Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިއަވަތި ރާއްޖެ

ޑަބްލިއުޑީސީ އުވާލާކަށް ނުފެނޭ، ފެންނަނީ މަސައްކަތް ކުރެވޭތޯ ބަލަން: ރައީސް

ވިއަވަތި ރާއްޖެ ކޮންފަރެންސް ކުރިއަށް ދިޔައީ މި މަހުގެ 11 އިން 12 އަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ސެޕްޓެމްބަރު 2022 | ހޯމަ 10:19
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު

ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ (ޑަބްލިއުޑީސީ) ނުވަތަ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީ އުވާލަން ފެނިވަޑައިނުގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ލ.ގަމުގައި ކުރިއަށް ދިޔަ "ވިއަވަތި ރާއްޖެ" މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ މަހާސިންތާގެ ތެރެއިން އަންހެނުންގެ ތަރައްޤީ އަށް މަަސައްކަތް ކުރާ ކޮމިޓީތަކަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ކޮމިޓީތަކާއި މެދު ތަފާތު ޚިޔާލުތައް ހުށަހެޅުނު އިރު އެ ހުށަހެޅުންތަކުގެ ތެރޭގައި އެ ކޮމިޓީތައް އުވާލާ ކައުންސިލްތަކާއި އެއްކޮށްލުމަށް ބައެއް ކައުންސިލްތަކުން ހުށަހެޅުއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެއީ އެ މަނިކުފާނު ތައީދުކުރައްވާ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ޑަބްލިއުޑީސީ އަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބަޖެޓުގެ ދަތިކަމާއި، މަސައްކަތް ކުރާނެ އެކަށީގެންވާ މާހައުލެއް ނެތުން ކަމަށާއި އެކަން ހައްލުކުރަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ކަންކަމަށް ގާނޫނީ ހައްލެއް ގެންނަން ޖެހޭ ކަމެއް އޮތްތޯ ބެލުމަށް ފަހު އެކަން ހައްލު ކުރުމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފުދުންތެރި، މާލީ ގޮތުން ބާރުވެރި މުޖުތަމައުތަކެއް ބިނާ ކުރެވޭނީ އިގްތިސާދީ ގޮތުން ބާރުވެރި ތަންތަނަށް ރަށްރަށް ބަދަލުކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އިމާރާތުގެ ދަތިކަމާއި ވަސީލަތުގެ ދަތިކަން ހުރި ކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެެވެ. އަދި ބައެއް ކޮމިޓީތަކަށް ބަޖެޓުގެ ދަތިކަން އިންތިހާ އަށް އޮތް ކަމަށް އެ ކޮމިޓީތަކުން ވަނީ ފާހަގަކޮށްފައެވެ. އެކަމުގެ ސަބަބުން ކޮމިޓީތަކަށް އެއްވެސް ވަރަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބޭ ރަށްތައް ވެސް ހުރިކަން ވެސް އެ ކޮމިޓީތަކުން ވަނީ ވިޔަވަތި ކައުންސިލްގައި ފާހަގަކޮށްފައެވެ. އެފަދަ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެ ކަން ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.

ވިއަވަތި ކޮންފަރެންސް ކުރިއަށް ދިޔައީ މި މަހުގެ 11 އިން 12 އަށް ކަމަށް ވާއިރު އޭގެ ކުރިން ވަނީ ކޮންފަރެންސް އަށް ތައްޔާރު ވުމުގެ ބައްދަލް ވުންތަކެއް ބާއްވާފައެވެ. މި ކޮންފަރެންސްގައި ކައުންސިލްތަކާއި، މުއައްސަސާތައް އަދި އިދާރާތައް އިމެނޭހެން 200 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ

ޑަބްލިއުޑީސީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވިއަވަތި ރާއްޖެ ކޮންފަރެންސްވިއަވަތި ރާއްޖެ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
05 ސެޕްޓެމްބަރު 2025

ޑަބްލިއުޑީސީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

05 ސެޕްޓެމްބަރު 2025
ޑަބްލިއުޑީސީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި
10 ޑިސެމްބަރު 2024

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

10 ޑިސެމްބަރު 2024
ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު
26 ޖޫން 2024

އެމްޑީޕީއަށް 19 އަހަރު، ޕާޓީގެ ޙަރަކާތްތައް ޖުލައި މަހުން ފެށިގެން ފެނިގެން ދާނެ

26 ޖޫން 2024
އެމްޑީޕީއަށް 19 އަހަރު، ޕާޓީގެ ޙަރަކާތްތައް ޖުލައި މަހުން ފެށިގެން ފެނިގެން ދާނެ
22 ޑިސެމްބަރު 2023

ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން - އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އިތުރު ވަގުތު ދީފި

22 ޑިސެމްބަރު 2023
ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން - އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އިތުރު ވަގުތު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު