Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ޗެމްޕިއަންޝިޕް

ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޤައުމީ ކެރަމް ޓީމު މެލޭޝިޔާ އަށް

މި މަހުގެ 3 އިން 7 އަށް މެލޭޝިޔާގެ ލަންކާވީގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމު ވާދަކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2022 | އާދީއްތަ 05:51
ޤައުމީ ކެރަމް ޓީމު

ޤައުމީ ކެރަމް ޓީމު

މިއަހަރު އޮންނަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޤައުމީ ކެރަމް ޓީމު މެލޭޝިޔާ އަށް ގޮސްފިއެވެ.

މި މަހުގެ 3 އިން 7 އަށް މެލޭޝިޔާގެ ލަންކާވީގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމު ވާދަކުރާނެއެވެ. ކޮންމެ ޓީމެއްގައި ހިމެނެނީ ފަސް ކުޅުންތެރިންނެވެ. އެއީ މުބާރާތަށް ކުޅުންތެރިން ހޮވުމަށް ކުރިއަށް ގެންދިޔަ ސެލެކްޝަނުން ހޮވުނު ކުޅުންތެރިންނެވެ. ޓީމު މެލޭޝިޔާ އަށް ގޮސްފައިވަނީ ހޮނިހިރު ދުވަހުއެވެ.

ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އާދަމް އަދީލް، މުހައްމަދު މުންތަސިރު، އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އިސްމާއީލް އަޒްމީން، ހުޖާން އަދި ޔަމާން އަބްދުލް ޖަލީލްއެވެ. ގައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އާމިނަތު ވިދާދު، އާއިޝަތު ފައިނާޒް، އައިޝަތު ނަހުފާ، އާމިނަތު ވިޝާމާ އަދި ފާތިމަތު ރަޔާނާއެވެ. މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ އަލީ ނިޔާޒްއެވެ.

މުބާރާތުގެ ކުރިން ކެރަމް ޓީމުން ވަނީ ޅ.ހިންވަރާއި، މ.މެދުފުށީގައި ތަމްރީނުތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މުބާރާތަށް ރާއްޖެއިން ޓާގެޓުކޮށްފައިވަނީ ރަން މެޑައްޔަށެވެ. އެންމެ ފަހުން ބޭއްވި ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ދެ ޓީމު ވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ.

މުބާރާތަށް ޓީމު ފުރުމުގެ ކުރިން ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވަނީ ކުޅުންތެރިންނާ ބައްދަލުކުރައްވައި، ހިތްވަރުދެއްވައި، ކާމިޔާބަށް އެދިފައެވެ.

މުބާރާތުގައި ރާއްޖޭގެ އިތުރުން 18 ޤައުމަކުން ވާދަކުރާނެއެވެ. އެއީ މުބާރާތް ބާއްވާ ޤައުމު މެލޭޝިޔާ، ލަންކާ، އިންޑިއާ، ކޮރެއާ، ޖަޕާން، ޔޫއޭއީ، ބަންގްލަދޭޝް، ޤަތަރު، ޕޮލެންޑު، ނޭޕާލް، ސިންގަޕޫރު، ފްރާންސް، ސްވިޒަލެންޑް، ސާބިއާ، އިނގްލެންޑް، އެމެރިކާ، އިޓަލީ އަދި ޖަރުމަނެވެ. މުބާރާތް ކުރިއަށް ދާނީ ސިންގަލްސް، ޑަބަލަސް، ޓީމު އިވެންޓު އަދި ސްވިސް ލީގު ހިމެނޭ ގޮތަށް ހަތަރު އިވެންޓަކަށެވެ.

ކެރަމް ވާރލްޑް ޗެމްޕިއަންޝިޕް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްޤައުމީ ކެރަމް ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

02 ސެޕްޓެމްބަރު 2025
ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

12 ޖުލައި 2025
ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

03 ޖުލައި 2025
އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

02 މާރިޗު 2025
ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

04 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު