Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުދައްޔުގެ މަރުގެ މައްސަލަ

އުދައްޔުގެ މަރުގެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާއަށް 25 އަހަރާއި 5 މަހުގެ ބަންދުގެ ހުކުމެއް

31 އޮކްޓޯބަރު 2022 | ހޯމަ 15:28

ވާރިސުންނަށް އެއް މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކުރި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 31 އޮކްޓޯބަރު 2022 | ހޯމަ 15:28
ޖުވެނައިލް ކޯޓް

ޖުވެނައިލް ކޯޓް

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެފައިވާތީ ހޯމަ ދުވަހު ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކުއްޖާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެފައިވާ ކަމަށް ޖުވެނައިލް ކޯޓުން ކަނޑައަޅާފައިވަނީ 14 ސެޕްޓެމްބަރު 2022ގައެވެ. ހޯމަ ދުވަހު އެ މައްސަލައިގައި ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅާފައިވާއިރު ގަސްދުގައި މީހަކު މެރުމުގެ ކުށުމުގެ ދައުވާއާ ގުޅިގެން 18 އަހަރާއި ނުވަމަހަށް ކުޑަކުދިން ބަންދު ކުރާ މަރުކަޒެއްގައި އޭނާ ބަންދުކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މަރުގެ ދިޔައިގެ ގޮތުގައި 31 އޮކްޓޯބަރު 2022 އިން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އުދައްޔުގެ ވާރިސުންނަށް އެއް މިލިއަން ރުފިޔާ ދިނުމަށާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފުމަށް ވެސް ވަނީ އަންގާފައެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ ކޯޓުން ވަނީ ހަ އަހަރާއި އަށް މަސް ދުވަހު ކުޑަކުދިން ބަންދު ކުރާ މަރުކަޒެއްގައި ބަންދު ކުރުމަށް ހުކުމް ކޮށްފައެވެ. އެހެންކަމުން، އޭނާ ބަންދުގައި ޖުމްލަ 25 އަހަރާއި ފަސް މަސް ދުވަސް ހޭދަ ކުރަން ޖެހޭނެއެވެ.

މި މައްސަލައިގައި ހިމެނޭ އަހުމަދު ޝަމީމް އާއި ޝަރަފު ރަޝީދާއި މުޙައްމަދު މާޒިންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވިކަމުގެ އަޑުއެހުންތައް ދަނީ ކުރިއަށެވެ. މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަސައްކަތެވެ.

8 ފެބުރުވަރީ 2021 ދުވަހުގެރޭ ގއ. މާމެންދޫގައި، ހިންގި މާރާމާރީގައި، އުދައްޔުއާއި އޭނާގެ ބޭބެ ފިރުޝާން ޒާހިރުއަށް ޖިސްމާނީގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެ ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އުދައްޔު މަރުވެފައިވާއިރު، އިންޑިއާއަށް ފޮނުވައިގެން އޭނާގެ ޕޯސްޓްމޯޓަމް ވެސް ވަނީ ހަދައިފައެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް