Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުން ރަޝިއާއަށް މިސައިލް ފޯރުކޮށްދިނުން

އިރާނުން ރަޝިއާއަށް އިތުރު ޑްރޯން އާއި މިސައިލް ފޯރުކޮށްދެނީ

19 އޮކްޓޯބަރު 2022 | ބުދަ 07:08

މިގޮތަށް ހަތިޔާރު ބަދަލުކުރުމަކީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ 2015 ވަނަ އަހަރުގެ ރިސޮލިއުޝަނާ ހިލާފަށް ކުރެވޭ ކަމެއް ކަމަށް ހުޅަނގުންދަނީ ބުނަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 19 އޮކްޓޯބަރު 2022 | ބުދަ 07:08
ރަޝިއާ އަސްކަރިއްޔާގެ އޮފިޝަލެއް

ރަޝިއާ އަސްކަރިއްޔާގެ އޮފިޝަލެއް

އިރާނުން ރަޝިއާއަށް އިތުރު ޑްރޯން އާއި މިސައިލް ފޯރުކޮށްދޭން ނިންމައިފިއެވެ.

އިރާންގެ ދެ ޑިޕްލޮމެޓުންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން އިރާނުން ވަނީ ރަޝިއާއަށް ސަރފޭސް ޓު ސަރފޭސް މިސައިލާ އިތުރު ޑްރޯން ފޯރުކޮށްދޭން އެއްބަސްވެފައެވެ. އިރާނުގެ މިނިންމުމާއެކު އެމެރިކާއާ ހުޅަނގުގެ ނުރުހުން އިރާނަށް އިތުރަށް އަމާޒުވެގެންދާނެއެވެ.

އޮކްޓުބަރު ހަ ވަނަ ދުވަހު އިރާންގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު މުޚްބަރް އާއި އެގައުމުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސް ދެ އޮފިޝަލުންގެ އިތުރުން އިރާން ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އޮފިޝަލަކު ވަނީ ރަޝިއާއަށް ވަޑައިގަންނަވާފައެވެ. މިބޭފުޅުންގެ ދަތުރުފުޅުގައި އިރާނުން ރާޝިއާއަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ރަޝިއާއިން އިތުރު ޑްރޯން އާއި އިރާންގެ ބެލެސްޓިކް މިސައިލަށް އެދިފައިވާކަމަށް އިރާންގެ ޑިޕްލޮމެޓުންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ. ހާއްސަކޮށް ފާތިހު އަދި ޒުލްފަޣަރްގެ ހާއްސަ މިސައިލަށް ރަޝިއާއިން އެދިފައިވާކަމަށް ޑިޕްލޮމެޓުން ފާހަގަކުރެއެވެ.

މިކަން ހުޅަނގުގެ އޮފިޝަލަކުވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އިރާނުން ރަޝިއާއަށް ކުރު ރާސްތާ ބެލެސްޓިކް މިސައިލް ފޯރުކޮށްދޭން އެއްބަސްވެފައިވާކަމަށް ހުޅަނގުގެ އޮފިޝަލު ފާހަގަކުރިއެވެ.

މިގޮތަށް ހަތިޔާރު ބަދަލުކުރުމަކީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ 2015 ވަނަ އަހަރުގެ ރިސޮލިއުޝަނާ ހިލާފަށް ކުރެވޭ ކަމެއް ކަމަށް ހުޅަނގުގެ އޮފިޝަލުން ބުނަމުންދާ ބުނުމަށް އިރާންގެ ޑިޕްލޮމެޓުން ވަނީ ނޫނެކޭ ބުނެފައެވެ. އިރާންގެ ޑިޕްލޮމެޓުން ވަނީ ހަތިޔާރު ވިއްކުމަށްފަހު އެ ހަތިޔާރު ގަންނަ މީހުން އެ ބޭނުން ކުރާ ތަނަކީ ވިއްކާ މީހާއަށް ބެހޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ޔޫކްރެއިން ރަޝިއާ ހަނގުރާމާގައި ހުޅަނގުގެ ގައުމުތައްހެން އިރާނުން ވަކި ކޮޅެއް ނުނަގާ ކަމަށާއި އެގައުމުން އެދެނީ ދެގައުމުގެ ދެމެދު މަޝްވަރާކުރެވި ޑިޕްލޮމެޓިކް އުސޫލުން ހަނގުރާމަ ނިމެން ކަމަށް އިރާންގެ ޑިޕްލޮމެޓުން ވަނީ ވިދާޅުވެފައެވެ.

އިރާނުން ރަޝިއާއަށް ފޯރުކޮށްދީފައިވާ ޝާހިދު-136 ޑްރޯން ބޭނުންކޮށްގެން ރަޝިއާއިން ޔޫކްރެއިނަށް ހަމަލާތަކެއް ދީފައިވާކަމަށް މިމަހު ޔޫކްރެއިނުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް އިރާން އަދި ރަޝިއާއިން ވަނީ މިކަން ދޮގުކޮށްފައެވެ.

މިފަދަ ޑްރޯންތަކެއް އިރާނުން ރަޝިއާއަށް ސަޕްލައިކޮށްފައި ނުވާނެ ކަމަށް އެގައުމުން ބުނެފައުވާއިރު، އަންގާރަ ދުވަހު ރަޝިއާއިން ވަނީ އެގައުމުގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް ހަމަލާދިނުމަށް އިރާންގެ ޑްރޯން ބޭނުންކޮށްފައިނުވާނެ ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް