިގެންދިޔައެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައެއްގެ އާމްދަނީ ގުޅިފައިވަނީވެސް ފަތުރުވެރިކަމާއެވެ.

ބޭރު ދުނިޔެއަށް ގައުމު ބަންދުކުރަން ޖެހުން ވެގެންދިޔައީ އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ގައުމަށް ކުރިމަތިކުރުވި ކަމަކަށެވެ. އެތައް ބައެއްގެ ވަޒީފާތައް ގެއްލި، އެތައް ވިޔަފާރިއެއް ހުއްޓިގެންދިޔައެވެ. އަމިއްލަ ފަރުދުންނާއި ސަރުކާރުގެ އާމްދަނީއަށް ލޮޅުންތައް ކުރިމަތިވިއެވެ. ނަމަވެސް މިގޮތުގައި މާ ގިނަ ދުވަސްތައް ހޭދަކުރާކަށް ސަރުކާރުން ބޭނުމެއްނުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީ ލިބޭނެ ގޮތެއް ފަހިކޮށްދިނުމަށް ޚާއްސަ އެލަވަންސްއެއް ސަރުކާރުން ދޭން ފެށިއެވެ. ސިނާއަތުގެ އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން އެންމެ ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށްޓަކައި، ލޯނުތަކާއެކު އެނިހެން އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނެވެ. ވިޔަފާރިތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކުހާއި ކުލި ދެއްކުމުގައި ލުއިގޮތްތައް ހޯދައިދިނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ގާތް ގަނޑަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިއެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ބޯޑަރު ހުޅުވަމުން ގޮސް، މަޑުމަޑުން ފަތުރުވެރިކަންވެސް އަލުން ހިނގައިގަތެވެ. އައު ހިތްވަރަކާއެކު، ކުރިން ހޯދާފައިނުވާ ތަރައްގީގެ އަމާޒުތަކެއް ހާސިލުކުރުމުގެ އުންމީދުގައެވެ.

ޖުލައި 15، 2020 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިއިރު، އެންމެ ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާކިޔުމުގެ ހުއްދަ ދިނީ ހަމައެކަނި ރިސޯޓުތަކަށެވެ. އާންމުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިންނަށް އެރުމުގެ ހުއްދަ ދިނީ އެ އަހަރުގެ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހުއެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުގައި ގެސްޓްހައުސްތަކާއި ހޮޓާތައް ހުޅުވައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގެ ފުރުސަތުދިނީ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ.

ބަލިމަޑުގެކަމުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލައި، ފަތުރުވެރިކަން އަލުން ފަށަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއެކު ގިނަ ބައެއްގެ ފާޑުކިއުންވެސް އެކަމަށް އަމާޒުވެގެންދިޔައެވެ. ނަމަވެސް މިއަދު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަތްގޮތް މިވަނީ މުޅި ދުނިޔެއަށް މިސާލުދައްކާފައެވެ.

2020 ވަނަ އަހަރު ގައުމުގެ ބޯޑަރު ބަންދުކުރުމުގެ ކުރިން 2019 ވަނަ އަހަރު ވެގެން ގޮސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކާމިޔާބު އަހަރަކަށެވެ. އެއަހަރު، ރިކޯޑް އަދަދެއް ކަމަށްވާ، 1.7 މިލިއަން ފަތުރުވެރިންނަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ. 2020 ވަނަ އަހަރު ރާއްޖެއަށް މަރުހަބާ ކިޔުނީ އެންމެ 555,494 ފަތުރުވެރިންނަށް ނަމަވެސް 2021 ވަނަ އަހަރު ރާއްޖެއިން ވަނީ 1.3 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔާފައެވެ.

މިއަހަރުގެ މިހާތަނަށް އައިއިރު، ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިވަނީ މިދިޔަ އަހަރުގެ ޖުމުލަ އަދަދު ފަހަނައަޅައި ގޮސްފައެވެ. ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއަހަރު ނިމިގެންދާނީ އައު ރިކޯޑުތަކަކާއެކު ކަމަށް ބުނުމަކީ ނުވާނެކަމަށް އިންތިޒާރުކުރުން ކަމަކަށް ނުވާނެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތައްވެސް ދަނީ އިތުރުވަމުންނެވެ. ފަތުރުވެރިންގެ ބެޑް ނައިޓްސް މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރުވެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން މިވަނީ މުޅިން އައު މާކެޓުތަކަށްވެސް ފުޅާވެގެންގޮސްފައެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް މާކެޓުކަމަށް ޗައިނާއިން އަދިވެސް ރާއްޖެއަށް ފަތުރުވެރިން އަންނަމުން ނުދިޔަނަމަވެސް، އެތަން މިހާރު ފެނިގެންނެއް ނުދެއެވެ.

މުޅި ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވެގެން ގޮސްފައިވާއިރު، ރާއްޖެއަކީ މިހާރު ހަމައެކަނި ލަގްޒަރީ ޑެސްޓިނޭޝަނެއް ނޫނެވެ. ރާއްޖޭގެ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ބޮޑު ތަރުހީބެއް ހޯދައިފައިވާއިރު، ރާއްޖެއަކީ މިހާރު ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ފަތުރުވެރިންނަށް ޚިދުމަތްދެވޭނެ މަންޒިލަކަށް މިވަނީ ވެފައެވެ. އަތޮޅުތެރޭގެ ރަށްތަކުގައި ފަތުރުވެރިކަން ފުޅާވެ، އާންމު މީހާގެ ޖީބަށް ފަތުރުވެރިކަމުގެ ފައިދާ ދަނީ ވަންނަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުވެ، މިހާރު ރާއްޖެއަކީ ހަމައެކަނި މީހުން ޗުއްޓީ ހޭދަކޮށްލަން އަންނަ މަންޒިލެއް ނޫނެވެ. ތަފާތު އެކި ބާވަތްތަކުގެ ފަތުރުވެރިކަން ތައާރަފުވެގެން ގޮސްފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތަކާމެދު ފަތުރުވެރިންގެ މެދުގައި އޮތް މަގުބޫލުކަމަކަށް ލޮޅުމެއް ނާދެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ލިބޭނެ އެންމެ ފަޚުރުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން ރާއްޖެއިން މިވަނީ 2020 އަދި 2021 ވަނަ ކާމިޔާބުކޮށްފައެވެ. މި ލަގަބު ވިދިވިދިގެން ތިންވަނަ ފަހަރަށް ކާމިޔާބުކުރުމުގެ ފުރުސަތުވެސް ރާއްޖެއަށް ބޮޑެވެ. މި އެވޯޑްގެ އިތުރުންވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއް ފާއިތުވި އަހަރުތަކުގައި ރާއްޖެއިން މިވަނީ ހޯދާފައެވެ. މިއީ ރާއްޖެއާމެދު ފަތުރުވެރިންގެ މެދުގައި އޮތް އިތުބާރު ނުގެއްލޭކަމުގެ ނިޝާނެކެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ޖެހިލާފައިވާކަމުގެވެސް ނިޝާނެކެވެ.

ފަތުރުވެރިކަން މިހާ ހިސާބަށް ގެނައުމަށްޓަކައި ސަރުކާރުން އިސްނެގުންތަކެއް ނަގާފައިވާއިރު، މިކަންތައް ކާމިޔާބުކުރުމުގައި ސިނާއަތުގެ ހިއްސާދާރުންގެ މަސައްކަތްތައް މުހިންމު ރޯލެއް އަދާކޮށްފައިވާކަން ސަރުކާރުން ގަބޫލުކުރެއެވެ. އެކަމުގެ އެއް ހެތްކަކީ ހިއްސާދާރުންގެ އަގު ވަޒަންކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ.

ފަތުރުވެރިކަމުގެ ސިނާއަތާއި ސިނާއަތުގެ ހިއްސާދާރުންނަށް ބޭނުންވާ ކަންތައްތައް ފުރިހަމަކުރުމަށްޓަކައި ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެންނަންޖެހޭ ހާލަތްތަކުގައި އެކަންތައް ސަރުކާރުން ދަނީ ކުރަމުންނެވެ. ސިނާއަތުގައި މަސައްކަތްކުރާ މުވަންޒަފުންނަށް، އެމުވައްޒަފުންގެ މަސައްކަތާ އެކަށޭނަ އުޖޫރައެއް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން "މިނިމަމް ވޭޖް"އެއް ކަނޑައަޅާފައިވާއިރު، ވަކިވަކި މުވައްޒަފުންގެ ކަންބޮޑުވުންތައް އަހައި އެ ކަންތައްތައް ހައްލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ސިނާއަތުގެ ހިއްސާދާރުންގެ އަގު ވަޒަންކުރުމުގެ ގޮތުން 50 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ގައުމީ ފަތުރުވެރިމަގެ ދުވަހެއް ކަނޑައަޅުއްވައި އެދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމުގައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ ޚާއްސަ އިނާމުވެސް އެމަނިކުފާނު މިވަނީ ތައާރަފުކުރައްވާފައެވެ.

ފަތުރުވެރިކަން އެއްކޮށް ހުއްޓި، ދެން ފަތުރުވެރިކަން ކުރިއަށް ގެންދެވޭނެކަމުގެ އުންމީދު ގެއްލިފައި ވަނިކޮށް، ރައީސް ސާލިހްގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން އެޅުނު ފިޔަވަޅުތަކުގެ ސަބަބުން މި ސިނާއަތް އެއްކޮށް ހުއްޓުނު ކަމުގެ ނިޝާން މިއަދު މިދަނީ މަޑުމަޑުން ފުހެވެމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
26 ޖުލައި 2017

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި
16 ޖުލައި 2017

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟
07 ޖުލައި 2017

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
11 އެޕްރީލު 2017

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
25 ފެބުރުއަރީ 2017

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް