Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިއަހަރު އިތުރު ފައިސާ ބޭނުންވުން

ވަކިގޮތަކަށް ގާނޫނުގައި ބަޔާންކޮށްފައިވަނިކޮށް ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅިގޮތާމެދު ނަޝީދުގެ ކަންބޮޑުވުން

1 ނޮވެމްބަރު 2022 | އަންގާރަ 07:33

ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ނ ގައި ވަރަށް ސާފުކޮށް މަޖިލީހުން ހުއްދަދީގެން މެނުވީ މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ނޮވެމްބަރު 2022 | އަންގާރަ 07:33
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން އަންނަ އަހަރުގެ ބަޖެޓާއެކު މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަންޖެހޭކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ހޯމަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވެފައިވަނީ 11.5 ބިލިއަން ރުފިޔާއިން ކަމަށެވެ. ސަރުކާރުން އަންނަނީ ކޮވިޑް-19ގެ ތަދުމަޑުކަމުން އަރައިގަންނަ މިންވަރަކުން ބަޖެޓުގެ ޑެފިސިޓު ވެސް ކުޑަކުރަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަމައެއާއެކު، 2022 ވަނަ އަހަރުގެ ބަޖެޓާ ވެސް ކުރިމަތިލީ ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް ދަރަނީގެ މިންވަރު ކުޑަކުރުމަށް އަމާޒުތަކެއް ކަނޑައަޅައިގެންކަމަށާއި އެހެންނަމަވެސް، މި އަހަރު އިތުރު އިޤްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ އެކު ތެލާއި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން، ބަޖެޓަށް ބާރުބޮޑުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފިއުލް ސަބްސިޑީއަށް ބަޖެޓުކުރި 342 މިލިއަން ރުފިޔާ، މި އަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓަށް އިތުރު 5.8 ބިލިއަން ރުފިޔާ އިތުރުކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވުމުން ހޯމަ ދުވަހުގެ ޖަލްސާގައި ވެސް ނަޝީދު ވަނީ އެކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވަނީ ސަޕްލިމެންޓްރީ ބަޖެޓެއްގެ ވާހަކަތޯ ސާފުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިއަހަރުގެ ބަޖެޓް ފޫބުއްދެމުމަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. 2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށާއި މިނިސްޓަރ ހުށަހެޅުއްވި ބަޖެޓަށް ބަލާއިރު މިއަހަރުގެ ދައުލަތުގެ ހަރަދުތައް މިހާރު ހުންނާނެކަމަށް އަންދާޒާކުރަނީ 42.8 ބިލިއަން ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ މަޖިލީހުން ފާސްކުރި އަދަދަށްވުރެ އިތުރު ފައިސާކަމަށް ނަޝީދު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ނ ގައި ވަރަށް ސާފުކޮށް މަޖިލީހުން ހުއްދަދީގެން މެނުވީ މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ބ ގައި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް މަޖިލީހުން ފާސްކުރުމަށް ސަޕްލިމެންޓްރީ ބަޖެޓެއް ހަދައި އެފައިސާ ބޭނުންވާ ދުވަހެއްގެ އެއް މަސް ދުވަސްކުރިން މަޖިލީހަށް ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މިހެންކަން އޮތް އިރު 2023 ވަނަ އަހަރުގެ ބަޖެޓުގައި 2022 ވަނަ އަހަރަށް އިތުރަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓެއް ހިމެނޭނެގޮތެއް ފެނިވަޑައިނުގަންނަވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ މިއަހަރުގައި ދެން ބާކީއޮތް ނޮވެމްބަރު މަހާއި ޑިސެމްބަރު މަސްތެރޭގައި 5.8 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާނުކުރެވޭކަމަށެވެ. އަދި މިހާތަނަށް އައިއިރު މިއަހަރުގެ ބަޖެޓަށް އިތުރުވާ ފައިސާއިން ހަރަދުވެފައިވާ މިންވަރު ވެސް ސާފުނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ކަންތައްތައް ހިނގަމުންދާނީ މެންބަރުން އެދިވަޑައިގަންނަވާގޮތަށްކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ހުށަހަޅުއްވާ ބިލްތަކާއި ބަޖެޓާއި ގަރާރާއި މިބާވަތުގެ ކަންކަން ގާނޫނީ އޮނިގަނޑުގެ ތެރެއިން ނުހިންގޭ ކަމަށްވަނީނަމަ އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި ދުވަހެއް ދުވަހަކަށް ކަންކަން ގެއްލެމުންދާ މިންވަރު ބޮޑުވާނެކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2017

ބަޖެޓު ފޮތުގައި ބޮޑު ކުށެއް! ޖީޖީއެސްޓީގެ ގޮތުގައި 3148 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް!!!

15 ނޮވެމްބަރު 2017
ބަޖެޓު ފޮތުގައި ބޮޑު ކުށެއް! ޖީޖީއެސްޓީގެ ގޮތުގައި 3148 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް!!!
15 ނޮވެމްބަރު 2017

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި 234 މިލިއަން ރުފިޔާ

15 ނޮވެމްބަރު 2017
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި 234 މިލިއަން ރުފިޔާ
29 އޮކްޓޯބަރު 2017

ގާނޫނުގައި ބުނާ މުއްދަތު ފާއިތުވިތާ ހަތް މަސް ފަހުން ޕާޓީތަކަށް ފައިސާ ދޫކޮށްފި

29 އޮކްޓޯބަރު 2017
ގާނޫނުގައި ބުނާ މުއްދަތު ފާއިތުވިތާ ހަތް މަސް ފަހުން ޕާޓީތަކަށް ފައިސާ ދޫކޮށްފި
28 އޮކްޓޯބަރު 2017

ގާނޫނުގައި ބުނާ މުއްދަތު ފާއިތުވެގެން ދިޔަތާ މަހަކަށް ވުރެ ގިނަ ދުވަސް، އަދިވެސް ފަނޑިޔާރުން ނުނަގާ!

28 އޮކްޓޯބަރު 2017
ގާނޫނުގައި ބުނާ މުއްދަތު ފާއިތުވެގެން ދިޔަތާ މަހަކަށް ވުރެ ގިނަ ދުވަސް، އަދިވެސް ފަނޑިޔާރުން ނުނަގާ!
26 އޮކްޓޯބަރު 2017

ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި: ގުޅިފައިވާ ސިޔާސީ ޕާޓީތައް

26 އޮކްޓޯބަރު 2017
ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި: ގުޅިފައިވާ ސިޔާސީ ޕާޓީތައް
25 ސެޕްޓެމްބަރު 2017

މުއައްސަސާތަކުން ހުށަހަޅާފައިވާ ބަޖެޓުތައް ދަނީ ދިރާސާކުރަމުން: ފިނޭންސް

25 ސެޕްޓެމްބަރު 2017
މުއައްސަސާތަކުން ހުށަހަޅާފައިވާ ބަޖެޓުތައް ދަނީ ދިރާސާކުރަމުން: ފިނޭންސް
23 ސެޕްޓެމްބަރު 2017

ފުލުހުންގެ މުސާރަ ބޮޑުކުރުން ބަޖެޓުގައި ހިމަނާފަ، އަހަރު ނިމޭއިރު ވެސް ބޮޑު މުސާރައެއް ނުލިބޭ!

23 ސެޕްޓެމްބަރު 2017
ފުލުހުންގެ މުސާރަ ބޮޑުކުރުން ބަޖެޓުގައި ހިމަނާފަ، އަހަރު ނިމޭއިރު ވެސް ބޮޑު މުސާރައެއް ނުލިބޭ!
16 އޯގަސްޓު 2017

ޖިނާއީ އިޖުރާާއަތު ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ އުފުލައިފިން: ޕީޖީ

16 އޯގަސްޓު 2017
ޖިނާއީ އިޖުރާާއަތު ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ އުފުލައިފިން: ޕީޖީ
17 ޖުލައި 2017

ފާރިިސްގެ މައްސަލަ ވަކިގޮތަކަށް ކުރިއަށް ގެންދިއުމަށް ނުފޫޒެއް ނެތް: ގާޒީ އިބްރާހިމް އަލީ

17 ޖުލައި 2017
ފާރިިސްގެ މައްސަލަ ވަކިގޮތަކަށް ކުރިއަށް ގެންދިއުމަށް ނުފޫޒެއް ނެތް: ގާޒީ އިބްރާހިމް އަލީ
26 ފެބުރުއަރީ 2017

ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު

26 ފެބުރުއަރީ 2017
ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް