Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެރިޓައިމް ދުވަހާ ގުޅިގެން ކުރިޔަށްދާ ހަރަކާތްތައް

މެރިޓައިމް ސޭފްޓީ ދުވަހާ ގުޅުވައިގެން ހުރިހާ ބަނދަރެއްގެ އުޅަނދުތައް ބަލާފާސްކުރަނީ

މައިގަނޑު ގޮތެއްގައި ފާހަގަކުރެވިފައިވަނީ ބައެއް އުޅަނދު ފަހަރުގައި ލައިފް ޖެކެޓް މަދުވުމާއި، ލައިފް ޖެކެޓްގައި ނަންބަރު ޖަހާފައި ނެތުން ފަދަ ކަންކަން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2022 | ހޯމަ 18:57
މެރިޓައިމް ދުވަސް ފާހަގަކުރުމަށްޓަކައި އުޅަނދުތައް ބަލާ ފާސްކުރަނީ

މެރިޓައިމް ދުވަސް ފާހަގަކުރުމަށްޓަކައި އުޅަނދުތައް ބަލާ ފާސްކުރަނީ

ދުނިޔޭގެ ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ހަފްތާ ނުވަތަ މެރިޓައިމް ސޭފްޓީ ވީކް ފާހަގަކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ބަނދަރެއްގައި ހުރި ހުރިހާ އުޅަނދެއް ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ކަމާބެހޭ ޓީމަކާއި އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި މެރިން ޕޮލިސް ގުޅިގެން ކުރިޔަށްގެންދާ މިޕްރޮގްރާމްގައި މިހާރު ވަނީ މާލޭގެ ނޯތު ހާބަރުގައި ހުރި ހުރިހާ އުޅަނދެއް ބަލާ ފާސްކޮށްފައެވެ. މިހަރަކާތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ނަޒީރު ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށްގެންދަނީ މެރިޓައިމް ސޭފްޓީ ވީކެއްކަމަށެވެ.

Advertisement - newsAdvertisement

މިގޮތުން ފާއިތުވި ތިން ދުވަހު ނޯތު ހާބަރުގައި ހުރި ހުރިހާ އުޅަނދުތައް ބަލާފާސްކުރިއިރު މައިގަނޑު ގޮތެއްގައި ފާހަގަކުރެވިފައިވަނީ ބައެއް އުޅަނދު ފަހަރުގައި ލައިފް ޖެކެޓް މަދުވުމާއި، ލައިފް ޖެކެޓްގައި ނަންބަރު ޖަހާފައި ނެތުމާއި، ލައިފް ރިންގި ނެތުމާއި ލައިފް ރިންގުގައި ހުންނަންޖެހޭ ވައު ގަނޑުތައް ހަރުކޮށްފައިނެތުން ކަހަލަ ކަންކަމަށެވެ. އެކަންކަން އުޅަނދުފަހަރުގެ ކެޕްޓަނުންނަށް ބުނެދީ އުޅަނދުތަކުގައި އެއްޗެހި ހަމަކުރުމުގެ ކަންކަން ކުރިޔަށްދާކަމަށް ނަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ހޯމަ ދުވަހު ކުރިޔަށްގެންދިޔައީ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި ހުރި އުޅަނދުތައް ފާސްކުރުމުގެ މަސައްކަތްކަމަށް ނަޒީރު ވިދާޅުވިއެވެ. ގިނަ އުޅަނދުފަހަރުގައި ކަންކަން ހުންނަނީ ރަނގަޅަށްކަމަށާއި ނިޔަމި ކަމުގެ ކޯސްތައް ބޯޓުފަހަރުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން ހިންގަންފެށިފަހުން ގިނަ ކަންކަމަށް ކެޕްޓަނުން އަހުލުވެރިކަމަށް ނަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން އުޅަނދު ފަހަރު ދުއްވާ މީހުންނަށާއި ވެރިންނަށް ޚާއްސަކޮށްގެން ސަލާމަތީ ގަވާއިދުގައި ހުރި ކަންތައްތައް ބަޔާންކޮށް މިފަހުން މިނިސްޓްރީން ނެރެފައިވާ ފޮތް ހުރިހާ ކެޕްޓަނުންނަށް ކިޔައިދެމުންދާކަމަށް ނަޒީރު ވިދާޅުވިއެވެ.

ކުރިޔަށް އޮތްތަނުގައި މިޕްރޮގްރާމް ރަށްތަކުގެ ކައުންސިލަރުންނާއި ސިޔާސަތު ހިންގަން ތިބޭ ލެވެލްއަށްވެސް ހިންގާ އެފަރާތްތައް މިކަމަށް ހޭލުންތެރިކުރުވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދުވަސް އާންމު ގޮތެއްގައި ފާހަގަކުރަމުން އަންނަނީ ސެޕްޓެމްބަރ މަހުގެ ފަހު ހަފުތާގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު