Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިރާން އަންހެނުންގެ އިސްތަށިގަނޑު ކޮށުން

ސަރުކާރާ ދެކޮޅަށް އަޑުއުފުލާ އިރާންގެ އަންހެނުން އިސްތަށިގަނޑު ކޮށަނީ ކީއްވެ؟

އިރާންގެ އާންމުން ގަސްތުގައި މަރަމުންދާ ދިއުމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކުރާކަމަކަމަށްވެސް މިހާރު އިސްތަށިގަނޑު ކޮށުން ބޭނުންކުރެވޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 09:31
އިރާންގެ އަންހެނަކު އޭނާގެ އިސްތަށިގަނޑު ކޮށާލަނީ

އިރާންގެ އަންހެނަކު އޭނާގެ އިސްތަށިގަނޑު ކޮށާލަނީ

އިރާންގެ އަންހެނަކު އޭނާގެ މަރުވެފައިވާ ބޭބެގެ ސަންދޯއް ކައިރީ ހުރެ ކަތުރަކުން އޭނާގެ އިސްތަށިގަނޑު ކޮށާ ވީޑިއޯއަކީ އިންޓަނެޓުގައި އާންމުވެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ވީޑިއޯކެވެ. އޭނާގެ އިސްތަށިގަނޑު ކޮށާލައި، ބޭބެގެ ސަންދޯއް މައްޗަށް އުކަމުންދިޔަ މަންޒަރު ވީޑިއޯއިން ފެންނައިރު، ކައިރީގައި އާއިލާގެ މީހުން ހިތާމަކުރާ މަންޒަރު ފެނެއެވެ.

އިރާންގެ މިއަންހެން މީހާގެ ބޭބެ އަކީ މިހާރު އެގައުމުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ބާރުގެ ބޭނުކޮށް ދިން ބަޑީގެ ހަމަލާތަކެއްގައި މަރުވި، އުމުރުން 36 އަހަރުގެ ޖަވާދު ހައިދަރީ އެވެ.

އިރާންގައި މިމުޒާހަރާތައް ފެށިގެން ގޮސްފައި މިވަނީ އުމުރުން 22 އަހަރުގެ މަހްސާ އަމީނީގެ މަރާއެކުއެވެ. ބުރުގާ އަޅާފައި ހުރިގޮތް ރަނގަޅު ނޫންކަމަށް ބުނެ، އިރާންގެ "މޯރަލިޓީ" ފުލުހުން އޭނާ "ރީ-އެޑިއުކޭޝަން" ސެންޓަރަށް ގެންދިޔައެވެ. އެއީ އޭނާއަށް ބުރުގާ އަޅައި އައުރަ ނިވާ ކުރާނެ ގޮތް ކިޔައިދިނުމަށްކަމަށް ބުނެއެވެ.

ސެޕްޓެމްބަރު މަހުހެ 16 ވަނަ ދުވަހު، ކުއްލިގޮތަކަށް މަހްސާ މަރުވުމާއެކު އޭނާ މަރުވީ ފުލުހުން އޭނާއަށް ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް މަހްސާގެ އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. މަހްސާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާގެ އާއިލާއިން ވަނީ ހޮސްޕިޓަލާ ހަވާލީ އޭނާގެ ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ބުނެފައެވެ. އަދި މަހްސާ މަރުވެފައި ވަނީ އޭނާއަށް ފުލުހުން ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް އޭނާގެ އާއިލާއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މިއާއެކު އިރާންގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާތައް ކުރަން ފެށިއެވެ. އެގައުމުގެ ބައެއް އަންހެނުން އެމީހުންގެ އިސްތަށިގަނޑުތައް ކޮށައި، ބުރުގާތައް އަންދާ ވީޑިއޯތައް އާންމުވެގެންދިޔައެވެ. ބައެއް އަންހެނުންގެ އިސްތަށިގަނޑުތައް ކަތުރުން، ކުރުކޮށް ކަށާ މަންޒަރު ފެނިގެންދިޔަ އިރު، ބައެއް އަންހެނުން ވަނީ އެމީހުންގެ ބޯ އެއްކޮށް ބާލާފައެވެ.

އިރާންގައި މިމުޒާހަރާތައް ހުއްޓުމެއްނެތި ކުރިއަށްދާތާ 13 ދުވަސްވެއްޖެއެވެ. އެގައުމުގެ ވެރިރަށް ތެހްރާން ހިމެނޭހެން 40 ސިޓީއެއްގައި މުޒާހަރާތައް ދަނީ ކުރިއަށެވެ. އިރާންގެ ސަލާމަތީ ބާރުތަކުން މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރަމުންދާއިރު، މިހާތަނަށް 40ށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ މީހުން ހައްޔަރުކޮށްފައިވާކަމަށް އެގައުމުގެ ސަރުކާރުގެ މީޑިއާއިން ވަނީ ބުނެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތައް ބުނާގޮތުން މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 70ށް ވުރެ ވެސް މައްޗަށް އަރާނެއެވެ. އެހެންނަމަވެސް މުޒާހަރާތާކުގައި މަރުވި މީހުންގެ ސީދާ އަދަދު ކަށަވަރު ކުރެވިފައެއް އަދި ނުވެއެވެ.

ސަރުކާރާ ދެކޮޅަށް ކުރާ މިމުޒާހަރާތަކުގައި އިރާންގެ އަންހެނުން އެމީހުންގެ އިސްތަށިގަނޑުތައް ކޮށަނީ ކީއްވެތޯ އެއީ އުފެދޭ ސުވާލެކެވެ. ސަރުކާރުގެ ސިޔާސަތުތަކާއި އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންދާއިރު، އިސްތަށިގަނޑުތައް ކޮށުމުގެ ބޭނުމަކީ ކޮބައިތޯވެސް އެއީ އުފެދިދާނެ ސުވާލެކެވެ.

އިރާންގެ އަންހެނުންނަށް އެމީހުންގެ އިސްތަށިގަނޑަކީ އެމީހެއްގެ ރީތިކަން ރަމްޒުކޮށްދޭ އެއްޗެކެވެ. އެމީހުންގެ އިސްތަށިގަނޑު މިގޮތަށް އަމިއްލައަށް ކޮށުމަކީ އެމީހުން ކަމަކާ ވަރަށް ބޮޑަށް ހިތާމަކޮށް ނުރުހުން ފާޅުކުރުމަށް ކުރާކަމެކެވެ.

އިޓަލީގައި ދިރިއުޅެމުންދާ އުމުރުން 36 އަހަރުގެ ފައެޒާހް އަފްޝަން، އޭނާގެ ބޯ ބާލާ މަންޒަރު ދައްކައިދޭ ވީޑިއޯ ވަނީ އިންޓަނެޓުގައި އާންމުވެފައެވެ. އޭނާ ބުނަނީ މިއީ އިރާންގެ މީހުން ގަބޫލުކުރާ ރީތީގެ މިންގަނޑަށް ނުވަތަ މާނައަށް ފެތެން އިރާންގެ އަންހެނުން ބޭނުންނުވާކަން ދެއްކުމުގެ ގޮތުން އެގައުމުގެ އަންހެނުން ކުރާކަމެއް ކަމަށެވެ.

އަފްޝަން ވަނީ މިގޮތަށް ރުޅިއައިސްގެން އިސްތަށިގަނޑު ކޮށުމަކީ އެގައުމުގެ ތާރީހީ އާދަކާދަތަކާ ގުޅިފައިވާކަމެއް ކަމަށް ކިޔައިދީފައެވެ. އެގޮތުން އިރާންގެ އާދަކާދަތައް ބުނާގޮތުން އިސްތަށިގަނޑު ކޮށުމަކީ ހިތާމަކުރާކަން ދައްކައިދޭކަމެއް ކަމަށް އޭނާ ކިޔައިދިނެވެ. އެހެންކަމުން އިރާންގެ އަންހެނުން އެތިބީ ރުޅި އައިއްސަކަން ދައްކަދޭން އިސްތަށިގަނޑު ކޮށޭނަމަ އެކަން ކުރަން އެމީހުން ފަސްނުޖެހޭނެ ކަމަށް އަފްޝަން ބުންޏެވެ.

މީގެ އެއްހާސް އަހަރު ކުރިން ފާރިސީ ޝާއިރެއްކަމަށްވާ ފެރްދޯސީ ލިޔުނު ޝަހްނަމެހް އަކީ އިރާންގައި މަޝްހޫރު ޅެމެކެވެ. 60،000 ޅެން ބައިތު ހިމެނޭ މިޅެމުން ކިޔައިދެނީ ފާރިސީ ރަސްރަސްކަލުންގެ ވާހަކައެވެ. މިޅެމުގެ އެކި ހިސާބުތަކުގައި އެކި ކަންކަމާގުޅުވައި ހިތާމަކުރުމުގެ ގޮތުން އިސްތަށި ކޮށުމާއި، ބޭލުން އަދި އުފުރުން ވަނީ ބޭނުންކޮށްފައެވެ.

އެހެންކަމުން މިގޮތަށް ނުރުހުން ފާޅުކުރުމުގެ ގޮތުން އިސްތަށިގަނޑު ކޮށުމަކީ ފާރިސީ ސަގާފަތެއް ކަމަށް ވޭލްސްގައި ދިރިއުޅޭ ލިޔުންތެރިއެއް ކަމަށްވާ ޝާރާ އަތާށީ ވަނީ ބުނެއެވެ. ޝާރާ އަކީ 1978 ވަނަ އަހަރު އިރާންގައި ކުރިއަށްދިޔަ ރިވޮލިއުޝަންގެ ތެރޭގައި އުމުރުން 12 އަހަރުގައި ގައުމު ދޫކޮށް އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ މީހެކެވެ.

އޭނާ ވަނީ ޝަހްނަމެހް ޅެމުގައި، ހީރޯ ސިޔަވަޝް މަރާލުމުން އޭނާގެ އަންހެނުން ފަރަންގިސް އާއި އަންހެނުންނާއެކު އުޅުމުން އެހެން އަންހެނުން ހިތާމަކޮށް ސިޔަވަޝް މަރާލެވުނު ގޮތާމެދު ނުރުހުން ފާޅުކުރުމުގެ ގޮތުން އެމީހުންގެ އިސްތަށިގަނޑު ކޮށާފައިވާކަން ކިޔައިދީފައެވެ.

މިޅެމަކީ އިރާންގެ ރައްޔިތުންގެ އިތުރުން އަފްޣާނިސްތާނާއި ތަޖިކިސްތާންގެ ރައްޔިތުންގެ އާދަކާދަތައް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޅެމެއްކަން ޝާރާ ފާހަގަކުރެއެވެ.

ޝާރާ ވަނީ ފެރްދޯސީގެ އިތުރުން ފާރިސީ އެހެން ޝާއިރުންގެ ޅެންތަކުގައިވެސް ހިތާމަކުރުމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން އިސްތަށިގަނޑު ކޮށާ ވާހަކަތައް އައިސްފައިވާކަމަށް ކިޔާދީފައެވެ. އެގޮތުން މިފަދަ ވާހަތަކަށް ހާފެޒް އާއި ޚައްޣާނީގެ ޅެންތަކުންވެސް ފެންނަން އެބަހުރިކަމަށް ޝާރާ ބުންޏެވެ.

ބެލްޖިއަމްގައި ދިރިއުޅޭ އިރާންގެ އެކްޓިވިސްޓެއް ކަމަށްވާ ޝިމާ ބަބެއީވެސް ވަނީ އިސްތަށިގަނޑު ކޮށުމަކީ ހިތާމަކުރުމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ކުރާކަމެއްކަމަށް ބުނެފައެވެ. ޝިމާ އަކީ މަގުމަތީގައި ބުރުގައި ނާޅާ އުޅުމުގެ ސަބަބުން 2019 ވަނަ އަހަރު "މޯރަލިޓީ" ފުލުހުން ހައްޔަރުކުރި އަންހެނެކެވެ. އެގޮތުން އާއިލާ މީހުން މަރުވުމުން އެކަމާ ހިތާމަކުރުމުގެ ގޮތުންވެސް އިރާންގެ އަންހެނުން އިސްތަށިގަނޑު ކޮށާ އުޅޭކަމަށް ޝިމާ ކިޔައިދިނެވެ.

ޝިމާ ބުނީ މަހްސާ އަކީ އިރާންގެ ހުރިހާ އަންހެނުންގެ އުހްތެއް ކަމަށެވެ. އޭނާގެ މަރާ ގުޅިގެން އިރާންގެ އަންހެނުން އިސްތަށިގަނޑުތައް ކޮށަމުން މިދަނީ އެކަމާ ހިތާމަކޮށް، ނުރުހުން ފާޅުކުރުމުގެ ގޮތުން ކަމަށެވެ. އަދި އިރާންގެ އާންމުން ގަސްތުގައި މަރަމުންދާ ދިއުމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކުރާކަމަކަމަށްވެސް މިހާރު އިސްތަށިގަނޑު ކޮށުން ބޭނުންކުރެވޭނެ ކަމަށް ޝިމާ ބުންޏެވެ.

އީރާންއިރާން އަންހެނުންގެ އިސްތަށިގަނޑުތައް ކޮށުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު