Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުން

މި ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ހުރިހާ ހިސާބަކަށް މޫސުން އެއްކޮށް ރަނގަޅުވާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ

16 އޮކްޓޯބަރު 2022 | އާދީއްތަ 12:14

ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހުރިހާ ހިސާބަކަށް ވެސް ކެރީގެ އަސަރު ފޯރާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އޮކްޓޯބަރު 2022 | އާދީއްތަ 12:14
މޫސުން

މޫސުން

މި ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ހުރިހާ ހިސާބަކަށް މޫސުން އެއްކޮށް ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނެފިއެވެ.

އެ އިދާރާ އިން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ މި ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ހުރިހާ ހިސާބަކަށް މޫސުން އެއްކޮށް ރަނގަޅުވިނަމަވެސް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހުރިހާ ހިސާބަކަށް ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

Advertisement - newsAdvertisement

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ  ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ބުންޏެވެ.

މީގެއިތުރުން ރާއްޖޭގެ ކަނޑުތައްވެސް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ދެކުނަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭ އިރު ވިލާގަނޑުގައި 45 މޭލަށް ވައި ގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަންގާރަ ދުވަހުން ފެށިގެން މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި މޫސުމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން ބުނީ، ދަތުރަކަށް ފެށުމުގެ ކުރިން، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯ ބަލައި އެ ތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު އެއްގަމު އުޅަނދު ދުއްވުމުގައާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައިވެސް ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

މޫސުން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް
23 އޮކްޓޯބަރު 2025

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
17 އޮކްޓޯބަރު 2025

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ
15 އޮކްޓޯބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
05 ޖޫން 2025

އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

05 ޖޫން 2025
އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
27 ޖެނުއަރީ 2025

މުޅި ރާއްޖެއަށް މޫސުން ގޯސް، މެދުރާއްޖެތެރެއަށް މާ ބޮޑަށް މޫސުން ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

27 ޖެނުއަރީ 2025
މުޅި ރާއްޖެއަށް މޫސުން ގޯސް، މެދުރާއްޖެތެރެއަށް މާ ބޮޑަށް މޫސުން ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
21 ޑިސެމްބަރު 2024

އައްޑޫ ކަނޑަށް ގެއްލުނު ނޭޕާލު މީހާ ހޯދުން މެދުކަނޑާލައިފި

21 ޑިސެމްބަރު 2024
އައްޑޫ ކަނޑަށް ގެއްލުނު ނޭޕާލު މީހާ ހޯދުން މެދުކަނޑާލައިފި
17 ޑިސެމްބަރު 2024

ށ އަތޮޅުން އދ އަތޮޅާ ހަމަ އަށް ޔެލޯ އެލަޓް ނެރެފި

17 ޑިސެމްބަރު 2024
ށ އަތޮޅުން އދ އަތޮޅާ ހަމަ އަށް ޔެލޯ އެލަޓް ނެރެފި
18 ނޮވެމްބަރު 2024

ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ

18 ނޮވެމްބަރު 2024
ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް