Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މާތްﷲ އަށް ވަކީލު ކުރުމުގެ އެންމެ ފުރިހަމަ ގޮތަކީ ރައްކާތެރިކަމުގެ ސަބަބުތަކުގައި ހިފުން: ޚުތުބާ

23 ސެޕްޓެމްބަރު 2022 | ހުކުރު 08:07

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ގޮތް ދަރިންނަށް ދަސްކޮށްދޭން ޖެހޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ސެޕްޓެމްބަރު 2022 | ހުކުރު 08:07
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ

މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ

މާތްﷲ އަށް ވަކީލު ކުރުމުގެ އެންމެ ފުރިހަމަ ގޮތަކީ ސަލާމަތުގެ ސަބަބުތަކުގައި ހިފުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުން" މި މައުޟޫގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި އިންސާނާގެ ހަޔާތަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާ ކަމަށެވެ. އެގޮތުން ޝަރީއަތުގެ އެންމެހައި ހުކުމްތައް ބިނާވެފައިވާނީ އިންސާނާގެ މަސްލަހަތުތައް ރައްކާތެރިކޮށް، ނަފުސު ހިމާޔަތްކޮށް، ދެ ދުނިޔޭގެ ރައްކާތެރިކަމާ ބާއްޖަވެރިކަމުގެ މައްޗަށް ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ކާއިނާތުގައި ހިނގާ ކޮންމެ ކަމެއް ހިނގަނީ މާތްﷲ ގެ ކުޅަދުންވަންތަކަމާއި އެ ކަލާންގެ އިރާދަ ކުރެއްވި ގޮތަކަށް ކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އެ ޙަގީގަތާއެކުގައި ވެސް ސަލަމާތުގެ ސަބަބުތަކުގައި ހިފުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވާފައިވާ ކަމަށެވެ. އަދި އެ ސަބަބުތަކުގައި ހިފުމަކީ ޤަޟާ ޤަދަރަށް އީމާންވުމާ ފުށުއަރާ ކަމެއް ނޫން ކަމަށާއި އެއީ ޤަޟާ ޤަދަރަށް ފުރިހަމައަށް އީމާންވުމުގެ ތެރެއިންވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ. މާތްﷲ އަށް ވަކީލު ކުރުމުގެ އެންމެ ފުރިހަމަ ގޮތަކީ ވެސް އެ ސަބަބުތަކުގައި ހިފުން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ސަލާމަތުގެ ސަބަބުތަކުގައި ހިފުމުގެ މުހިންމުކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އެ ސަބަބުތަކާ މެދު ވަރަށް ގިނަ ބަޔަކު އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން ގޯތިގެދޮރު އިމާރާތް ކުރުމުގައި ފަރުވާކުޑަކުރާކަން ފާހަގަކުރެވޭ ކަމަށާއި އޭގެ ސަބަބުން މީހުންގެ ފުރާނައާއި ތަކެއްޗަށް ގެއްލުން ލިބި ހިތާމަވެރި ހާދިސާތައް ހިނގާކަން ވަނީ ފާހަގަކޮށްފައެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި މޫދަށް އެރި އުޅުމުގައްޔާއި މަގުމަތީގައި ދުއްވާއިރު ރައްކާތެރިވުމަށާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. ގަވާއިދާ ޚިލާފަށް ދުއްވުން ފަދަ ކަމެއްގައި މީހަކު މަރުވެއްޖެ ނަމަ އޭނާގެ މަރުގައި އޭނާ އަމިއްލައަށް ބައިވެރިފަދަ ކަމަށް ސައުދީގެ ކުރީގެ މުފްތީ އިބުނު ބާޒު ރަހިމަހުﷲ އާ ހަވާލާދީ ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މަގުމަތީގައި ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ގެއްލުންވާގޮތަށް ހުންނަ ތަކެތި އެއްފަރާތްކޮށް މަގުމަތި ސާފު ކުރުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ކުއްލި ހާދިސާތަކާއި މުސީބާތްތައް ކުރިމަތިވެދާނެކަން ދަނެ، އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ދަރިންނަށް ދަސްކޮށްދީ އެކުދިންގެ ނަފުސު އެކަމަށް ހާނުވަން ޖެހޭ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން، ގެއާއި ގެއިން ބޭރުގައި އެފަދަ ކަމެއް ދިމާވެއްޖެނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެ ގޮތް އުނގަންނައިދީ، ސްކޫލްތަކުގައި އެފަދަ ކަންކަމަށް ތަމްރީން ޕްރޮގްރާމް ބާއްވަން ޖެހޭ ކަމަަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް