Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގައި ކުރަމުންދާ މުޒާހަރާ

އީރާން ރައްޔިތުންގެ މުޒާހަރާ ވައިޓްހައުސްއަށް

2 އޮކްޓޯބަރު 2022 | އާދީއްތަ 07:43

އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރުވެސް 52 މީހެއްގެ ފުރާނަ ވަނީ ގެއްލިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 އޮކްޓޯބަރު 2022 | އާދީއްތަ 07:43
އީރާނުގެ ސަރުކާރާ ދެކޮޅުވެރިކަމުގެ އޮއެވަރެއް 2019 ވަނަ އަހަރު ފެށުނު ފަހުން އަދި ހިމޭން ވެފައި ނުވާ އިރު، އަމީނީގެ މަރާ ގުޅިގެން އެ އަޑު ދަނީ ވަކިން ގަދަ ވަމުން

އީރާނުގެ ސަރުކާރާ ދެކޮޅުވެރިކަމުގެ އޮއެވަރެއް 2019 ވަނަ އަހަރު ފެށުނު ފަހުން އަދި ހިމޭން ވެފައި ނުވާ އިރު، އަމީނީގެ މަރާ ގުޅިގެން އެ އަޑު ދަނީ ވަކިން ގަދަ ވަމުން

އީރާނުގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ ވަރުގަދަ މުޒާހަރާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެމެރިކާގައި ދިރިއުޅޭ އީރާން ދަރިކޮޅުގެ ރައްޔިތުން ވައިޓްހައުސް ކުރިމަތީގައި މުޒާހަރާ ކޮށްފިއެވެ.

އީރާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކަކީ އީރާނުގެ ކުރުދީންނަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށް ވާ މަހްސާ އަމީނީގެ މަރާ ގުޅިގެން ފަށާފައި ވާ މުޒާހަރާތަކެކެވެ. ދީނީ ފިކުރުގެ އިމާމުންގެ ބޮޑު ކޮންޓްރޯލްއެއް އޮންނަ އީރާނުގެ ސަރުކާރާ ދެކޮޅުވެރިކަމުގެ އޮއެވަރެއް 2019 ވަނަ އަހަރު ފެށުނު ފަހުން އަދި ހިމޭން ވެފައި ނުވާ އިރު، އަމީނީގެ މަރާ ގުޅިގެން އެ އަޑު ދަނީ ވަކިން ގަދަ ވަމުންނެވެ.

އީރާނުން ބޭރުގައިވެސް އެ އަޑު ދަނީ ގުގުމަމުންނެވެ. އެގޮތުން ލަންޑަން، ރޯމް އަދި މެޑްރިޑްގެ އިތުރުން ހުޅަނގުގެ ގިނަ ޤައުމުތަކެއްގައި އީރާނު ސަރުކާރާ ދެކޮޅު މުޒާހަރާތައް ދަނީ ކުރިއަށެވެ. އަމީނީ މަރުވީ، "އެކަށީގެން ނުވާ ގޮތަށް ހެދުން އަޅާފައި ހުރެގެން" އީރާނުގެ އަޚުލާޤާއި ސުލާކާ ބެހޭ ފުލުހުން އޭނާ ހައްޔަރު ކުރިތާ 3 ދުވަސް ފަހުންނެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނާ ގޮތުގައި، އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރުވެސް 52 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެތައް ސަތޭކަ ބަޔަކަށް ވަނީ އަނިޔާ ވެފައެވެ. ގިނަ ޢަދަދެއްގެ އެކްޓިވިސްޓުންނެއްގެ އިތުރުން ދަރިވަރުންނާއި ފަންނުވެރިންވެސް ހައްޔަރު ކޮށްފައި ވާ ކަމަށް، އިންސާނީ ޙައްޤަށް މަސައްކަތް ކުރާ ގުރޫޕުތަކުން ބުނެއެވެ.

ވައިޓްހައުސް ކުރިމަތީގައި ކުރިއަށް ގެންދިޔަ ސުލްޙަވެރި މުޒާރާހަރާ އިންތިޒާޟް ކުރީ އޯގަނައިޒޭޝަން އޮފް އިރާނިއަން އެމެރިކަން ކޮމިއުނިޓީޒް (އޯއައިއޭސީ)އިންނެވެ. އެ ޖަމާއަތަކީ އީރާނުގައި އޮތް އިމާމުންގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޕީޕަލްސް މުޖާހިދީން އޯގަނައިޒޭޝަން އޮފް އީރާން (ޕީއެމްއޯއައި) ގެ އިއްތިހާދީ ބައިވެރިއެކެވެ. އެ ޖަމާއަތަކީ 1980ގެ އަހަރުތަކުގައި ކުރި އީރާން-އިރާޤު ހަނގުރާމައިގެ ތެރޭގައި ސައްދާމް ހުސައިންގެ ފައުޖުތަކާއެކު ހަނގުރާމަ ކުރި ޖަމާއަތެއްވެސް މެއެވެ.

އީރާންއީރާނުގައި ކުރަމުންދާ މުޒާހަރާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
11 ނޮވެމްބަރު 2025

އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި

11 ނޮވެމްބަރު 2025
އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި
10 ނޮވެމްބަރު 2025

ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

10 ނޮވެމްބަރު 2025
ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި
07 ނޮވެމްބަރު 2025

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
04 އޯގަސްޓު 2025

އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި

04 އޯގަސްޓު 2025
އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި
17 ޖުލައި 2025

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް