Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕުން އީރާން ބޭރުކުރުމަށް އެދި ޔޫކްރެއިނުން ފީފާ އަށް

އެ ޤައުމުން ބުނާ ގޮތުގައި އީރާންގެ އެ ޢަމަލުތަކަކީ ފީފާ ޤަވާއިދުގެ އިންސާނީ ހައްޤުތަކުގެ އާޓިކަލްގެ ތިން ވަނަ އަދި ހަތަރު ވަނަ ނަންބަރާ ޚިލާފު އަމަލެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ނޮވެމްބަރު 2022 | އަންގާރަ 05:02
ޔޫކްރެއިންގެ ފުޓުބޯޅަ އިދާރާ

ޔޫކްރެއިންގެ ފުޓުބޯޅަ އިދާރާ

ވޯލްޑް ކަޕުން އީރާން ބޭރުކޮށްދިނުމަށް އެދި ޔޫކްރެއިންގެ ފުޓުބޯޅަ އިދާރާ އިން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގައި އެދިއްޖެއެވެ.

ޔުކްރެއިނުން ފީފާގައި މިގޮތަށް އެދިފައިވަނީ ރަޝިޔާ އިން ޔޫކްރެއިން އަށް ހަމަލާ ދެމުން އަންނަ އިރު އެކަމުގެ ފަހަތުގައި އީރާން އޮތް ކަމަށް ތުހުމަތުކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި ހަމަލާތައް ދިނުމަށް އީރާނުން އަންނަނީ ރަޝިޔާ އަށް ނިއުކްލިއާ ހަތިޔާރު ފޯރުކޮށްދީ، އެހެނިހެން ގޮތް ގޮތުން ވެސް އެހީތެރިވަމުންނެވެ. އެ ޤައުމުން ބުނާ ގޮތުގައި އީރާންގެ އެ ޢަމަލުތަކަކީ ފީފާ ޤަވާއިދުގެ އިންސާނީ ހައްޤުތަކުގެ އާޓިކަލްގެ ތިން ވަނަ އަދި ހަތަރު ވަނަ ނަންބަރާ ޚިލާފު އަމަލެއް ކަމަށެވެ.

ހޯމަ ދުވަހު ޔޫކްރެއިންގެ ފުޓުބޯޅަ އިދާރާ އިން އާންމު ކުރި ބަޔާނެއްގައި ބުނީ، އީރާނާ ގުޅުވައިގެން މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކަކީ ފީފާގެ އުސޫލާ ވެސް ޚިލާފު ކަމަކަށްވާނެ ކަމަށެވެ. އީރާނުން ވަނީ ފީފާގެ ޤަވާއިދާ ޚިލާފުވެފައިކަމަށް އެ އިދާރާ އިިން ވަނީ ބުނެފައެވެ. އެ އިދާރާ އިން އެދުނީ ފީފާ އިން އެކަން ބެލުމަށްފަހު، އީރާން މުބާރާތުން ވަކިކޮށްދިނުމަށެވެ.

އީރާންގެ މި އަމަލުތަކާ ގުޅިގެން ފުޓުބޯޅައިގެ ބައެއް ފަރާތްތަކުން ވަނީ އެ ޤައުމު މުބާރާތުން ބޭރުކުރުމަށް ވެސް ގޮވާލާފައެވެ. އަދި އީރާންގެ ބަދަލު ޔޫކްރެއިން އަށް ފުރުސަތު ދިނުމަށް ވެސް އެފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. ރަޝިޔާގެ އަމަލުތަކުގެ ސަބަބުން ފީފާ އިން ވަނީ ރަޝިޔާ އަށް ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ފީފާ އިން ވަނީ އެ ޤައުމު ފުޓުބޯޅައިގެ ހުރިހާ ހަރާކަތަކުން ސަސްޕެންޑުކޮށްފައެވެ.

ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި އީރާން އޮތީ އިންގްލެންޑް، އެމެރިކާ އަދި ވޭލްސް އާއެކު ގްރޫޕް ބީގައެވެ. މުބާރާތުގައި އީރާންގެ ފުރަތަމަ މެޗު އޮންނަނީ 21 ވަނަ ދުވަހު އިންގްލެންޑާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު