Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގައި ބްރިޖެއް ވެއްޓުން

އިންޑިޔާގައި ބްރިޖް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ނުވަ މީހަކު ހައްޔަރުކޮށްފި

މި ހާދިސާގައި 141 މީހުން މަރުވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 1 ނޮވެމްބަރު 2022 | އަންގާރަ 15:33
އިންޑިޔާގެ ސަސްޕެންޝަން ބްރިޖެއް ވެއްޓިފައި

އިންޑިޔާގެ ސަސްޕެންޝަން ބްރިޖެއް ވެއްޓިފައި

އިންޑިޔާގެ ގުޖްރާތު ސްޓޭޓްގައި ހިނގާފައި ހުރަސްކުރާ ބްރިޖެއް ވެއްޓި ސަތޭކައަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއާ ގުޅިގެން ފުލުހުން ނުވަ މީހަކު ހައްޔަރުކޮށްފިއެވެ. މޯބީ ކިޔާ އަވަށުގައި އަޅާފައިވާ މި ބްރިޖް ވެއްޓުނު ހާދިސާގައި 141 މީހުން މަރުވެފައިވާކަން މިހާތަނަށް ޔަގީން ކުރެވިފައިވެއެވެ. އަދި ހަމަ އެ އަދަދަށް މީހުންނަށް އަނިޔާވެފައިވެއެވެ.  

ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ބްރިޖްގެ މެއިންޓެނަންސް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ކުންފުނީގެ ހަތަރު މުވައްޒަފުން ވެސް ހިމެނެއެވެ.

ކޮންމެވެސް ސަބަބަކާހުރެ ބްރިޖްގެ ދެބައި ވަކިވެ އެއްބައި ކޯރުތެރެ އަށް އެލިގެންދިޔަ އިރު ބްރިޖް މަތީގައި އެތައްސަތޭކަ މީހުން ތިބި ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ބްރިޖް ވެއްޓުމާ އެކު އަނދިރީގައި އެމީހުން އެހީއަށް އެދި ހަޅޭއްލަވާ ތިބި ހާލު، ކޯރު ތެރެ އަށް ވެއްޓި ގިނަ ބަޔަކު ގެނބިފައިވެއެވެ.

މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ގިނަކަމަށް ޚަބަރު ލިބެއެވެ.

އާދީއްތަ ދުވަހުގެ ރޭ ހިނގި މި ހާދިސާ ތަހުގީގު ކުރަމުންދާ ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި އެންމެންނަކީ ވެސް ބަރިޖްގެ މެއިންޓެނަންސް ބަލަހައްޓާ ބްރިޖުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އޮރީވާ ގްރޫޕާ ގުޅުން ހުރި މީހުންނެވެ.   

ވެއްޓުނު ސަސްޕެންޝަން ބްރިޖަކީ މީގެ 140 އަހަރު ކުރިން ފުރަތަމަ އެޅި ބްރިޖެއް ކަމަށް ވެއެވެ. ބްރިޖް ބާވެ ވީރާނާ ވަމުންދާތީ މަރާމާތަށް ބަންދުކޮށްފައި ބޭއްވުމަށް ފަހު ހުޅުވިތާ އަދި ވިމީ ހަފްތާއެއްހާ ދުވަހެވެ.

އިންޑިއާދުނިޔެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު