Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދުގެ ދަތުރުފުޅު

ރާއްޖެ ބައިވެރިވާ ފޯރަމެއްގައި ނަޝީދަށް އެހެން ޤައުމެއް ތަމްސީލު ކުރެއްވިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ: ރޮޒައިނާ

ރައީސް ނަޝީދު ކޮޕް ސަމިޓުގައި ތަމްސީލް ކުރައްވަނީ ލަންކާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2022 | އާދީއްތަ 02:15
ރޮޒައިނާ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ރޮޒައިނާ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ރާއްޖެއިން ބައިވެރިވާ ފޯރަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަށް އެހެން ޤައުމެއް ތަމްސީލު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ފުރާވަޑައިގަތީ ހުކުރު ދުވަހުއެވެ. އެމަނިކުފާނުގެ ދަތުރުފުޅަކީ ރާއްޖެ ތަމްސީލު ކުރައްވަން ކުރައްވާ ދަތުރުފުޅެއް ނޫން ކަމަށާއި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ އަވައްޓެރި ސްރީލަންކާގެ ފަރާތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހުގެ ރޭ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އާ ސުވާލެއް ކުރައްވާފައެވެ. ރޮޒައިނާ އެއްސެވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް، ރާއްޖެ ބައިވެރިވާ ފޯރަމެއްގައި އަމުދުން އެހެން ޤައުމެއް ތަމްސީލު ކުރެއްވިދާނެތޯއެވެ. އަދި އެކަން އެގޮތަށް ކުރެވޭނެ ކަމަށް އޭނާގެ ބުއްދި އަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުން އެއްވެސް ޚަރަދެއް ނުކުރާކަމަށް ބުނުމަކުން ހައްލެއް ނެތް ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އދ. އަށް ވަޑައިގެން ސްރީލަންކާ ތަމްސީލު ކުރައްވައި، އެމަނިކުފާނުގެ ދަތުރުފުޅަށް ރައީސް އޮފީހުން ޚަރަދު ނުކުރަމޭ ވިދާޅުވުމުން ނިމުނީތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވީ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ރައީސް ނަޝީދު ވަޑައިގަންނަވަނީ ރަސްމީ ދަތުރުފުޅެއްގައި ކަމަށް ބުނެފައި އޮތުމުން އެ ދަތުރުފުޅަށް ޚަރަދު ކުރަނީ މަޖިލީހުންތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވާތީއެވެ. ނަމަވެސް އެ ދަތުރުފުޅަށް ޚަރަދު ކުރަނީ މަޖިލީހުން ނޫން ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ހޮނިހިރު ދުވަހު "ރާއްޖެ އެމްވީ" އަށް ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ނަޝީދުގެ އެ ދަތުރުފުޅަށް ޚަރަދު ކުރަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ކަމަށެވެ. އަދި ރައީސް ނަޝީދު މިސްރަށް ކުރައްވާ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް ބަޔާންކޮށްފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ރަސްމީ ދައުވަތަކަށް ވަޑައިގަންނަވާތީ ކަމަށާއި ސީވީއެފްގެ ގުޅުންހުރި ބައެއް ކަންތައްތައް ރާއްޖެ އިން ބަލަހައްޓަމުންދާތީ ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ. ރައީސް ނަޝީދަކީ ސީވީއެފްގެ އެމްބެސެޑަރ ފޯ އެމްބިޝަންއެވެ.

ކޮޕް27 ގައި ރާއްޖެ ތަމްސީލު ކުރައްވާ ވަފުދާ އެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ ހުކުރު ދުވަހު މިސްރަށް ވަޑައިގެންފައެވެ. މި ކޮންފަރެންސްގައި ޤައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާއިރު، ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރޮޒައިނާ އާދަމްކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

23 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު