Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ.ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމް

ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމް އިފްތިތާހުކޮށްފި

މިނިޒާމުން 45 ޓަނުގެ 2 ޕްލާންޓުން ދުވާލަކު 90 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ސެޕްޓެމްބަރު 2022 | ބުދަ 22:05
ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމު އިފްތިތާހުކުރުން

ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމު އިފްތިތާހުކުރުން

ހދ.ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމް އިފްތިތާހުކޮށްފިއެވެ.

މަޝްރޫއު ހިންގާފައިވަނީ ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީ އާއި ސަރުކާރާއި ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު އެވެ. އަދި ޢަމަލީ މަސައްކަތް ކުރީ އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑް އާ ހަވާލުކޮށްގެންނެވެ. ނޮޅިވަރަންފަރުގައި ޤާއިމުކޮށްފައިވާ މިނިޒާމުން 45 ޓަނުގެ 2 ޕްލާންޓުން ދުވާލަކު 90 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން ލިބިފައިވެއެވެ. މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ބެހެއްޓިފައިވެއެވެ. އަދި 16.7 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވިފައިވެއެވެ.

Advertisement - newsAdvertisement

މިމަޝްރޫޢު އިފްތިތާހްކޮށް ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރަށްރަށުގެ ފެނަށް ޖެހުމުގެ މައްސަލަ ދިމާވާ ކަމަށާއި، އަދި މި މަޝްރޫޢު އަކީ އެކަމަށް ހައްލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ޖުމްލަ 36,321,012.36 (ތިރީސް ހަ މިލިއަން ތިން ސަތޭކަ އެކާވީސް ހާސް ބާރަ ރުފިޔާ ތިރީސް ހަ ލާރި) ޚަރަދުކުރެވިފައިވެއެވެ.

ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށާފައި ވަނީ 1 ނޮވެމްބަރު 2018 ގައެވެ. މިމަޝްރޫޢު ނިމިފައި ވަނީ 07 ފެބްރުވަރީ 2022 ގައެވެ.

ހދ. ނޮޅިވަރަންފަރުއެންވަޔަރަމަންޓް މިނިސްޓްރީމިނިސްޓަރ އައިމިނަތު ޝައުނާ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
16 ފެބުރުއަރީ 2025

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު