Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަނަސްގެ މަރުގެ މައްސަލަ

އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ހައިކޯޓުގައި ކުށް ސާބިތުވެއްޖެ

ހައިކޯޓުގައި މި މައްސަލަ ބެއްލިވި 3 ފަނޑިޔާރުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް އިއްތިފާގުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޮކްޓޯބަރު 2022 | އަންގާރަ 10:57
2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ސަރވިސް ސެންޓަރު ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައިވާ އަނަސް

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ސަރވިސް ސެންޓަރު ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައިވާ އަނަސް

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި ކުއްޖާގެ މައްޗަށް ހައިކޯޓުގައި ކުށް ސާބިތުވެއްޖެއެވެ.

މި މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. މި މައްސަލައިގައި އަންގާރަ ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި އަނަސްގެ މަރުގެ މައްސަލައިގައި އެއިރު ހިމެނުނު ކުޑަކުއްޖާގެ މައްޗަށް ކުށްސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި މިިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި އެ ކުށް ސާބިތު ނުވާކަމަށް ޖުވެއިނައިލް ކޯޓުން ހުކުމްކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އަންގާރަ ދުވަހު ހައިކޯޓުގައި މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް އިއްތިފާގު ވެފަ އެވެ. ނަމަވެސް އަޑުއެހުމުގެ ތަފްސީލެއް ނުލިބެއެވެ. އަދި މި މައްސަލައިގައި އަދަބު ކަނޑައެޅުން ބާއްވާނީ ފަހުންނެވެ.

އެކުއްޖާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޖުވެއިނަލް ކޯޓުގައި އެ ކުއްޖާގެ މައްޗަށް ދައުވާ އިއްވުމުން އޭނާ ދައުވާއަށް އިންކާރުކޮށްފައިވާތީ، އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޝަފަވީ ހެއްކާއި ކިތާބީ ހެކި ހުށަހެޅި ކަމަށެވެ. އަދި ދިފާއުގައި ދައުވާ ލިބޭ ކުއްޖާގެ ފަރާތުން ތިން މީހެއް ހެކީންގެ ގޮތުގައި ހުށަހެޅި ކަމަށެވެ.

ޖުވެއިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު، ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން، އަނަސްއަށް ހަމަލާދިންއިރު، އެ ކުއްޖާ އެތަނުގައި ހުރިކަން ޝައްކެއްނެތް މިންވަރަށް ސާބިތުކުރެވޭވަރުގެ ހެއްކެއް ދައުލަތަށް ހުށަހެޅިފައިނުވާ ކަމަށެވެ. އަދި އަނަސްއަށް ހަމަލާދިން މީހުން ތިބީ މާސްކު އަޅައިގެން ކަމަށްވާތީ އާއި، އެތަނުގައި އެ ކުއްޖާ ހުރިކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ، ވީޑިއޯ އެނަލިސިސް ރިޕޯޓުގައި އަނަސްއަށް ހަމަލާދިން މީހަކާ އެ ކުއްޖާއާ އެއްގޮތް ސިފަތަކެއް ހުރި ކަމަށް ބުނެފައި ވިޔަސް، އެއީ އާންމު ތިން ސިފައެއް ކަމަށްވާތީ އެހެން މީހަކާވެސް އެ ސިފަތައް ދިމާވެދާނެ ކަމަށް އެ ރިޕޯޓު ތައްޔާރުކުރި ފަރާތުން ބުނެފައިވާ ކަމަށެވެ.

ދައުލަތުން ހުށަހެޅި ހެކި، ގަރީނާތަކުން، އަނަސްއަށް ހަމަލާދިން މީހުންގެ ތެރޭގައި ދައުވާލިބުނު ކުއްޖާ ހުރި ކަމާ މެދު ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމާއެކު، ދިފާއުގައި އެ ކުއްޖާގެ ފަރާތުން ހުށަހެޅި، ތިން މީހުންގެ ހެކިބަހުން، އަނަސް ހަމަލާދިން ވަގުތު، އެ ކުއްޖާ ހުރީ، އެ ތިން މީހުންނާއެކު ހުޅުމާލޭގައިކަމާއި އެ ދުވަހު ހުޅުމާލެއަށް ދިޔަގޮތަށް އެތިން މީހުން އެރޭ މެންދަމު ދޭއް ޖަހަންދެން އެކުގައި ހުޅުމާލޭގައި ގެއެއްގެ ތެރޭގައި ގިނަ ވަގުތު ޕްލޭސްޓޭޝަން ކުޅުމުގައި އުޅުނު ކަމަށް ބުނެފައިވެއެވެ. އަދި ދައުވާ ލިބޭ ކުއްޖާ އެ ދުވަހު ހުޅުމާލެއަށް ދިޔަގޮތަށް، އެރޭ ދޭއް ޖެހުމާ ހަމައަށް ފޯމަތިން ގެއްލިފައިނުވާ ކަމަށްވެސް އެތިން މީހުން ހެކިބަސް ދީފައިވެއެވެ.

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރެއެވެ. އަނަސް މަރާލާފައިވަނީ އޭނާ ފަހާ ދުވަމުން ގޮސް، ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

އަނަސްގެ މަރާ ގުޅިގެން އިތުރު ހަތް މީހެއްގެ މައްޗަށްވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެއެވެ. އެ ދައުވާތަގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

އަނަސްގެ މަރާ ގުޅޭ ޝަރީޢަތްހައި ކޯޓުޕްރޮސެކިއުޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު