Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯޑަރ ސެކިއުރިޓީ

އަމާޒަކީ ވޯލްޑް އިމިގްރޭޝަން އޯގަނައިޒޭޝަނެއް އުފެއްދުން: ކޮންޓްރޯލާ ޖެނެރަލް

މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2022 | ބުދަ 13:07
ކޮންޓްރޯލާ ޖެނެރަލް

ކޮންޓްރޯލާ ޖެނެރަލް

އަމާޒަކީ ވޯލްޑް އިމިގްރޭޝަން އޯގަނައިޒޭޝަނެއް އުފެއްދުން ކަމަށް ރާއްޖޭގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލަރ މިފަދައިން ވިދާޅުވީ ރާއްޖޭގެ ބޯޑާ ބެލެހެއްޓުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ބޭއްވި "މޯލްޑިވްސް ބޯޑަރ ސެކިއުރިޓީ ސިމްޕޯޒިއަމް" ނިންމުމުގެ ރަސްމިއްޔާތަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ. މި ސިމްޕޯޒިއަމްއަކީ ބޯޑަރ ސެކިއުރިޓީއާ ގުޅޭގޮތުން ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ސިމްޕޯޒިއަމްއެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހާއި ބުދަ ދުވަހު ކުރިއަށްގެންދިޔަ މި ސިމްޕޯޒިއަމްގައި އިމިގްރޭޝަނާއި މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ފުލުހުންނާއި ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބައިވެރިވިއެވެ. އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަށް ކަމަށްވާ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އާއި އދ. ގެ ޑްރަގް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ)ގެ އޮފިޝަލުން ވެސް މި ސިމްޕޯޒިއަމްގައި ބައިވެރިވިއެވެ.

ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ ބޯޑަރ ސެކިއުރިޓީ ދާއިރާގައި މިހާރު ހުރި މައްސަލަތަކާއި އެކަންކަން ހައްލު ކުރަން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މި މަޝްވަރާތަކުގައި ކުރިން ނޭނގޭ ގިނަ ކަންކަން ދެނެގަނެވިފައިވާ ކަމަށާއި އެކަންކަމަށް ހައްލުތައް ވެސް ހުށަހެޅިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމްގައި އެކި އިދާރާތަކުން ފާހަގަކުރި ކަންކަން ހިމަނައިގެން ރިޕޯޓެއް ތައްޔާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ރިޕޯޓު ޕޮލިސީ ލެވެލްގައި ތަންފީޒު ކުރެވޭނެ ކަމަށް ވެސް ކޮންޓްރޯލާ ޖެނެރަލް ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ބޮޑަރ ސެކިއުރިޓީއާ ގުޅުންހުރި އެކި އިދާރާތަކުން އިސްނަގައިގެން މި ސިމްޕޯޒިއަމް ބާއްވަން ދައުވަތު ދެއްވަމުން ކޮންޓްރޯލާ ވިދާޅުވީ އަންނަ އަހަރުގެ ސިމްޕޯޒިއަމް ފަށަންވާއިރަށް މިއަހަރުގެ ސިމްޕޯޒިއަމްގައި ފާހަގަކުރެވުނު ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮންޓްރޯލަރ ވިދާޅުވީ މި ސިމްޕޯޒިއަމްއަކީ ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ފެށުމެއް ކަމަށެވެ. އެ މަސައްކަތުގެ އެންމެ ފަހުގެ މަންޒިލަކީ ވޯލްޑް އިމިގްރޭޝަން އޯގަނައިޒޭޝަނެއް އުފެއްދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި އެ ސިމްޕޯޒިއަމްގައި ބައިވެރިވި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އާއި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒަމީލްއެވެ.

އިމިގްރޭޝަންމޯލްޑިބްސް ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް "  : އިމިގްރޭޝަން

" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް " : އިމިގްރޭޝަން

07 އޯގަސްޓު 2025
އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި

އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި

29 ޖޫން 2025
ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

13 މެއި 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު