Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑު އަޑީގެ ދިރާސާ

ކަނޑު އަޑީގެ ދިރާސާ: ތިން ސަތޭކަ އަކަކިލޯމީޓަރުގެ ސަރަހައްދެއް ސަރވޭގައި މެޕްކޮށްފި

8 އޮކްޓޯބަރު 2022 | ހޮނިހިރު 12:32

ސަރވޭގައި ދިވެހި މެރިން ސައިންޓިސްޓުންނާއި ބައިނަލްއަގުވާމީ ސައިންޓިސްޓުންނާއި އިންޑިއާ ކަނޑުގެ ސައިންޓިސްޓުން ހިމެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 އޮކްޓޯބަރު 2022 | ހޮނިހިރު 12:32
ކަނޑު އަޑީގެ ދިރާސާ

ކަނޑު އަޑީގެ ދިރާސާ

ނެކްޓަން މޯލްޑިވްސްއިން ރާއްޖޭގެ ކަނޑުތައް ދިރާސާކުރުމަށްޓަކައި ހެދި ސާރވޭގެ މަސައްކަތް ނިންމާލައި، ހޯމަ ދުވަހު މައުލޫމާތު ހާމަކުރަން ނިންމައިފިއެވެ.  

ނެކްޓަންއިން ކުރިއަށް ގެންދިޔަ ސަރވޭއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާއި ނެކްޓަންގެ ސީއީއޯ އޮލިވާ ސްޓީޑްސްގެ އިތުރުން އިނގިރޭސި ހައި ކޮމިޝަނަރު ކެރަން ރޮސްލާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ނެކްޓަން މިޝަންގެ ތެރެއިން މާލެ އަތޮޅުން ފެށިގެން އައްޑު އަތޮޅުގެ ދެކުނު ބިތާ ހަމައަށް ސަރވޭކޮށްފައިވާއިރު، އެ މަސައްކަތުގެ ތެރެއިން ޗާޓުކުރި ކަނޑު އަޑީގެ ސަރަހައްދު 300 އަކަކިލޯމީޓަރަށްވުރެ ބޮޑުކަމަށާއި، އެއީ ރާއްޖޭގެ ހިކިފަސް ބިމަށްވުރެ ބޮޑު ސަރަހައްދެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރވޭގައި ދިވެހި މެރިން ސައިންޓިސްޓުންނާއި ބައިނަލްއަގުވާމީ ސައިންޓިސްޓުންނާއި އިންޑިއާ ކަނޑުގެ ސައިންޓިސްޓުން ހިމެނޭ ކަމަށާއި، ދިރާސާގެ ސަބަބުން ރާއްޖޭގައި މެރިން ސައިންސް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސައިންޓިސްޓުންނާ ގުޅުންތައް ބަދަހިވެ، ރިސަރޗް މަސައްކަތް ކުރުމަށް ކުރިއަށް އޮތްތަނުގައި ފަސޭހަވާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އިނގިރޭސިވިލާތުގައި އެ މައުލޫމާތު ދިރާސާކުރާއިރު، އެކަމުގައި ދިވެހި ސައިންޓިސްޓުންނަށް އިސްކަން ދެވޭނެ ގޮތެއް ހޯދުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މި ބައްދަލުވުމުގައި ނެކްޓަންގެ ސީއީއޯ އޮލިވާ ސްޓީޑްސް ވިދާޅުވިގޮތުގައި މި މަސައްކަތް ފަށާފައިވަނީ، ބަޔޮލޮޖިކަލް ޑޭޓާތަކަކީ ރާއްޖެއަށް މިލްކުވެރިކަން ލިބޭނެ އެއްޗެއްގެ ގޮތުގައި އެއްބަސްވެގެން ކަމަށާއި، ދިރާސާގެ ހުރިހާ މަރުހަލާއެއްވެސް ރާއްޖެއާ ގުޅިގެން ހިންގަން އެއްބަސްވެވިގެން ކަމަށެވެ.

ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސަރޗް ފައުންޑޭޝަން (ނެކްޓަން)އާ ގުޅިގެން "އާރްވީ އޮޑެސީ" ކިޔާ ބޯޓެއްގައި، ކަނޑަށް ފައްތާ ސަބްމާސިބަލްގައި ސައިންޓިސްޓުން ރާއްޖޭގެ ކަނޑުތަކުގެ ފުނަށް ގެންގޮސްގެން އެ ސަރވޭ ހަދަން ފެށީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅެވެ. އެ މަސައްކަތް ފެށީ، މުޅިން އަންހެނުން ހިމެނޭ އެކުއާނޮޓުންގެ ޓީމަކާއެކު، ލ. އަތޮޅު ބޭރަށް ސަބްމާސިބަލްގައި ކުރި ދަތުރަކާއެކުއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ކުރި ކަނޑުގެ އެންމެ ބޮޑު ދިރާސާއެވެ. މި ދިރާސާގައި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިދޭ ގެއްލުން ކުޑަކުރާނެ ގޮތްތައް ދެނެގަނެ، ދިރާސާއިން ލިބޭ މައުލޫމާތު ސައިންސްވެރިންނާއި ޕޮލިސީ މޭކަރުންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދިރާސާގައި ކަނޑުގެ އެންމެ މަތީ ފަށަލައިން ފެށިގެން 1000 މީޓަރާ ހަމައަށް ސަރވޭ ކޮށްފައިވެއެވެ. މި ދިރާސާގައި ކަނޑަށް ފޭބި އެންމެ ފުރަތަމަ ޓީމުގައި ދިވެހި ދެ އަންހެނުން ހިމެނެއެވެ. އެއީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމްއާއި ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓް، ފަރާހް އަމްޖަދުއެވެ.

މި މިޝަންގެ ސަބަބުން ދެމެހެއްޓެނިވި ގޮތަކަށް ރާއްޖޭގެ އިގުތިސާދާއި​​ އާމްދަނީ ލިބޭނެ ގޮތްތައް ފުޅާކުރުމާއެކު، ކަނޑުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެރިން ޕްރޮޓެކްޓެޑް އޭރިއާތައް ގާއިމުކުރުމަށް ބޭނުންވާ މައުލޫމާތު ލިބިގެންދާނެކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް