Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުން

ގާނޫނަށް އަމަލުކުރަން ފެށިއިރު ވަކީލުކަން ކިޔަވަން ފަށާފައިވާ ކުދިންގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުންވެސް އިސްލާހު ހުށަހަޅަނީ

އެޓާނީ ޖެނެރަލް ބަޔާންކުރައްވާފައިވާ އިސްލާހުތަކާއި އެއްގޮތް އިސްލާހު ހިމެނޭ ބިލެއްގެ ބަހުސް މިހާރުވެސް ކުރިޔަށްދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:03
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާފައިވާ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު ގާނޫނީ ވަކީލުކަން ކިޔަވަން ފަށާފައިވާ ކުދިން ވަކީލުންނަށް ވުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ކަންކަން އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދައުރަށް ހުށަހަޅާނެކަމަށް އެޓާނީ ޖެނެރަލް އޮފީހުން ހާމަކޮށްފައިވާ ބިލުތަކުގެ ތެރޭގައި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެޓާނީ ޖެނެރަލް އޮފީހުން ސިޓީފުޅެއް ލިބިވަޑައިގަންނަވާފައިވާކަމަށެވެ. މިސިޓީފުޅުގައި އެޓާނީ ޖެނެރަލް ފާހަގަކުރައްވާފައިވާކަމަކީ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅާ ބިލުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ފައިސާ ހޯދާނެ އިތުރު ގޮތްތައް ބަޔާންކުރުމަށް ހުށަހެޅޭ އިސްލާހުތައް ހިމެނޭކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިބިލް މިހަފުތާތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ގަސްތުކޮށްފައިވާކަމަށް އެޓާނީ ޖެނެރަލް ވިދާޅުވެފައިވާކަމަށެވެ.

އެޓާނީ ޖެނެރަލް މިފަދަ އިސްލާހެއް ހުށަހަޅުއްވާކަމަށް ވިދާޅުވެފައިވާއިރު ގާނޫނީ ފަންނުގެ ގާނޫނަށް މިފަދަ އިސްލާހެއް ގެނައުމަށް ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް ވަނީ ބިލެއް ހުށަހަޅުއްވާފައެވެ. އެބިލްގެ ބަހުސް މަރުހަލާ މަޖިލީހުގައި ކުރިޔަށްދާއިރު އުޝާމް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލުގައި ވަނީ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު ގާނޫނީ ވަކީލުކަން ކިޔަވަން ފަށާފައިވާ ކުދިން އެގާނޫނުގައި އަމަލުކުރަން ބުނެފައިވާ ކަންކަމުން އިސްތިސްނާކުރުމަށެވެ.

އުޝާމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ އެގާނޫނުގެ 66 ވަނަ މާއްދާގެ ނ ގައި ގާނޫނީ ފަންނުގެ ގާނޫނަށް އަމަކުކުރަން ފެށިއިރު ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވަމުންދިޔަ ފަރާތްތަކާއި އެގާނޫނަށް އަމަލުކުރަން ފެށިއިރު ކިޔެވުން ނިންމާފައިވާ ފަރާތްތަކުގެ ތެރެއިން އެހާތަނަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިނުވާ ފަރާތްތަކަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގައި ބާ އިމްތިހާނު އަދި ތަމްރީނު ފުރިހަމަކުރުން އިސްތިސްނާވާނެ ކަމުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އުޝާމް ހުށަހަޅުއްވާފައިވާ ބިލާއި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާ ބިލަކީ އެއް މައުޟޫއެއްގައި އެއް މަގްސަދެއްގައި އެއް ނަތީޖާއެއް ނެރުމަށް ހުށަހެޅޭ ބިލެއް ކަމަށްވާތީ ދެބިލުގެ މަސައްކަތް އެކުގައި ކުރިޔަށްގެންދެވޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ރައްޔިތުންގެ މަޖިލިސްބާ ކައުންސިލްއެޓަރނީ ޖެނެރަލް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
06 ޑިސެމްބަރު 2025

ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

06 ޑިސެމްބަރު 2025
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!
17 އޮކްޓޯބަރު 2025

ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް

17 އޮކްޓޯބަރު 2025
 ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް
07 އޮކްޓޯބަރު 2025

ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"

07 އޮކްޓޯބަރު 2025
ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"
29 ސެޕްޓެމްބަރު 2025

ގާނޫނު އަސާސީގައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތް ބަންޑާރަނައިބު ވެސް ކުރަންޖެހޭ: މުއިއްޒު

29 ސެޕްޓެމްބަރު 2025
ގާނޫނު އަސާސީގައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތް ބަންޑާރަނައިބު ވެސް ކުރަންޖެހޭ: މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު