Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާންގެ ޖަލެއްގައި ރޯވުން

އީރާންގެ މަޝްހޫރު ޖަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފުލުހުން ބަޑި ޖެހުމުގެ ސަބަބުން މިހާރު ވެސް 222 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 16 އޮކްޓޯބަރު 2022 | އާދީއްތަ 06:47
އީރާނުގައި އަލިފާން ރޯވި ޖަލު

އީރާނުގައި އަލިފާން ރޯވި ޖަލު

އީރާންގެ މަޝްހޫރު ޖަލެއްގައި ހޮނިހިރު ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެ ތަނަކީ ހައްޔަރު ކުރެވޭ ސިޔާސީ ކުށްވެރިންނާއި ނޫސްވެރިން އަދި ބޭރު ގައުމުތަކުގެ މީހުން ބައިތިއްބާ އެވިން ޕްރިޒްން އެވެ. ވެރިރަށް ތެހެރާންގައި ހުންނަ އެވިން ޕްރިޒްންގައި ރޯވި އަލިފާންގަނޑުން ދުން އަރަމުންދާތަން ފެންނަ ވީޑިއޯތައް ހޮނިހިރު ދުވަހުގެރޭ އާންމުވެފައި ވެއެވެ. އަދި ބަޑިޖަހާ އަޑާއި އެއްޗެތި ގޮވާ އަޑު ވެސް އިވިފައިވެއެވެ.

ރޯވި އަލިފާންގަނޑު ކޮންޓްރޯލު ވެއްޖެކަމަށް އޮފިޝަލަކާއި ހަވާލާދީ ސްޓޭޓް މީޑިއާއިން ރިޕޯޓު ކުރި ފަހުން ވެސް އަލިފާން ރޯވެފައި ހުރިތަން ވީޑިއޯތަކުން ފެންނަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އީރާނުގައި މިވަގުތު ވަނީ ސަރުކާރާ ދެކޮޅު ވަރަށް ވަރުގަދަ އޮއިވަރެއް ފެށިފައެވެ. އިދިކޮޅު ހަރަކާތްތައް ފުރަތަމަ ފެށުނީ 22 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ މާޝާ އަމީނީ، ބުރުގާ އަޅާފައި ހުރިގޮތް ރަނގަޅު ނޫންކަމަށް ބުނެ ހައްޔަރު ކުރިތާ ދެ ދުވަސް ފަހުން އޭނާ ކުއްލިއަކަށް މަރުވުމާއި ގުޅިގެންނެވެ. ފުލުހުން ބުނަނީ މާޝާ އަމީނީ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް އޭނާގެ އާއިލާއިން މިކަން ދޮގު ކުރެއެވެ. އަދި އޭނާ މަރުވެފައިވަނީ ފުލުހުން އޭނާގެ ބޮލަށް އަނިޔާ ކުރުމުން ކަމަށް އާއިލާ އިން ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖަލުގައި ރޯވި އަލިފާނާއި އިދިކޮޅު އިހްތިޖާޖްތަކާ ގުޅުމެއް ހުރި ކަމެއް ރެއާ ހަމަޔަށް ސާފެއް ނުވެއެވެ. ނަމަވެސް އެއީ ވުން އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ. އެހެނީ އިދިކޮޅު މުޒާހަރާތަކުގެ ވަރަށް ގިނަބަޔަކު ފޮނުވުނީ އެޖަލަށް ކަމުގައި ވާތީއެވެ.

އީރާނުގެ ސްޓޭޓް މީޑިއާ އިން ބުނެފައިވަނީ އަލިފާން ރޯވުމާއި އިދިކޮޅު މުޒާހަރާތަކާ ގުޅުމެއް ނުވާ ކަމުގައެވެ.

ހާލަތު ކޮންޓްރޯލު ކުރެވިއްޖެ ކަމަށް ސަރުކާރުން ބުނި ފަހުން ވެސް ހުޅު ރޯވެފައި ހުރި މަންޒަރާ ބައެއް ކުށްވެރިން ފުރާޅުތަކުގެ މައްޗަށް އަރާ ތިބި މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

މާޝާ އަމީނީގެ މަރާ ގުޅިގެން މީގެ ފަސް ހަފްތާ ކުރިން ފަށާފައިވާ ސަރުކާރާ އިދިކޮޅު ހަރަކާތްތަކަކީ އީރާން އިސްލާމިކް ރިޕަބްލިކް 1979ގައި ގާއިމު ކުރި ފަހުން ވެސް ކުރިޔަށް ދާ އެންމެ ވަރުގަދަ އިހްތިޖާޖުތަކެވެ.

އިހްތިޖާޖުގެ ބައިވެރިން ބުނަނީ އީރާނުގައި އަންހެނުންނަށް ފުރިހަމަ މިނިވަންކަން ލިބެންދެން، ސަރުކާރުގެ ހަމަލާތަކުން ކިތަންމެ ބައިވަރު މީހުން މަރުވެގެން ދިޔަ ނަމަވެސް، އިދިކޮޅު ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމުގައެވެ.

މިހާރުވެސް ފުލުހުން ބަޑިޖެހުމުގެ ސަބަބުން 222 މީހުން މަރުވެފައިވާ ކަމަށް އީރާންގެ ހިއުމަން ރައިޓްސް އެކްޓިވިސްޓުންނާ ހަވާލާ ދީ ލިބޭ ޚަބަރުތައް ބުނެއެވެ.  

އީރާންދުނިޔެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު