Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކެރަމް ވޯލްޑް ޗެމްޕިއަންޝިޕް

މުބާރާތުގެ ކުރިން ޤައުމީ ކެރަމް ޓީމު މެދުފުށީގައި ތަމްރީނު ކުރަނީ

ފަރިތަކުރުންތަކަށްފަހު ކެރަމް ޓީމު އެނބުރި މާލެ އަންނާނީ މި މަހުގެ 28 ވަނަ ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ސެޕްޓެމްބަރު 2022 | އަންގާރަ 07:26
ޤައުމީ ކެރަމް ޓީމު

ޤައުމީ ކެރަމް ޓީމު

އަންނަ މަހު މެލޭޝިޔާގައި އޮންނަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޓީމުން މެދުފުށި ރިސޯޓުގައި ތަމްރީނުތައް ކުރިއަށް ގެންދަން ފަށައިފިއެވެ.

ކެރަމް އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި ކެރަމް ޓީމު މެދުފުއްޓަށް ގޮސްފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. އެއީ މުބާރާތުގެ ކުރިން ޓީމުގެ ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔުމަށެވެ. އަދި މީގެ ބޭނުމަކީ ޓީމުގެ ކުޅުންތެރިންގެ ފޯމް ހިފެހެއްޓުމާއި، ތަފާތު މާހައުލަކަށް ހޭނުން ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމަކާއި އަންހެން ޓީމެއް ވާދަކުރާނެއެވެ. ކޮންމެ ޓީމެއްގައި ވެސް ހިމެނެނީ ފަސް ކުޅުންތެރިންނެވެ. ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އާދަމް އަދީލް، މުހައްމަދު މުންތަސިރު، އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އިސްމާއީލް އަޒްމީން، ހުޖާން އަދި ޔަމާން އަބްދުލް ޖަލީލްއެވެ. ގައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އާމިނަތު ވިދާދު، އާއިޝަތު ފައިނާޒް، އައިޝަތު ނަހުފާ، އާމިނަތު ވިޝާމާ އަދި ފާތިމަތު ރަޔާނާއެވެ.

މީގެ ކުރިން ވެސް ޤައުމީ ކެރަމް ޓީމުން ވަނީ ޅ.ހިންނަވަރުގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. ރާއްޖެއިން މި އަހަރުގެ މުބާރާތަށް ޓާގެޓު ކުރަނީ ރިހި ނުވަތަ ރަން މެޑައްޔަށެވެ. ކެރަމް ޓީމުގެ ކޯޗު އަލީ ނިޔާޒް ބުނި ގޮތުގައި މިއަހަރުގެ މުބާރާތުގައި ދެ ޓީމު ވެސް ފައިނަލްގައި ވާދަކުރާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. ރާއްޖެއިން ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ދެ ކެޓަގަރީން ވެސް ތިން ވަނަ ހާސިލްކޮށްފައެވެ.

މި ފަރިތަކުރުންތަކަށްފަހު ކެރަމް ޓީމު އެނބުރި މާލެ އަންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އެއަށްފަހު މުބާރާތުގައި ވާދަކުރުމަށް މެލޭޝިޔާއަށް ފުރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. މިއަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޤައުމީ ކެރަމް ޓީމުކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްކެރަމް ވާރލްޑް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2025

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި

02 ސެޕްޓެމްބަރު 2025
ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި، މުބާރާތުގެ ލޯގޯ ލޯންޗުކޮށްފި
12 ޖުލައި 2025

ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ

12 ޖުލައި 2025
ކެރަމް ޤައުމީ މުބާރާތް: ދެ ވަނަ ޑިވިޝަން ކާމިޔާބު ކުރީ ނައުފަލް އާއި ޒިއުނާ
03 ޖުލައި 2025

ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް

03 ޖުލައި 2025
ކެރަމް ޖޫނިއާ މުބާރާތް: 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޒްލާން އަދި ރީމް އަށް
02 މާރިޗު 2025

އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން

02 މާރިޗު 2025
އެސޯސިއޭޝަން ކަޕްގެ އޯޕަން ސިންގަލްސް ކާމިޔާބު ކުރީ ޔަމާން
04 ފެބުރުއަރީ 2025

ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް

04 ފެބުރުއަރީ 2025
ވެޓަރަންސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހާމިދު އަށް
02 ފެބުރުއަރީ 2025

ވެޓަރަންސް މުބާރާތުގެ ޑަބަލްސް އިވެންޓު ކާމިޔާބު ކުރީ ލަތީފް އަދި ލިފާއުގެ ޕެއާ އިން

02 ފެބުރުއަރީ 2025
ވެޓަރަންސް މުބާރާތުގެ ޑަބަލްސް އިވެންޓު ކާމިޔާބު ކުރީ ލަތީފް އަދި ލިފާއުގެ ޕެއާ އިން
21 ނޮވެމްބަރު 2024

ކެރަމް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ޤައުމީ ކެރަމް ޓީމަށް ހޫނު މަރުޙަބާއެއް

21 ނޮވެމްބަރު 2024
ކެރަމް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ޤައުމީ ކެރަމް ޓީމަށް ހޫނު މަރުޙަބާއެއް
02 މެއި 2024

ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ކުޅުންތެރިންނަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށް

02 މެއި 2024
ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ކުޅުންތެރިންނަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށް
30 އެޕްރީލު 2024

ޓީމު އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމަށް ރިހި މެޑަލް، އަންހެން ޓީމަށް ލޯ މެޑަލް

30 އެޕްރީލު 2024
ޓީމު އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމަށް ރިހި މެޑަލް، އަންހެން ޓީމަށް ލޯ މެޑަލް
29 އެޕްރީލު 2024

ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އަޒްމީން އަދި ނާޒިމް އަށް ރިހި މެޑަލް

29 އެޕްރީލު 2024
ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އަޒްމީން އަދި ނާޒިމް އަށް ރިހި މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް