Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާރިސްގެ ޝަރީއަތް

ފާރިިސްގެ މައްސަލަ ވަކިގޮތަކަށް ކުރިއަށް ގެންދިއުމަށް ނުފޫޒެއް ނެތް: ގާޒީ އިބްރާހިމް އަލީ

17 ޖުލައި 2017 | ހޯމަ 07:42

އިންސާފުގެ ދަރުބާރުގެ ތަޚުތާއި ކައިރީގައި ބޮޑުވަޒީރަކަށް ޕީޖީ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 17 ޖުލައި 2017 | ހޯމަ 07:42
ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ޝަރީއަތް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވެއްޖެ އެވެ.

ޝަޚްސް އޮޅުވާލުމުގެ ދައުވާކޮށް ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި، މައްސަލަ ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށް ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ފާހަގަކުރެއްވި އިޖުރާއީ ނުޖުތާތަކަކާ ގުޅިގެންނެވެ.

އެގޮތުން، މައުމޫން ހަމީދު ވަނީ، "ހަމައެކަނި އިންސާފު ގާއިމްކުރަންވީއެއް ނޫން، އިންސާފު ގާއިމްކޮށް އެ މަންޒަރު ވެސް ފެންނަން ވާނެ" ކަމަށް ބުނާ ޝަރުއީ ގާއިދާ ފާހަގަކުރައްވާފަ އެވެ. އެ ގާއިދާ ފާހަގަކުރައްވައި، މައުމޫން ވިދާޅުވީ ކޯޓު ރޫމަށް ބަލާލުމުން ވެސް އިންސާފު ގާއިމްކުރާ މަންޒަރު ނުފެންނަ ކަމަށެވެ.

މައުމޫން ފާހަގަކުރެއްވީ ދައުވާ ލިބޭ މީހާ އާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލް އިށީންދެ އިނުމަށް ޚާއްސަ ކުރެވިފައިވާ ތަންތަން ތަރުތީބު ކުރެވިފައިވާ ގޮތެވެ. އެގޮތުން މައުމޫން ވިދާޅުވީ އިންސާފުގެ ދަރުބާރުގައި ތަޚުތުގައި އިންނަވަނީ މައްސަލަ ބައްލަވާ ގާޒީ ކަމަށާއި، ދަރުބާރުގެ ބޮޑުވަޒީރަކަށް ތަޚުތާއި ގާތުގައި އިންނަވަނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށެވެ.

ކޯޓް ރޫމް ތަރުތީބު ކުރެވިފައިވާ ގޮތުން ގާޒީގެ މޭޒުކޮޅާ ގާތުގައި ތިއްބަވަނީ ދައުލަތުގެ ވަކީލާއި ކޯޓް އޮފިސަރުންނެެވެ. ގާޒީގެ ކުރިމައްޗަށް ވާގޮތަށް ދައުވާ ލިބޭ މީހާ އާއި އޭނާގެ ވަކީލް އިށީންދެ ތިބޭއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލު ކުރިމަތިލައްވައިގެން އިންނަވަނީ ކޯޓް އޮފިސަރުންނަށެވެ.

މައުމޫން ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށް ދަނީ، ޕްރޮސެކިއުޓާ ޖެނެރަލް އާއި ދައުވާ ލިބޭ މީހާއާ ދެމެދު ހިނގާ ކުރިމަތިލުމެއް ކަމަށާއި، މައްސަލަ ބައްލަވާ ގާޒީއާއި ދައުވާ ލިބޭ މީހާއާ ދެމެދު ހިނގާ ކުރިމަތިލުމެއް ނޫން ކަމަށެވެ. މައުމޫން ވިދާޅުވީ ދައުވާ ލިބޭ މީހާއާއި އޭނާގެ ވަކީލުން އިށިންދެގެން އިންނަންވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލަށް ކުރިމަތިލައިގެން، މިހާރު ކޯޓް އޮފިސަރުން ތިބޭ ތަނުގައި ކަމަށެވެ.

މިމަހުގެ 2 ވަނަ ދުވަހު އަމަލުކުރަން ފެށުނު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލްއަށް ވަކި ޚާއްސަކަމެއް ނުދެވޭނެ ކަން ފާހަގަކޮށް، މައުމޫން ވަނީ، ގާޒީއާ ކައިރީގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އިންނަންޖެހޭ ގާނޫނީ ހުއްޖަތެއް ނެރެދިނުމަށް ގޮންޖައްސަވާފަ އެވެ. މައުމޫން ވިދާޅުވީ "ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލް އާސްމާނުން ފައިބައިވަޑައިގެން" ދައުވާ ލިބޭ މީހާއާ އެއް ހަމައެއްގައި އިށީންދެ އިންނަން ޖެހޭ ކަމަށެވެ.

މައުމޫންގެ އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ އެމަނިކުފާނުގެ ލަޔާގަތާއި ގާބިލްކަން ތަންދިން މިންވަރަކުން އެއްވެސް ފަރާތަކަށް ބުރަނުވެ، ހައްގުތައް ކަށަވަރުކޮށްދީގެން އިންސާފު ގާއިމްކޮށް ދެއްވާނެ ކަމަށެވެ. އަދި މި މައްސަލަ ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ މައްސަލަ ކުރިއަށް ގެންދަވާނީ އަދުލުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި، އެކަށީގެންވާ ވަސީލަތާއި ވަގުތު ދެއްވައިގެން ކަމަށެވެ. އަދި ހުރިހާ ކަމެއް ކުރިއަށް ގެންދަވާނީ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ ގޮތަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލް އިންނަ ތަނާއި ގުޅޭ ގޮތުން ގާޒީ ވިދާޅުވީ އެއީ ކޯޓް ރޫމް ތަރުތީބު ކުރެވިފައިވާ ގޮތް ކަމަށާއި، އެކަމުގައި ދެ ހަސްމުން ތަފާތުކޮށް ވަކި ދަރަޖައެއް ދެވިފައިނުވާނެ ކަމަށެވެ. އަދި އެއީ އިދާރީ ކަމެއް ކަމަށާއި، އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ކޯޓް ހިންގެވުން ހަވާލުވެ ހުންނެވި ފަރާތަށް ދަންނަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ގާޒީ ވިދާޅުވީ، ޝަރީއަތުގައި ތިބޭނީ ދެ ހަސްމުން ކަމަށާއި އޭގެން އެއްވެސް ފަރާތެއް ވަކި ތަޚުތެއްގައި ނުބަހައްޓާނެ ކަމަށެވެ. ޝަރީއަތް ކުރިއަށް ގެންދާނީ ޝަރީއަތް ކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ގާޒީ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް