Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަރުތަކުގެ ސިއްހަތު ދެނެގަތުމަށް ފޮޓޯ މުބާރާތެއް

ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ދެނެގަތުމަށް ބާއްވާ ފޮޓޯ މުބާރާތް ފަސްކޮށްފި

މި މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތު ވަނީ އޮކްޓޯބަރު 20 އާ ހަމައަށް އިތުރުކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 ސެޕްޓެމްބަރު 2022 | ހުކުރު 17:42
މުރަކަ އާލާކޮށްފައިވާ ސަރަހައްދެއް

މުރަކަ އާލާކޮށްފައިވާ ސަރަހައްދެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޓޫރިޒަމް މިނިސްޓްރީއާއި އޯޝަން ޖިއޯގްރަފިކް އަދި މޯލްޑިވްސް އެލަޔަންސް ފޯރ ޑައިވް އޮޕަރޭޓަރސް (މޯޑޯ) ގުޅިގެން ބޭއްވުމަށް ނިންމާފައިވާ، ބައިނަލްއަގުވާމީ ފޮޓޯ މުބާރާތް ބާއްވާ ތާރީހު ފަސްކޮށްފިއެވެ.

މި މުބާރާތް ބާއްވާ ތާރީހު ފަސްކޮށްފައިވަނީ ގިނަ ބަޔަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން، ކުރިން މި މަހުގެ 28 ގައި ބާއްވަން ނިންމާފައިވާ މި މުބާރާތް އަންނަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

Advertisement - newsAdvertisement

މިއާއެކު ރަޖިސްޓްރީވުމަށް ވެސް އިތުރު ފުރުސަތު ފޮތޯގްރަފަރުންނަށާއި ޑައިވް އޮޕަރޭޓަރުންނަށް ލިބިގެންދާނެއެވެ. އެގޮތުން، މިހާރު މުބާރާތުގައި ބައިވެރިވާ ފަރާތްތައް އޮކްޓޯބަރު 20 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭއިރު ޑައިވް އޮޕަރޭޓަރުން ރަޖިސްޓްރީވާން ޖެހޭނީ 11 އޮކްޓޯބަރުގެ ކުރިންނެވެ.

މި މުބާރާތަށް ހާއްސަކޮށްގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ހާއްސަ ވެބްސައިޓެއް ވެސް ތައާރަފު ކޮށްފައެވެ. އެ ވެބްސައިޓް މެދުވެރިކޮށް ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް ވެސް މި މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނެއެވެ. މި މުބާރާތުގައި ދިވެހި ފޮޓޯގްރާފަރުންނަށް ހިލޭ ބައިވެރިވެވޭއިރު، ބޭރުގެ ފޮޓޯގްރާފަރުން 10 ޑޮލަރުގެ ފީއެއް ދައްކަންޖެހެއެވެ.

1 ދުވަހުގެ މުއްދަތައް ކުރިއަށްދާ ފޮޓޯ ނެގުމުގެ މި މުބާރާތް ކުރިއަށްދާނީ މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ 50 ޑައިވް ސައިޓެއްގައި، ހެނދުނު 7:30ން ހަވީރު 17:30އަށެވެ. މި މުބާރާތުގެ ވަނަތައް އޮކްޓޯބަރު 29 ގައި އިއުލާން ކުރަން ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތް ކުރިއަށްގެންދިއުމުގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމާއި އަދި ހިތްގައިމު ތަންތަނުގެ ހާލަތު ދެނެގަނެ، މުސްތަގުބަލުގައި މިފަދަތަންތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއެކު، ފަތުރުވެރިމަކުގެ ރަން އަހަރު ކުލަގަދަކޮށް ފާހަގަކުރުމެވެ. ފޮޓޯ ނެގުމުގެ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރާތެއްގެ ގޮތުގައި، ޑައިވްސައިޓް ތަކުގެ ފޮޓޯ ނެގުމާއެކު މިފަދަ ތަންތަނުގެ ހާލަތު ދެނެގަނެވޭފަދަ ހަރުދަނާ ޕްލެޓް ފޯމެއް ގާއިމްކުރެވޭނެފަދަ ގޮތަކަށެވެ.

މި މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދޭން ހަމަޖެހިފައިވާއިރު، ވަނަތައް ހޮވުމުގައި ހަރަކާތްތެރިވާނީ ބައިނަލްއަގުވާމީ ޓީމަކުންނެވެ. އެއްވަނައާއި ދެވަނަ ހޮވުމަށް ހަޖެހިފައިވާއިރު، ކޮންމެ ޑައިވް ސައިޓަކުން ފާހަގަކޮށްލެވޭ އިތުރު 3 ފަރާތެއް ހޮވާނެއެވެ. 

މި މުބާރާތުގައި ނަގާ ފޮޓޯތަކުގެ ތެރެއިން އެންމެ ރީތި 3 ފޮޓޯ، އެ ޑައިވްއަށް ޚާއްސަ ފޮތުގައި ހިމަނާނެއެވެ. އަދި މުބާރާތުގެ މޮޅު ފޮޓޯތައް އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ އަންޑަރވޯޓަރ އެގްޒެބިޝަނުގައި، ފޮޓޯގްރާފަރުގެ ނަމާއެކު ހިމަނާނެއެވެ. މިއީ ދިވެހި ފޮޓޯގްރާފަރުންނަށް، އެހެން ގައުމުތަކުގެ ފޮޓޯގްރާފަރުންނާ ވާދަކޮށްލުމަށް ލިބޭ ފަހި ފުރުސަތެކެވެ.

ޓޫރިޒަމް މިނިސްޓްރީރަށު ފަތުރުވެރިކަން

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2025

"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"

12 އޮކްޓޯބަރު 2025
"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"
07 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި

07 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި
22 އޯގަސްޓު 2025

ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން، ސަފާރީ އެއް ބާއްވައިގެން ރާ ވިއްކާ, ރާ ދީ ހަދާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 އޯގަސްޓު 2025
ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން، ސަފާރީ އެއް ބާއްވައިގެން ރާ ވިއްކާ, ރާ ދީ ހަދާ ކަމަށް ރައީސް ވިދާޅުވެއްޖެ
21 އޯގަސްޓު 2025

އުކުޅަހު ކައުންސިލުން ޓޫރިޒަމް ވިޔަފާރިއަށް ހެދި ލޭންޑް ޔޫސް ޕްލޭން ބޭކާރު، ރައީސް ވިދާޅުވީ އެ ޕްލޭން ބަދަލުކޮށް ބިންތަކުން ދޭނީ ގޯތި ކަމަށް

21 އޯގަސްޓު 2025
އުކުޅަހު ކައުންސިލުން ޓޫރިޒަމް ވިޔަފާރިއަށް ހެދި ލޭންޑް ޔޫސް ޕްލޭން ބޭކާރު، ރައީސް ވިދާޅުވީ އެ ޕްލޭން ބަދަލުކޮށް ބިންތަކުން ދޭނީ ގޯތި ކަމަށް
21 އޯގަސްޓު 2025

ގެސްޓް ހައުސް ވިޔަފާރިވެރިން ޝޯޓްކަޓް ނަގައިގެން، ދީނާއި ޚިލާފު ކަންކަން ހިންގައިގެން މުއްސަނދި ވާން މަސައްކަތް ކުރާ ކަމަށް ރައީސް ތުހުމަތުކުރައްވައިފި

21 އޯގަސްޓު 2025
ގެސްޓް ހައުސް ވިޔަފާރިވެރިން ޝޯޓްކަޓް ނަގައިގެން، ދީނާއި ޚިލާފު ކަންކަން ހިންގައިގެން މުއްސަނދި ވާން މަސައްކަތް ކުރާ ކަމަށް ރައީސް ތުހުމަތުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު