Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްރަށްވެހިންގެ ހަފްލާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިސްރަށްވެހިންގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައިފި

މި ފޯރަމްގައި ޢުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ބޭނުންވާ ކާނާ، ނަފްސާނީ ސިއްޙަތުގެ މައްޗަށް އަލިއަޅުވާލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 07:27
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިސްރަށްވެހިންގެ ޙަފްލާގައި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިސްރަށްވެހިންގެ ޙަފްލާގައި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފުވައްމުލައް ސިޓީގައި މިއަދު ބޭއްވި އިސްރަށްވެހިންގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ޙަފްލާއަކީ އ.ދ. ގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފުވައްމުލައް ސިޓީގެ އިސްރަށްވެހިންގެ ޝަރަފުގައި ބޭއްވި ޙަފްލާއެކެވެ. ފުވައްމުލަކު ބަހުން ކުރިއަށްގެންދިޔަ މި ޙަފްލާ އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނު ފުވައްމުލައް ސިޓީ ޙާފިޒް އަޙްމަދު ސްކޫލް ހޯލުގައެވެ.

Advertisement - newsAdvertisement

އިސްރަށްވެހިންގެ ޙަފްލާގެ ތެރެއިން އެންމެހާ މެހުމާނުންނަށް ހެނދުނުގެ ނާސްތާ އަދި މަޢުލޫމާތު ދިނުމުގެ ފޯރަމެއްވެސް ކުރިއަށްގެންދަވާފައިވެއެވެ. މި ފޯރަމްގައި ޢުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ބޭނުންވާ ކާނާ، ނަފްސާނީ ސިއްޙަތު، މަކަރާއި ހީލަތުން ރައްކާތެރިވެތިބުން އަދި މާލީ ތަނަވަސްކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

މިއަދު ބޭއްވި އިސްރަށްވެހިންގެ ޙަފްލާގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި ބައިވެރިވެވަޑައިގެންނެވިއެވެ. އ.ދ. ގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ރެޒިލިއެންސް އޮފް އޯލްޑަރ ޕަރސަންސް އިން އަ ޗޭންޖިންގ ވަރލްޑް" އެވެ.

އ.ދ. ގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފުވައްމުލައް ސިޓީގައި ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ގްރައުންޑް ގޮލްފް މުބާރާތުގެ ފައިނަލް މެޗާއި ވަނަވަނައަށްދާ ފަރާތްތަކަށް އިނާމު ދިނުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލައް ސިޓީއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވާ، ހޮނިހިރު ދުވަހު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުފުވައްމުލައް ސިޓީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު