Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްލާމިކް މިނިސްޓަރ

ހައްޖު ކޯޕަރޭޝަނުން ކުރި ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރޭ: އިސްލާމިކް މިނިސްޓަރ

ހައްޖު ކޯޕަރޭޝަނުން 417 މީހުންނަށް ހޭދަކޮށްފައިވަނީ 69.3 މިލިއަން ރުފިޔާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2022 | ހޯމަ 11:45
ހައްޖުވެރިން އެއަރޕޯޓުގައި

ހައްޖުވެރިން އެއަރޕޯޓުގައި

ހައްޖު ކޯޕަރޭޝަނުން މިއަހަރުގެ ހައްޖަށް މީހުންގެ ގެންދިއުމުގައި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރާކަމަށް، އެ ކޯޕަރޭޝަނާ ހަވާލާދެއްވައި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ދެންނެވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. އެގޮތުން، ބޮންޑޭ ވަނީ، ހައްޖު ކޯޕަރޭޝަނުން މައްކާއާއި މަދީނާގެ ހޮޓަލަށް ކުރި ޚަރަދުގެ ތަފްސީލާއި މުތައްވިފަށް (ގައިޑަށް) ކުރި ޚަރަދުގެ ތަފްސީލު ހޯދަން މިނިސްޓްރީއަށް ފޮނުއްވާފައެވެ.

Advertisement - newsAdvertisement

އެ ސުވާލުގެ ޖަވާބުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ހައްޖު ދަތުރަށް އެ ކޯޕަރޭޝަނުން ޚަރަދުކޮށްފައިވަނީ 69.3 މިލިޔަން ރުފިޔާކަމަށެވެ. އޭގެތެރޭގައި މައްކާ ހޮޓަލުގައި ހޭދަކުރި 23 ދުވަހަށް 39.6 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މަދީނާ ހޮޓަލުގައި ހޭދަކުރި ދެ ދުވަހަށް 1.8 މިލިއަން ރުފިޔާ ހޭދަވިކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ހައްޖު ދަތުރުގައި ގައިޑަށް 10.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހައްޖު ދަތުރުގެ އެއަރލައިން ޓިކެޓަށް 9.8 މިލިއަން ރުފިޔާ ޚަރަދުވިކަމަށާއި، ކެއުމަށް 875450.86 ރުފިޔާ ޚަރަދުވިކަމަށް މިނިސްޓަރގެ ޖަވާބުގައި ވަނީ ވިދާޅުވެފައެވެ.

ބޮންޑޭ ވަނީ މިއަހަރުގެ ހައްޖަށް ދިއުމަށް އާއްމުން ދެއްކި ފައިސާގެ ތަފްސީލާއި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާ އަދަދުގެ ތަފްސީލު ހާމަކުރެއްވުމަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ، 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި އަމިއްލަގޮތުން ފައިސާ ދައްކައިގެން އެއްވެސް ފަރާތެއް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގެންގޮސްފައި ނުވާކަމަށާއި، އަދި ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކޮށްފައި ނުވާކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ކުރި ޚަރަދުގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބައިވެރިވި ހައްޖު މިޝަނާގުޅޭ ތަފްސީލު ހޯއްދެވުމަށްވެސް ވަނީ ފޮނުއްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ހައްޖުވެރިންގެ ކަންކަން ބެލެހެއްޓެވުމަށް ހައްޖު މިޝަންގައި ބައިވެރިވެވަޑައިގަތީ ފަސް ބޭފުޅުން ކަމަށެވެ. އެ ބޭފުޅުންނަށް ޚަރަދުވެފައިވަނީ ޖުމްލަ 1.07 މިލިއަން ރުފިޔާ ކަމަށެވެ.

ހައްޖު މިޝަނުގެ ބޭފުޅުންނަށް ކުރި ޚަރަދުގެ ތަފްސީލުވެސް މިނިސްޓަރ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން ދެކޮޅު ޓިކެޓަށް 148،278.72 ރުފިޔާ ޚަރަދުވިއިރު، 48 ދުވަހުގެ ހުރުމާއި ކެއުމަށް ޚަރަދުވެފައިވަނީ 762،364.80 ރުފިޔާއެވެ. އަދި ޕޮކެޓް މަނީގެ ގޮތުގައި 5 މީހުންނަށް 12،027.60 ރުފިޔާ ދީފައިވާއިރު، އިމަރޖެންސީ ހާލަތްތަކުގައި މައްސަލައެއް ދިމާވެއްޖެނަމަ ބޭނުން ކުރުމަށް ދޭ އިންސިޑެންޝަލް ޚަރަދުގެގޮތުގައި 154،200 ރުފިޔާ ހޭދަވެފައިވާކަންވެސް މިނިސްޓަރުގެ ޖަވާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަށް މިއަހަރު ލިބިފައިވަނީ 453 ހައްޖު ކޯޓާއެވެ. މި ކޯޓާގައި މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުން ފުރުސަތު ދިނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 100 ޖާގައަށް އާއްމުންގެ މެދުގައި ގުރުއަތު ނަގައިގެން މީހުން ހޮވާފައިވާއިރު، ބާކީ ހުރި ޖާގަތަކަށް މީހުން ނަގާފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުންނެވެ.

އިސްލާމިކް މިނިސްޓްރީން މަޖިލީހަށް ފޮނުވި ހިސާބުތައް ދައްކާގޮތުން، މިއަހަރު ހައްޖުގެ އަޅުކަމުގައި އެ ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވެފައިވަނީ 417 މީހުންނެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު

10 ޖޫން 2024
ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު

ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު

09 ޖޫން 2024
ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު

ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު

09 ޖޫން 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު