Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަމީތާބުގެ އުފަން ދުވަސް

އަމީތާބް ބައްޗަން އަށް އުފާވެރި އުފަން ދުވަހަކަށް އެދެން

11 އޮކްޓޯބަރު 2022 | އަންގާރަ 04:36

އަމީތާބް ބައްޗަން މިހާތަނަށް 181 ފިލްމު ކުޅެފައިވެއެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 11 އޮކްޓޯބަރު 2022 | އަންގާރަ 04:36
އަމީތާބް ބައްޗަން

އަމީތާބް ބައްޗަން

އިންޑިޔާގެ މަޝްހޫރު މެގަސްޓާރ އަމީތާބް ބައްޗަން އޮކްޓޯބަރު 11، ވަނަ ދުވަހު (މިއަދު) 80 ވަނަ އުފަން ދުވަސް ފާހަގަ ކުރަމުން ދާއިރު އޭނައަށް ސަޕޯޓު ކުރާ އެތައް ހާސް ފޭނުން، އުފަން ދުވަހުގެ ތަހުނިޔާ ކިއުމަށް އޭނާގެ ގޭދޮށަށް އެއްވަމުން ދާކަމަށް ޚަބަރު ލިބެއެވެ.

1982 ގައި، މީގެ 40 އަހަރު ކުރިން، ފިލްމް ކޫލީ ކުޅުމުގެތެރެއިން އަމީތާބަށް ވަރަށް ބޮޑު އަނިޔާއެއް ލިބި އޭނާ މަރުނުވީ ކިރިޔާއެވެ. އެދުވަހު ޑޮކްޓަރުން އޭނާ ކްލިނިކަލީ މަރުވެއްޖެ ކަމަށްވެސް ބުންޏެވެ. އެއަށްފަހު ބަލިން ގަދަވެ ގެއަށް ދެވުނީ އޭނާގެ ސަޕޯޓަރުންގެ ހެޔޮދުއާއިން ކަމަށް އަމީތާބު ގަބޫލު ކުރެއެވެ. އެދުވަހުން ފެށިގެން ކޮންމެ އާދީއްތަ ދުވަހަކު އޭނާގެ ގޭދޮށަށް އެއްވާ ފޭނުންނާ އަމީތާބް ބައްދަލުކުރެއެވެ. އޭނާގެ އުފަން ދުވަސް ވާނީ މިފަދަ އެއްދުވަހަށެވެ. އުފަން ދުވަހު ފާގީރުންނަށް ސަދަގާތްކޮށް ތަކެތި ބަހާ ހެދުމަކީ އާދަކާދައިގެ ގޮތުން އޭނާ ކުރަމުން އަންނަ ކަމެކެވެ.      

އިންޑިޔާގެ ފިލްމު އިންޑަސްޓްރީގައި އަމީތާބް 50 އަހަރު ފުރިހަމަކޮށްފައި ވަނީ 2019 ވަނަ އަހަރު ގެ ފެބްރުއަރީ 15 ވަނަ ދުވަހުއެވެ. މިހާގިނަ ދުވަސްވީ އެކްޓިން ކެރިއަރެއް ފުރިހަމަކޮށްފައި ވާއިރު އަމީތާބް ވަނީ ވަރަށް ގިނަ ތަފާތު ރޯލްތަކެއްގެ ތެރެއިން ފެނިގެން ގޮސްފައެވެ. އެކްޝަން، ކޮމެޑީ، ލޯބީގެ، އާއިލީ އަދި އެހެންވެސް ތަފާތު ރޯލުތައް އޭނާ ވަނީ ކުޅެފައެވެ. މުޅިން ވެސް ސްކްރިޕްޓުތަކުން އޭނާއަށް ހަވާލުކުރާ ރޯލްތަކެކެވެ. އެހެންނަމަވެސް އެންމެ ފުރިހަމަ އަށް އޭނާ އެ ރޯލްތައް އަދާ ކުރެއެވެ. ސަޕޯޓަރުން އުފާވާ ފަދަ ގޮތަށެވެ.

އަމީތާބް ބައްޗަން މިހާތަނަށް 181 ފިލްމު ކުޅެފައި ވެއެވެ. މީގެ ތެރެއިން ގިނަ ފިލްމުތަކަކީ ސުޕަރ ހިޓްސް އެވެ.

އަމީތާބަކީ އެކްޓުކުރުމުގެ އިތުރުން، ތަފާތު އެތައް އެހެން ހުނަރުތަކެއް ވެސް ލިބިފައިވާ ހުނަރުވެރި ފަންނާނެކެވެެ. މީގެ ބައެއް ހުނަރުތަކަށް ބަލާލަމެވެ.

އަމީތާބްގެ 52 އަހަރުވީ އެކްޓިންގ ކެރިއަރުގައި އެހާބޮޑަށް މަޝްހޫރުކަން އޭނާއަށް ގެނުވި އެއް ސަބަބަކީ އޭނާގެ ބަރު އަދި ރީތި އަޑެވެ. މިކަމުގެ ފައިދާ ނަގާ އޭނާވަނީ އޭނާގެ ފިލްމުތަކަށް ބައެއް ލަވަ ކިޔާ ދީފައެވެ. އަދި އިންޑިޔާގެ ހޯލީ ފެސްޓިވަލަށް އޭނާ ދޫކޮށްލި "ރަންގު ބަރްސޭ" އަކީ އިންޑިޔާގައި ދުވަހަކު ވެސް ފަނޑުވާނެ ލަވައެއް ނޫނެވެ. އަމީތާބުގެ ފާހަގަ ކޮށްލެވޭ އެހެން ބައެއް ލަވަތަކުގެ ތެރޭގައި މެރޭއަންގުނޭމޭ، އެކްލަ ޗޮލޯރޭ، ޕިޑްލީސީ ބާތޭން، ޗަލޯޖާނޭދޯ ހިމެނެއެވެ.

ފާއިތުވި 14 ވަރަކަށް އަހަރު އަމީތާބް އަންނަނީ ބްލޮގް ކުރަމުންނެވެ. "ސީނިއަރ ބަޗަން" ޕޭޖްގައި 2008 ވަނަ އަހަރު ފެށި ބްލޮގް ކުރުމުގެ މަސައްކަތަކީ ވެސް އަމީތާބުގެ ފޭނުން ވަރަށް ބަލައިގަތް އަދި ލޯތްބާއެކު ބަލަމުން އަންނަ ލިޔުންތަކެކެވެ. އޭނާ އަކީ ލިޔުންތެރިއެއްގެ އިތުރުން ޅެންވެރި ކަމުގެ ހުނަރު ވެސް ހުންނަ ފަރާތެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. އޭނާގެ ބައްޕަ އަކީ މުޅި އިންޑިޔާ އަށް މަޝްހޫރު ޅެންވެރިއެކެވެ.

އަމީތާބަކީ ޕައިލަޓުކަން ވެސް ކުރަން ދަންނަ މީހެއްކަން މީ މާގިނަ މީހުން ދަންނާނެ ހަގީގަތެއް ނޫނެވެ. "އިންޑިޔާސް ޕްރައިމް އައިކަން" ގެ ގްރޭންޑް ފިނާލޭގައި ވާހަކަ ދައްކަމުން އަމީތާބް ބުނެފައިވަނީ އޭނާގެ ހަޔާތުގެ ވަކި ހިސާބެއްގައި "އެއާ ފޯސް" އާ ގުޅެން ބޭނުންވި ކަމުގައެވެ. އަދި ޕައިލެޓްކަން ދަސްކުރި ކަމުގައެވެ. އޭނާ އިންނަ ބޯޓެއް އިމަޖެންސީގައި ޖައްސަން ޖެހިއްޖެ ނަމަ އެކަން ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއީ ގްލައިޑަރ ބޯޓެއް ނަމަ ކަމުގައި ބުނެ އެންމެން ހެއްވާލާފައިވެއެވެ.

މިޔުޒިކް އުފެއްދުމަކީ އަމީތާބުގެ ހުސްވުމެއްނެތް ހުނަރުގެ ހަޒާނާ އިން އެންމެ ފަހުން އޭނާ ތަޖުރިބާ ކުރަން ފެށި ހުނަރެވެ. ދާދި ފަހުން އޭނާ ފެށި މިޔުޒިކް ކޮމްޕޯސް ކުރުމުގެ މަސައްކަތުގައި ފިލްމަކަށް ވަނީ މިޔުޒިކް ހަދާދީފަ އެވެ. އިންޓަވިއުއެއްގައި އަމީތާބް ބުނެފައިވަނީ "ޗުޕް:ރިވެންޖް އޮފް ދަ އާޓިސްޓް" މިފިލްގެ މިއުޒިކުގައި ކުޅުނު ހުރިހާ އިންސްޓްރުމަންޓެއް ވެސް ކުޅެ އަދި ރިކޯޑު ކުރީވެސް އޭނާ އަމިއްލައަށް ކަމަށެވެ.

އުމުރުން 80 އަހަރުވީއިރު ވެސް އަމީތާބުގެ މަސައްކަތުގެ ހަޔާތް އަދިވެސް އޮތީ ކުރިއަށެވެ. މިއަދު ވެސް މަގްބޫލު ރިޔަލިޓީ ޝޯ ކޯންބަނޭގާ ކްރޯރެޕަތީ ހުށައަޅާދެމުން ދަނީ ވެސް އަމީތާބް އެވެ. އަދި ކުރިޔަށްވެސް ހައެއްކަ ފިލްމުގެ މަސައްކަތް ވެސް އެކި މަރުހަލާތަކުގައި އެބައޮތް ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން އަމީތާބް އަކީ ވަރަށް ގިނަ އިސްތިހާރުތަކެއް ވެސް ކުޅެމުން އަންނަ އަގުބޮޑު މޮޑެލް އެކެވެ.

އިންޑިއާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް