Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރާނީ އެލިޒަބަތު ދެ ވަނައިގެ ޖަނާޒާ

ރާނީއަށް އެންމެފަހުގެ އިހުތިރާމު އަދާކުރުމަށް ދެ މިލިއަން މީހުން ދާނެ ކަމަށް ލަފާ ކޮށްފި

ރާނީގެ ހަށިކޮޅު ބާއްވާފައިވާ ވެސްޓްމިންސްޓަރގައި ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އެތައް ހާސް އޮފިސަރުން ހަރަކާތްތެރިވަމުންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 07:19
ރަނީ އެލިޒަބަތު ދެވަނައިގެ ސަންދޯއް

ރަނީ އެލިޒަބަތު ދެވަނައިގެ ސަންދޯއް

އަވަހާރަވެފައިވާ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ އަށް އެންމެފަހުގެ އިހުތިރާމު އަދާކުރުމަށް ދެ މިލިއަން މީހުން ދާނެ ކަމަށް ލަފާކޮށްފިއެވެ.

ރާނީއަށް އެންމެފަހުގެ އިހުތިރާމު އަދާކުރުމަށް އެތައް ލައްކަ ބަޔަކު ލަންޑަންގެ މަގުތައް މަތީގައި ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ކިޔޫތައް ދަމާލާފައެވެ. ރާނީގެ ހަށިކޮޅު ބާއްވާފައިވާ ވެސްޓްމިންސްޓަރއަށް ވަނުމަށްޓަކައި 10 މޭލަށް ކިޔުތަށް ދަމާލާފައިވެއެވެ. ރާނީގެ ޖަނާޒާގެ ކަންކަން އަންނަ ހޯމަ ދުވަހު ބާއްވަންދެން ހަށިކޮޅު އޮންނާނީ ވެސްޓްމިންސްޓަރގައެވެ.

ރާނީގެހަށިކޮޅު ބާއްވާފައިވާ ވެސްޓްމިންސްޓަރގައި ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އެތައް ހާސް އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު، ރާނީގެ ހަށިކޮޅު ކައިރީގައިވެސް އެއްހާސް އޮފިސަރުން ތިބެއެވެ.

މީގެއިތުރުން ވެސްޓްމިންސްޓަރއަށް ޖަމާވެފައިވާ މީހުންގެ ކަންތައްތައް ބެލެހެއްޓުމަށް 1500ށްވުރެން ގިނަ ސިފައިން ހަރަކާތްތެރިވަމުންދެއެވެ.

އިނގިރޭސިވިލާތުގެ ކައުންޓަރ ޓެރަރިޒަމްގެ ކުރީގެ ކޯޓިނޭޓަރ ނިކް އެލްޑްވޯތު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ގައުމުގައި ތުރެޓް ލެވެލް ހުރި ގޮތަށް ބަލާއިރު، ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި މިފަދަ ބޮޑު އެއްވުންތަކުގައި އެފަދަ މީހުން ހަރަކާތްތެރިވާނެކަން އެނގޭކަމަށާއި، އެހެންކަމުން ސެކިއުރިޓީގެ ބެލެހެއްޓުމުގެ ކަންތައްތައް އެ ގައުމުން ވަރުގަދަކޮށްފައިވާކަމަށެވެ.

ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ލަންޑަނަށް ވަޑައިގަންނަވާ އެކި ގައުމުތަކުގެ އިއްޒަތްތެރިން ޕްރައިވެޓް ބޯޓުތަކުގައި ވަޑައިނުގަތުމަށާއި، ކޮމަރޝަލް ފްލައިޓުތަކުގައި ވަޑައިގެންނެވުމަށް ލަންޑަންގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުއަރުވާފައެވެ.

ސެޕްޓެމްބަރު 19 ވަނަ ދުވަހު އޮންނަ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަރަށް ގިނަ އަދަދެއްގެ ގައުމުތަކުގެ ރައީސުންނާއި ރަސްރަސްކަލުންނާއި ރާނީންނާއި ބޮޑުވަޒީރުން އަދި އެފެންވަރުގެ އެހެން ބޭފުޅުން ވަޑައިގަންނަވާނެކަމަށް ބެލެވޭއިރު، އެބޭފުޅުންގެ ދަތުރުފުޅުތައް ގެންގުޅުއްވާނެ ގޮތުގެ ތަފްސީލް ވަނީ ލަންޑަންގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައެވެ. އޭގައިވާގޮތުން ލަންޑަން އެއާޕޯޓަށް ވަޑައިގެންނެވުމަށްފަހުވެސް، ޖަނާޒާގެ ކަންކަން ކުރިއަށްދާ ވެސްމިނިސްޓަރ އެބީއަށް ވަޑައިގަތުމަށްވެސް ގިނަ ބޭފުޅުން އެކުގައި ގެންދެވޭނެ ބަހެއް ނެންގެވުމަށް އިރުޝާދު އަރުވާފައިވެއެވެ.

އަދި ބޭރު ގައުމުތަކުން ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ލަސްވެގެން ޖަނާޒާގެ އެއްދުވަސް ކުރިން ވަޑައިގެންނެވުމަށް ދަންނަވާފައިވެއެވެ. ހީތުރޯ އެއާޕޯޓްގައި ޕްރައިވެޓް ބޯޓުތައް ޖެއްސުމުގެ ޚިދުމަތާއި ބޯޓު ޕާކުކޮށްފައި ބެހެއްޓުމުގެ ޚިދުމަތް ނުދެވޭނެކަމަށްވެސް އަންގާފައިވެއެވެ. އެހެންކަމުން ކޮމަރޝަލް ފްލައިޓްތަކުގައި ވަޑައިގަތުމަށް ދަތިފުޅުވާ ބޭފުޅުން ހީތުރޯ ފިޔަވައި އެހެން އެއާޕޯޓްތައް ބޭނުންކުރެއްވުމަށް ވެސް ދަންނަވާފައިވެއެވެ. މިއާއެކުވެސް ހެލިކޮޕްޓަރު ބޭނުންކުރެއްވުމުގެ ހުއްދަ ލިބިވަޑައިނުގަންނަވާނެކަން ފާހަގަކޮށްފައިވެއެވެ.

އަދި ބޭރުގެ ލީޑަރުން ވަޑައިގަންނަވާއިރުއާއި ފުރާވަޑައިގަންނަވާއިރު އެއާޕޯޓްގައި އެއްވެސް ގައުމެއްގެ ދިދަ ނުއުފުލޭނެ ކަމަށްވެސް އަންގާފައިވެއެވެ.

އެހާ ގިނަ އަދަދެއްގެ އެންމެ މަތީ ފެންވަރުގެ އިއްޒަތްތެރިންގެ ދަތުރުގެ ކަންކަން ބެލެހެއްޓުމުގައި ހުންނާނެ ދަތިތައް ފާހަގަކުރަމުން ޕޮލިޓިކޯގެ އޮފިޝަލުން ވަނީ، ބޭރުގެ ވަފްދުތައް ވީހާވެސް ކުޑަކުރުމަށް ވިދާޅުވެފައެވެ.

މިގޮތުން ވެރިންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންގެ އިތުރުން އާއިލާގެ އެހެން އެއްވެސް ބޭފުޅަކު ނުވަތަ ސްޓާފުން ނުހިމެނުއްވުމަށް ވެސް ގައުމުތަކަށް އިރުޝާދު ދީފައިވާކަމަށްވެއެވެ. މިގޮތަށް ވަފުދުތައް ކުޑަކޮށްލަން ޖެހެނީ ޖަނާޒާ ބާއްވާތަނާ އަދި އެއަށްފަހު ބާއްވާ އިހްތިފާލުތައް ބާއްވާ ތަންތަނުގެ ޖާގައިގެ ދަތިކަން ހުންނާނެތީ ކަމަށް ރަސްމީ ލިއުމުގައި ބުނެފައިވެއެވެ. ވަޑައިގަންނަވާ ހުރިހާ ބޭފުޅުން ޕްރައިވެޓް ކާރުތަކުގައި ގެންގުޅުއްވުމަކީ ލަންޑަންގެ މަގުތަކާ ޓްރެފިކްވެސް ތަންދޭނެ ކަމެއް ނޫންކަން ފާހަގަކުރަމުން އެފަރާތުން ބުނެފައިވަނީ އިއްޒަތްތެރިން އެކިތަންތަނަށް ގެންދެވޭނީ ހުރިހާ ބޭފުޅުން ސެންޓްރަލް އެސެމްބްލީ ޕޮއިންޓްތަކަކަށް އެއްކުރެވި އެތަންތަނުން ޚާއްސަ ބަސްތަކެއްގައި ކަމަށެވެ. 

އެންމެމަތީ ފެންވަރުގައި ބޭއްވޭ ޖަނާޒާގެ ކަންކަމަށްފަހު ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވަރލީ އަރުވާ ޚާއްސަ ރިސެޕްޝަނެއް ބާއްވާނެއެވެ. 

ރާނީ އެލިޒަބަތު 2އިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

18 އޮކްޓޯބަރު 2025
އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި
23 މާރިޗު 2024

ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި

23 މާރިޗު 2024
ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި
28 ޑިސެމްބަރު 2023

6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!

28 ޑިސެމްބަރު 2023
6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!
11 އޮކްޓޯބަރު 2023

އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް

11 އޮކްޓޯބަރު 2023
އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް
11 އޮކްޓޯބަރު 2023

އިނގިރޭސިވިލާތާއި އަޔަލޭންޑުގައި ޔޫރޯ 2028 ބާއްވަން ނިންމައިފި

11 އޮކްޓޯބަރު 2023
 އިނގިރޭސިވިލާތާއި އަޔަލޭންޑުގައި ޔޫރޯ 2028 ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު