Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޯޔަލް ރިބްރޭންޑިންގ

ޝާހީ ރިބްރޭންޑިންގ: އިނގިރޭސި ބޭންކް ނޫޓާއި ފައިސާފޮތި، އަދި ސްޓޭމްޕަށް ވާނީ ކިހިނެއް؟

11 ސެޕްޓެމްބަރު 2022 | އާދީއްތަ 17:11

އިނގިރޭސި ފައިސާ، ޕާސްޕޯޓް، ސްޓޭމްޕް، ގައުމީ ސަލާމް، މިހުރިހާ އެއްޗެއް ބަދަލުކުރަންޖެހޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 17:11
ޗާލްސް ރަސްގެފާނުގެ ފޮޓޯފުޅު ޖަހާފައިވާ ސްޓޭމްޕެއް

ޗާލްސް ރަސްގެފާނުގެ ފޮޓޯފުޅު ޖަހާފައިވާ ސްޓޭމްޕެއް

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާގުޅިގެން ރާނީގެ ދޮށީ ދަރިކަލުން ޗާލްސްގެ މައްޗަށް ވަނީ ރަސްކަން އޮޓޮމެޓިކުން ބަދަލުވެފައެވެ. މިހާރުގެ ޗާލްސް ރަސްގެފާނަކީ އެގައުމުގެ ތިންވަނަ ޗާލްސް ރަސްގެފާނެވެ.

ރާނީ އަވަހާރަވުމާގުޅިގެން އިނގިރޭސި ވެރިކަމުގެ ނިޒާމަށް އައި، ނުވަތަ ގެނެވުނު ހަމައެކަނި ބަދަލަކީ މިއީއެއްނޫނެވެ. ވަގުތުން ގެންނަން ފެށުނު މުހިންމު ބަދަލުތަކުގެތެރޭގައި ގައުމީ ސަލާމް ބަދަލުކުރުން، ފައިސާގެ ގޮތުގައި ބޭނުންކުރާ ނޫޓާއި ލާރިފޮތި ބަދަލުކުރުން، ޕާސްޕޯޓް ބަދަލުކުރުން، އަދި ސްޓޭމްޕް ބަދަލުކުރުން ހިމެނެއެވެ.

އިނގިރޭސި ވިލާތުގައި ދައުރުވާ 29 ބިލިއަން ކޮއިން ނުވަތަ ފައިސާފޮތިވެސް ހެދިފައި ވަނީ ރާނީގެ ތަސްވީރުފުޅު ހިމަނައިގެންނެވެ. އެންމެ ފަހުން ފައިސާ ޖަހާފައިވަނީ 2015 ވަނަ އަހަރުއެވެ. އޭރު ރާނީގެ އުމުރުފުޅުން 88 އަހަރުފުޅެވެ. އެއީ އެލިޒަބަތުގެ ރަނިކަމުގައި ފައިސާފޮތި ޖެހުނު ފަސްވަނަ ފަހަރެވެ.

އައު ރަސްގެފާނު ޗާލްސްގެ ތަސްވީރުފުޅުޖެހި ފައިސާފޮތި އުފައްދާނެކަން އެއީ ޔަގީންކަމެކެވެ. ނަމަވެސް އައު ފައިސާ ބޭނުންކުރަން ފަށާނީ ކޮންއިރަކުންކަމެއް، ކަމާބެހޭ އިދާރާތަކުން އަދި ހާމައެއްނުކުރެއެވެ. ގަބޫލުކުރެވޭގޮތުގައި ރާނީގެ ސޫރަފުޅުޖެހި ފައިސާފޮތި އަދިވެސް ގިނަ އަހަރުތަކެއްވަންދެން ބޭނުންކުރެވޭނެއެވެ. ބަދަލު ގެނެވޭނީ މަޑުމަޑުންކަމަށް ރިޕޯޓްތައް ބުނެއެވެ.

އައު ފައިސާ ފޮތީގެ ޑިޒައިން އަދި ނޭނގުނުނަމަވެސް އެނގޭ އެކައްޗެއް އެބައޮތެވެ. ރަސްގެފާނުގެ ފޮޓޯފުޅު ޖަހާނީ ރާނީ އިންނަވާ ފަރާތް ނޫން އަނެއް ފަރާތަށެވެ. އެހެނީ އިނގިރޭސިވިލާތުގެ އުސޫލުތައް ބުނާގޮތުން ރަސްކަމުގެ ކޮންމެ ދައުރެއްގައިވެސް މި ބަދަލު ގެންނަންޖެހެއެވެ.

1967 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ރޯޔަލް މެއިލުން ނެރުނު ކޮންމެ ސްޓޭމްޕަކީވެސް ރާނީގެ ފޮޓޯފުޅު ހިމަނައިގެން ހެދި ސްޓޭމްޕްތަކެވެ. ނަމަވެސް ދެން ރާނީގެ ފޮޓޯފުޅު ޖަހައިގެން ސްޓޭމްޕެއް ނުހަދާނެއެވެ. ދެން ހަދާނީ ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅު ޖެހި ސްޓޭމްޕެވެ.

ބަދަލުކުރަންޖެހެނީ ހަމައެކަނި ފައިސާއާއި ސްޓޭމްޕް އަދި ރަސްމީ ތައްގަނޑެއްނޫނެވެ. އިނގިރޭސި ޕާސްޕޯޓްވެސް ބަދަލުކުރަންޖެހެއެވެ. ކުރިން ޕާސްޕޯޓް ހަދަމުން އައީ ރާނީއަށް ނިސްބަތްކޮށް، އަދި ރާނީއަށް އެރުވޭ ޝަރަފެއްގެގޮތުގައެވެ. "އިން ދަ ނޭމް އޮފް ދަ ކުއީން" މިހެން ކިޔާފައެވެ. މިހާރު ހުރި ޕާސްޕޯޓްތައް އަދި އޮތީ ބޭނުންކުރެވޭގޮތަށް ނަމަވެސް އަލަށް ހެދޭ ޕާސްޕޯޓްތައް ދެން ހަދާނީ "ހިޒް މެޖެސްޓީ" ނުވަތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

ގައުމީ ސަލާމުގައި ހިމެނޭ ތަންކޮޅެއް ކަމަށްވާ "ގޯޑް ސޭވް ދަ ކުއީން" ބަދަލުކޮށް "ގޯޑް ސޭވް ދަ ކިންގް" ހިމަނައިގެން ގައުމީސަލާމަށްވެސް ބަދަލުގެނެވޭނެއެވެ.

ރާނީ އެލިޒަބަތު އަވަހާރަވެފައިވަނީ ބަލްމޯރަލްގައި ހުންނަ ޝާހީ ގަނޑުވަރުގައި މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހުން ފެށިގެން ތިން ދުވަހު ހަށިކޮޅު ބަލްމޯރަލްގައި ބޭއްވުމަށްފަހު މިއަދު ވަނީ ދިގު ކާރު ދަތުރަކަށްފަހު އެޑިންގބަރގްއަށް ގެންގޮސްފައެވެ. ހައެއްކަ ކާރުގެ ކޮންވޯއީއެއްގައި ސަންދޯއްޕުޅު ގެންދެވުނު މަގުގެ ދެފަރާތަށް އެތައްހާސް ބަޔަކު ނުކުމެ ތިބެ ރާނީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކޮށްފައިވެއެވެ.

ރާނީގެ ޖަނާޒާ އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް ބަކިންގހަމް ޕެލަސްއިން ވަނީ އިއުލާންކޮށްފައެވެ،

ޝާހީ އާއިލާއިނގިރޭސިވިލާތްދުނިޔެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
05 ޖުލައި 2024

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
05 ޖުލައި 2024

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް
05 ޖުލައި 2024

އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

05 ޖުލައި 2024
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް