Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމްގެ ދާއިރާތަކުގެ އިންތިޚާބު

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިޚާބަށް މަރުހަބާ، މީގެ 5 އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތު: ފައްޔާޒު

ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެތްކެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ނޮވެމްބަރު 2022 | ހޮނިހިރު 14:09
އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއީލް

އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއީލް

ހޮނިހިރު ދުވަހު ކުރިޔަށްދިޔަ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެތެރޭގެ އިންތިޚާބަށް މަރުހަބާވިދާޅުވެ، މީގެ ފަސް އަހަރު ކުރިން ޕީޕީއެމުން ވެރިކަންކުރިއިރު މަންޒަރު ތަފާތުކަމަށް، އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެ ކޯލިޝަންގެ 87 ދާއިރާގެ ވޯޓުލުން މާލެއާއި ބައެއް އަތޮޅުތަކުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. އިދިކޮޅު ކޯލިޝަންގެ އިންތިޚާބާ ގުޅިގެން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެތްކެއްކަމަށެވެ. މީގެ 5 އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތުކަމަށާއި، ވޯޓުފޮށި ބަލައި އޭރު އައީ ފުލުހުންކަމަށް ފައްޔާޒު ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނިކޮށް ފުލުހުން ވަނީ ވޯޓުލާ މަރުކަޒުތަކަށް ގޮސް ވޯޓު ފޮށިތައް ގެންގޮސްފައެވެ. މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ވޯޓުލުން ކުރިޔަށްދަނިކޮށް ފުލުހުން ވަނީ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސްތައް ގެންގޮސްފައެވެ. އެފަހަރު ފުލުހުން އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުމަށް ހުރަސްއަޅާފައިވަނީ، ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދާ މީހަކަށް ޕާޓީގެ ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުދޭނެކަމަށް އޭރު އޮތް ޕީޕީއެމް ސަރުކާރުން ބުނަމުންގޮހެވެ. އެމްޑީޕީގެ ޕްރައިމަރީގައި އެފަހަރު ވާދަކުރެއްވީ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު އޭރު ގެންދެވީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު ކުރިޔަށްގެންގޮސްފައިވާއިރު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އޭރުގެ ފޮޓޯތައް ސޯޝަލް މީޑިޔާއަށް ޕޯސްޓްކޮށް އެހަނދާތައް އައުކޮށްފައެވެ. އަދި މިހާރުގެ ސަރުކާރުން ސިޔާސީ ޕާޓީތަކުގެ މިފަދަ ހަރަކާތްތަކަށް ހުރަސް އަޅަމުންނުދާނެކަމަށް ބުނެ ޝުއޫރުތައް ފާޅުކޮށްފައިވެއެވެ.

ޕީޕީއެމްއެމްޑީޕީއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު