Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން

ބިދޭސީންނަށް މިނިމަމް ވޭޖް ދޭ ތާރީޚު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ފާސްކޮށްފި

ޖަމްޝީދު ހުށަހަޅުއްވާފައި ވަނީ ވަޒީފާ އާއި ބެހޭ ޤާނޫނުގެ 62 ވަނަ މާއްދާގެ (ކ) އިސްލާހުކުރުމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2022 | ބުދަ 13:21
ބިދޭސީން

ބިދޭސީން

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭ ތާރީހުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ތަރީޚު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖިލީހަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވަޒީފާ އާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހު ފާސްވީ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލުފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

Advertisement - newsAdvertisement

ވަޒީފާ އާއި ބެހޭ ޤާނޫނުގެ ދަށުން މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރު ކުރާ އަމުރަށް، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރުމަށް ދީފައިވާ މުއްދަތަކީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެހެންކަމުން މިހާރު ޤާނޫނު އޮތް ގޮތުން ނަމަ މި މަހުގެ 22 އިން ފެށިގެން ބިދޭސީންނަށް ވެސް އެންމެ ކުޑައުޖޫރަ ލިބެންޖެއެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ގައުމުގެ ހާލަތާއި އިގްތިސާދަށް ބެލުމަށް ފަހުގައި، ބިދޭސީންނަށް މިނިމަމް ވޭޖް ދޭން ފަށާނެ ތާރީހެއް ސަރުކާރުން ކަނޑައަޅާ އިޢުލާންކުރަން ވާނެ ކަމަށެވެ. އެ އިސްލާހު ފާސް ވެއްޖެ ނަމަ އެ އިސްލާހު ތަސްދީގުކޮށް ގެޒެޓްކުރާ ހިސާބުން އެ އިސްލާހު ޤާނޫނަކަށް ވާނެއެވެ. އެ ބިލުގެ ފުރަތަމަ ކިޔުން ބުދަ ދުވަހު ވަނީ އިއްވާފައެވެ. އެ ބިލު ހުށަހަޅާ ސަބަބެއް ކަމަށް ބުނެފައި ވަނީ ދުނޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ޙާލަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރުކޮށްފައިވާތީ އެކަމަށް ރިއާޔަތްކޮށް، ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭގޮތުން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރުމަށް ލާޒިމުކޮށްފައިވާ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަދަލު ގެނައުމެވެ. އަދި އެކަން ކުރާނެ ތާރީހެއް ގާނޫނުގައި ބަޔާންކުރުމުގެ ބަދަލުގައި، އެކަން ކުރުން ލާޒިމް ވަނީ ދިވެހިރާއްޖޭގެ އިގްތިސާދީ ޙާލަތާއި ޤައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅާ ތާރީހެއްގައި ކަމަށް ކަނޑައެޅުމަށް އެ އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިފައިންގެއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ކުރީގެ ކާނަލް ޝައުކަތު ނިޔާވެއްޖެ

ސިފައިންގެއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ކުރީގެ ކާނަލް ޝައުކަތު ނިޔާވެއްޖެ

08 ޑިސެމްބަރު 2017
ރާއްޖޭގެ ތާރީޚުގައިވެސް 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދެނީ މި ސަރުކާރުން: ރައީސް

ރާއްޖޭގެ ތާރީޚުގައިވެސް 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދެނީ މި ސަރުކާރުން: ރައީސް

19 އޮކްޓޯބަރު 2017
މުއްދަތެއް ނެތް ގޮތަށް އިމްރާން ގޭބަންދަށް ބަދަލުކޮށްފި

މުއްދަތެއް ނެތް ގޮތަށް އިމްރާން ގޭބަންދަށް ބަދަލުކޮށްފި

21 ސެޕްޓެމްބަރު 2017
ގާސިމްގެ ބޭސްފަރުވާއަށް އިތުރު މުއްދަތެއް ދެވެން ނެތް ކަމަށް އަންގައިފި

ގާސިމްގެ ބޭސްފަރުވާއަށް އިތުރު މުއްދަތެއް ދެވެން ނެތް ކަމަށް އަންގައިފި

11 ސެޕްޓެމްބަރު 2017
ކޮންމެ ހުދުމުޚުތާރު ވެރިކަމެއް ނިމިގެންދަނީ ހިތިކޮށް،އެއީ ތާރީޚުން ދަސްވި ފިލާވަޅު: ރައީސް މައުމޫން

ކޮންމެ ހުދުމުޚުތާރު ވެރިކަމެއް ނިމިގެންދަނީ ހިތިކޮށް،އެއީ ތާރީޚުން ދަސްވި ފިލާވަޅު: ރައީސް މައުމޫން

18 ޖުލައި 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު