Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީނީ މަގުގެ ގަސްތައް ކެނޑުމުގެ މައްސަލަ

އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވައިދޭން އެދި ރައީސް ނަޝީދު ކޯޓަށް

ރައީސް ނަޝީދުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހަޅަނީ ޝުނާނާ އެންޑް ކޯ އެލްއެލްޕީ އިން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 00:09
އަމީނީ މަގުގައި ހުރި ގަސްތަކެއް ނަގަނީ

އަމީނީ މަގުގައި ހުރި ގަސްތަކެއް ނަގަނީ

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޯޓަށް ހުށަހަޅުއްވަން ނިންމަވައިފިއެވެ.

އެމަނިކުފާނު އެފަދަ އަމުރަކަށް އެދިވަޑައިގަންނަވަން ކޯޓަށް މައްސަލަ ހުށަހަޅުއްވަން ނިންމަވާފައިވާކަން ހާމަކޮށްފައިވަނީ ލޯ ފާމެއް ކަމަށްވާ ޝުނާނާ އެންޑް ކޯ އެލްއެލްޕީންނެވެ. އެ ލޯ ފާމުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަަށް ބުރާސްފަތި ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

މި މައްސަލަ ހުށަހަޅަން ނިންމާފައިވަނީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭނެތީ ކަމަށާއި އެގޮތުން ގަސްތައް ކެނޑުން ހުއްޓުވުމުގެ އަމުރަކަށް އެދޭނެ ކަމަށް އެ ލޯ ފާމުން ވަނީ ބުނެފައެވެ.

އަމީނީ މަގުގެ ގަސްތައް ކަނޑާތީ ރައީސް ނަޝީދު ވަނީ މަޖިލީހުގައި ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަމީނީ މަގުގައި އިންދާފައި ހުރި ބޮޑެތި ގަސްތައް ނުނަގައި އެ މަގު ހެދޭނެ ގޮތްތައް ހޯދަންޖެހެއެވެ. އަދި ގަހެއް ހެދުމަށް 15-20 އަހަރު ނަގާއިރު މަގުތައް ހަދާއިރު ގަސްތައް ބަހައްޓައިގެން އެކަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު މިހާރު މަސައްކަތް ކުރަމުން އަންނަ ސަރަހައްދުގައި ހުރި ގަސްތައް ކަނޑާތީ އެ މައްސަލަ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ. މި މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުއެވެ.

އެ މައްސަލައިގައި ބުނެފައިވަނީ މަގުތައް ހަދާއިރު މާލެއަކީ "ހިތްފަސޭހަ" ތަނަކަށް ހެދުމުގެ މަހްފޫމާއި ވިސްނުން ނުގެއްލޭ ގޮތަށް އެ މަގުތައް ހަދަން ޖެހޭ ކަމަށެވެ. އަދި ހިޔާ ދޭ ބޮޑެތި ގިނަ ގަސްތައް ކަނޑަމުންދިއުމަކީ އިންތިހާއަށް ކަންބޮޑުވުން ހުރި ކަމެއްކަމަށާއި އެކަމުން އެތައް ސުވާލެއް އުފެދޭ ކަމަށް ވަނީ ބުނެފައެވެ.

އަމީނީމަގު ހަދަން ނުފަށައި ބާކީ އޮތް ބޮޑު ބައި ހަދަން ފެށުމާއެކު އެ ހިސާބުގައި ހުރި އެ ފަދަ ބިޔަ ގަސްތައް ކަނޑާލާނެތޯ ސުވާލު އުފެދޭ ކަމަށް ވެސް އެ މައްސަލައިގައި ވަނީ ބުނެފައެވެ. އަމީނީ މަގުގެ އިތުރުން ވެސް މާލޭގެ އެހެން މަގުތައް ހެދުމުގެ މަސައްކަތް ކުރަން ނިންމާފައިވާއިރު މުޅި މާލެއިން ކިތަށް ގަސް ކަނޑާލަން ޖެހޭނެތޯ އާއި އެ ގަސްތައް ނުކަނޑައި މަގު ނުހެދެނީތޯ ސުވާލު އުފެދޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މީގެ ކުރިން ބުނެފައިވަނީ އެ ކުންފުނިން އަމީނީ މަގުގައި ހުރި ގަސްތައް ނެގުމަށްފަހު ކުޑަގިރި ޕިކްނިކް އައިލެންޑަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަގު ހަދައި ނިމުމުން އެ މަގުގައި ގަސް އިންދެން ހުންނަ ތަންތަނުގައި ގަސްތައް އިންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުއަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު