Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮޕް 27

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގެ ނާޒުކުކަން ގަބޫލުކުރައްވައި، އެކަމަށް އަހަންމިއްޔަތުކަން ދެއްވުމަށް ނައިބު ރައީސް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވައިފި

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ބައިނަލްއަގުވާމީ މުޖުތަމައުން އިޖާބަދޭންޖެހޭކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2022 | އަންގާރަ 15:07
ކޮޕް 27

ކޮޕް 27

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ތަންތަނާއި ފަރާތްތައް ހިމާޔަތްކުރުމަށްޓަކައި, މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގެ ނާޒުކުކަން ގަބޫލުކުރައްވައި އެ މައްސަލައަށް ދޭންޖެހޭ ސަމާލުކަމާއި އަހަންމިއްޔަތުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިޞްރުގެ ޝަރްމުއްޝައިޚްގައި މިހާރު ކުރިޔަށްދާ، އދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27)ގެ ހަވާސާގައި "ކްލައިމެޓް ޗޭންޖް އެންޑް ސަސްޓެއިނަބިލިޓީ އޮފް ވަލްނަރަބަލް ކޮމިއުނިޓީސް"ގެ ނަމުގައި ބޭއްވި މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި އެންމެ ކުރީ ސަފަށް ނުކުމެ ހަރަކާތްތެރިވާ ގައުމުތަކަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެމީހުންގެ ދިރިއުޅުމާއި ދިރިއުޅުމަށްކުރާ މަސައްކަތްތައް ބީވެދިއުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ގާއުމުތައް ކަމުގައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާމެދު، އާންމު އެހެން މައްސަލަތަކާ އެއްގޮތަށް އަމަލުކުނުރެވޭނެކަން ފާހަގަކުރައްވައި، މިކަމުގައި ދެކޭގޮތް މުޅިން ބަދަލުކުރަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ޕާކިސްތާނުގައި ދާދިފަހުން ހިނގި ފެންބޮޑުވުމުގެ ހާދިސާގައި 1.7 މިލިއަން ގެ ހަލާކުވެ 33 މިލިއަން މީހުންގެ ދިރިއުޅުމަށް އަސަރުކޮށްފައިވާކަން ފާހަގަކުރައްވައި، ދުނިޔޭގެ ފިނިހޫނުމިން އިތުރަށް މައްޗަށްދާނަމަ ކުރިމަގުގައި މިފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވެގެން ދިއުން އެކަށީގެންވާކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހުރެގެންވެސް ފެނާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި މީހުންގެ ސިއްހަތާއި ގުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުތައް ކުރާކަން ފާހަގަކުރައްވައި، އެތައް ގައުމަކަށް ކުރިމަތިވެފައިވާ މި މައްސަލައަށް މުޅި ބައިނަލްއަގުވާމީ މުޖުތަމައުން އިޖާބަ ދޭންޖެހޭކަމަށާއި މިކަމުން އަރައިގަތުމަށް ފިޔަވަޅުތައް އެޅުމާއި މިކަންކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ހަގީގަތަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ގިނަ ގައުމުތަކަކަށް އެތައް ގެއްލުންތަކެއް ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އެ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި ދިގުލައިގެން ދާވަރަކަށް މީގެ ގެއްލުންތައް ބޮޑުވެ އިތުރުވަމުންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ނަޒަރު ހިންގާލާއިރު، ދިވެހިންގެ ދިރިއުޅުމުގެ އެތައް ކަމެއް ގުޅިލާމެހިފައިވާ މުރަކައިގެ ފަރުތަކަށް މީގެ އަސަރުކުރަމުންދިއުމަކީ މިފަދައިން އެންމެ ކަންބޮޑުވުން އޮތް އެއް ކަންތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މަތީގައި ހުންނަނަމަ 70 އިންސަތައާ 90 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދުނިޔޭގެ ފަރުތަކުގެ ދިރުންނެތި ހިނގައިދާނެކަމަށް އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)ން ލަފާކުރާ ލަފާފުކުރުންތަކަށް އިޝާރާތްކުރައްވައި ނައިބު ރައީސް ވިދާޅުވީ، މިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވަޒީފާތަކާއި އަދި މަސްވެރިކަމާއި މުޅި ގުދުރަތީ ދިރުންތަކަށް ވަރަށްބޮޑަށް ނޭދެވޭ އަސަރުތައް ފޯރާނެ ކަމެއް ކަމުގައެވެ.

އަންގާރަ ދުވަހު ބޭއްވި، މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ, ޝަރްމުއްޝައިޚް އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ހުރި ބައެއް ޕެވިލިއަންތަކަށް ޒިޔާރަތްކުރައްވައި, ކޮޕް27ގެ ބައިވެރިވާ ރާއްޖޭގެ ހިރާ ސްކޫލުގެ ދަރިވަރަކާވެސް ބައްދަލުކުރައްވާފައެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމްކޮޕް-27 ސަމިޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު