Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނެކްޓަންގެ ދިރާސާގެ ހޯދުންތައް

ނެކްޓަންގެ މިޝަންއިން "ދަ ޓްރެޕިންގ ޒޯން" ހޯދައިފި

ފުން ސަރަހައްދުތަކުގައި އުފެދިފައިވާ ތަފާތުތަކުގެ ތެރޭގައި ގިނަ ކުދި ދިރުންތަކެއް ވަނީ ތާށިވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2022 | ހޯމަ 20:54
ނެކްޓަންގެ ދިރާސާގެ ތެރެއިން

ނެކްޓަންގެ ދިރާސާގެ ތެރެއިން

ނެކްޓަން މޯލްޑިވްސް މިޝަންގެ ސައިންޓިސްޓުން ރާއްޖޭގެ ފުން ކަނޑުތަކުގައި ކުރި ދިރާސާގައި، ކަނޑުގެ 500 މީޓަރުގެ ފުނުން ދިރުންތަކުން ފުރިގެންވާ ސަރަޙައްދެއް ހޯދައިފިއެވެ.

ނެކްޓަންއާއި ދިވެހި ސަރުކާރާ ގުޅިގެން ދާދި ފަހުން ވަނީ ރާއްޖޭގެ ފުން ކަނޑު ދިރާސާކޮށްފައެވެ. މި ދިރާސާއާ ގުޅޭގޮތުން ނެކްޓަންއާއި ދިވެހި ސަރުކާރުން ނެރުނު ނޫސްބަޔާނުގައި ބުނީ "ދަ ޓްރެޕިންގ ޒޯން" ގެ ނަމުން ނަންދެވިފައިވާ މި ސަރަޙައްދަކީ މީގެ ކުރިން ދެނެގަނެވިފައި ނުވާ ސަރަޙައްދަކަށްވުން އެކަށީގެންވާ ކަމަށެވެ.

Advertisement - newsAdvertisement

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސައިންޓިސްޓެއް ކަމަށްވާ ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓު ޕްރޮފެސަރ ލޫސީ ވުޑޯލް ވިދާޅުވީ ދިރާސާގައި ނަގާފައިވާ ވީޑިއޯތަކާއި، އަޑިއަށް ދަތުރުކުރި ސަބްމަރސިބަލްތަކުން ނެގި ސާމްޕަލްތަކުން، ސަރވޭ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހިންގުނު ސޯނާ މެޕިން މަސައްކަތްތަކުން ފުން ސަރަހައްދުތަކުގައި އުފެދިފައިވާ ތަފާތުތަކުގެ ދެމެދުގައި ތާށިވެފައިވާ އެކި ބާވަތުގެ ކުދި ދިރުންތައް ކައި ހެދުމަށް، މިޔަރާއި އެ ނޫންވެސް ބޮޑެތި މަސްމަހާމެހި އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެ އުޅޭކަން ދައްކައިދީފައިވާކަމަށެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ބިންގާ ކަމަށްވާ އަލިފާން ފަރުބަދައިގެ ކަނޑު އަޑީގެ ބިންގަނޑުތަކުގައާއި، މަރުވެފައިވާ ދިރުން ހިމެނިގެން އުފެދިފައިވާ ގަދީމީ ފަރުތަކުގައި ގުންޑޮޅި ތެދު އުސް ބިންތަކާއި، ގުންޑޮޅި ފެތުރިފައިވާ ބިންތައް ހިމެނިފައި ވުމަކީ، ކުދި ދިރުންތައް ދުވާލުގެ ވަގުތުތަކުގައި ފުން ކަނޑަށް އަނބުރާ ދިއުމަށް ހުރަސްއެޅޭ ސަބަބެއްގެ ގޮތުގައި ބެލެވޭ ކަމަށް ނެކްޓަންއިން ބުނެފައިވެއެވެ. މި"ވަރޓިކަލް މައިގްރޭޝަން" އަކީ ދުނިޔޭގައި ކޮންމެ ރެއަކު ހިނގާ އެންމެ ބޮޑު ހިޖުރަކުރުން ނުވަތަ މައިގްރޭޝަން ކަމަށް ނެކްޓަންއިން ފާހަގަކުރެއެވެ. ރައްކާތެރި ފުން ސަރަޙައްދަށް ހިޖުރަ ނުކުރެވި ތާށިވާ މިދިރުންތައް ވާނީ ކަނޑުގެ މެދު ފަށަލައިގައި އުޅޭ ކަނޑުމަހާއި މިޔަރު ފަދަ، އަދި ފުނުގައި އުޅޭ ސްޕައިކީ އޯރިއޯއާއި، އަލްފޮންސީނޯ ފަދަ ބިޔަ ދިރުންތަކުގެ ޝިކާރައަކަށްކަމަށް ފާހަގަކޮށްފައިވެއެވެ.

ދިރާސާގައި ހަރަކާތްތެރިވި ޕްރޮފެސަރ އެލެކްސް ރޮޖަރސް ވިދާޅުވީ ދަ ޓްރެޕިންގ ޒޯންގެ ސަބަބުން ރާއްޖޭގެ ފުން ކަނޑުތަކުގައި ދިރުމުން ފުރިގެންވާ މާހައުލެއް އުފެދޭ ކަމަށެވެ. އަދި ރާއްޖެފަދަ އެހެނިހެން ކުދި ޖަޒީރާތަކުގައި މިފަދަ ސަރަހައްދުތައް އުފެދިފައި ހުރުމަކީ ވަރަށް ގާތްކަމެއް ކަމަށް ވިދާޅުވިއެވެ.

ކަނޑުގައި އުފެދިފައި ހުންނަ ތިލަތަކުގައި އެ ސަރަޙައްދުތަކުގައި އުޅޭ ކުދި ދިރުންތައް ތާށިވުމުގެ ސަބަބުން އެ ސަރަޙައްދުތަކުގައި އެކި ބާވަތުގެ މަސްމަހާމެހީގެ އާބާދީ އާލާވުމަށް ބާރުއަޅާކަން އެނގިފައި ވީނަމަވެސް، ރާއްޖެ ފަދަ ޤައުމެއްގެ ރަށްތަކުގެ ޖިއޯމޯފޮލޮޖީ އަދި ބަޔޮލޮޖިކަލް ޕެރަމީޓަރުތަކާއި މި ތާށިވުން މީގެ ކުރިން ގުޅުވިފައި ނުވާކަން މި ދިރާސާއިން ވަނީ ހޯދިފައެވެ.

މި ދިރާސާގައި އެއްކުރެވުނު ވީޑިއޯ އަދި ބަޔޮލޮޖިކަލް މަޢުލޫމާތު އެނަލައިޒް ކުރުމުގެ މަސައްކަތް ރާއްޖޭގައާއި، އޮކްސްފޯޑުގައި ހުންނަ ނެކްޓަންގެ ހެޑްކުއާޓާސްގައި އަދި ދިރާސާގައި ބައިވެރިވި އެހެން ޕާޓްނަރުންގެ ލެބޯޓްރީތަކުގައި ކުރިއަށްދާކަމަށް ނެކްޓަންއިން ބުނެފައިވެއެވެ. މި ދިރާސާގެ ނަތީޖާތަކަކީ ރާއްޖެ ފަދަ އެހެން ޖަޒީރާ ގައުމުތަކަށް ވެސް ފައިދާކުރާނެ މައުލޫމާތުތަކެއް ކަމަށާއި، މިއީ މަސްވެރިކަން ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށް ވެސް މުހިންމު މައުލޫމާތުތަކެއްކަން ނެކްޓަންއިން ވަނީ ފާހަގަކޮށްފައެވެ.

ނެކްޓަންގެ ކުރީގެ މިޝަންތަކުން ވެސް ވަނީ އެތަކެއް އާ ސައިންޓިފިކް މަޢުލޫމާތު ހޯދާފައެވެ. އެގޮތުން ނެކްޓަން އިން ބާމިއުޑާގައި 2016 ވަނަ އަހަރު ހިންގި އެކްސްޕެޑިޝަނުގައި ވަނީ ވަރަށް ފަނޑުކޮށް އަލި ލިބޭ ސަރަހައްދުން "ރަރިފޯޓިކް ޒޯން" ނަމަކަށް ކިޔާ އާ އިކޯސިސްޓަމެއް ކަނޑުގެ ސަތަހައިގެ 120 މީޓަރާއި 300 މީޓަރާއި ދެމެދު އޮންނަކަން ކަށަވަރުކޮށްފައެވެ. 

ނެކްޓޮންދިވެހި ސަރުކާރުމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީމިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ވަކި ކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުން އެހެން މިނިސްޓްރީތަކަށް!

ވަކި ކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުން އެހެން މިނިސްޓްރީތަކަށް!

02 ނޮވެމްބަރު 2024
ސަރުކާރަށް 10 މަސް: މަސްވެރިކަމުގެ ސިނާއަތް ފުނޑިއްޖެ

ސަރުކާރަށް 10 މަސް: މަސްވެރިކަމުގެ ސިނާއަތް ފުނޑިއްޖެ

17 ސެޕްޓެމްބަރު 2024
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ

އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ

29 އެޕްރީލު 2024
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟

ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟

24 އެޕްރީލު 2024
ޖަލްސާތައް ނުބޭއްވޭނަމަ ސަރުކާރުން ކަންކުރާނީ ބޭނުންގޮތަކަށް - ހަސަން ލަތީފް

ޖަލްސާތައް ނުބޭއްވޭނަމަ ސަރުކާރުން ކަންކުރާނީ ބޭނުންގޮތަކަށް - ހަސަން ލަތީފް

19 މާރިޗު 2024

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު