Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަމުގެ ލައިސަންސް

މަސްވެރިކަމުގެ ލައިސަންސް ފީ ކުޑަކޮށްފި

5 ސެޕްޓެމްބަރު 2022 | ހޯމަ 03:13

މަސްވެރިކަން ކުރާ އުޅަނދުފަހަރުން ފީ ނަގަނީ އެ އުޅަނދެއްގެ ކުޑަ ބޮޑުމިނަށް ބެލުމަށްފަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ސެޕްޓެމްބަރު 2022 | ހޯމަ 03:13
މަސްވެރިން

މަސްވެރިން

މަސްވެރިކަމުގެ ލައިސަންސަށް ނަގާ ފީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުޑަކޮށްފިއެވެ.

ކަނޑުމަހުގެ މަސްވެރިކަން ހިންގައި، ބެލެހެއްޓުމާއި ގުޅޭ އައު ޤަވައިދުގެ ފަށުން ފީ ކުޑަކޮށްފައިވާއިރު މަސްވެރިކަން ކުރާ އުޅަނދުފަހަރުން ފީ ނަގަނީ އެ އުޅަނދެއްގެ ކުޑަ ބޮޑުމިނަށް ބެލުމަށްފަހުއެވެ. އަލަށް ގެޒެޓްކޮށްފައިވާ ޤާނޫނުގައިވާގޮތުން މަސްވެރިކަމުގެ ލައިސަންސަށް ނަގާ ފީ ކުޑަކޮށް މިކަމުން މަސް ދޯނިފަހަރަށް ވަނީ ލުއިކޮށްދީފައެވެ. ޤަވާއިދުގައި މިހާރުވާގޮތުންނަމަ ވަކިވަކިން ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރާ އުޅަނދު 1 އަހަރުދުވަހުގެ މުއްދަތަކަށް 49 ފޫޓަށްވުރެ ކުޑަނަމަ ނަގާނީ 500 ރުފިޔާއެވެ. އަދި 49 ފޫޓަށްވުރެ ބޮޑުނަމަ ނަގާނީ 1500 ރުފިޔާއެވެ.

Advertisement - newsAdvertisement

އަދި މި 2 ބާވަތުގެ މަސްވެރިކަން ކުރާ އުޅަނދުގެ އަގުން 1 އަހަރުދުވަހުގެ މުއްދަތަކަށް 49 ފޫޓުން ކުޑަ އުޅަނދެއްނަމަ ނަގާނީ ހަމަ އެއް އަގެކެވެ. ނަމަވެސް 49 ފޫޓަށްވުރެ ބޮޑުނަމަ ނަގާނީ 1800 ރުފިޔާއެވެ. އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރަށް 2 އަހަރުގެ މުއްދަތަކަށް 49 ފޫޓަށްވުރެ ކުޑަނަމަ ނަގާނީ 250 ރުފިޔާއެވެ.

އަދި 49 ފޫޓަށްވުރެ ބޮޑުނަމަ ނަގާނީ 500 ރުފިޔާއެވެ.ކުރިން އޮތް ގޮތުންނަމަ 45 ފޫޓުން ދަށްނަމަ އުޅަނދުން ނަގާނީ 600 ރުފިޔާއެވެ. 45 ފޫޓުން ފެށިގެން 65 ފޫޓާއި ހަމައަށްދާ އުޅަނދުން ނަގާނީ 1200 ރުފިޔާއެވެ. 65 ފޫޓުން 85 ފޫޓާއި ހަމައަށްދާ އުޅަނދުން 1800 ރުފިޔާ ނަގާއިރު 85 ފޫޓުން މަތީގެ އުޅަނދުން ކުރިން ނަގާނީ 3600 ރުފިޔާއެވެ.

މިގެނައި ބަދަލުތަކާއި ގުޅިގެން ހުރިހާ ބާވަތެއްގެ މަސްވެރިކަމުން ނަގާ ފީއަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އަދި ބައެއް ދާއިރާތަކުގެ މަސްވެރިކަމުން ކުރިން ދައްކަމުން އައި ފީއަށްވުރެ މިހާރު ދައްކަމުން އައި ފީވަނީ %58 ކުޑަވެފައެވެ. އޭގެތެރެއިން އެއް ބާވަތަކީ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ 85 ފޫޓުގެ އުޅަނދުތަކެވެ. ކުރިން 3600 ރުފިޔާ ދައްކަން ޖެހޭއިރު މިހާރު މި ބާވަތުގެ އުޅަނދުތަކުން ދައްކަން ޖެހެނީ 1500 ރުފިޔާއެވެ.

ކަނޑުމަހުގެ މަސްވެރިކަން ހިންގައި، ބެލެހެއްޓުމާއި ގުޅޭ ގަވާއިދުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހާސިލްކުރަން ބޭނުންވާ މަޤްސަދުތަކުގެ ތެރޭގައި، ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް، ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި، ހިންގައި، ބެލެހެއްޓުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.

އަދި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނުގައިވާ ކަންކަން ތަންފީޛުކުރުމާއި، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާއި ގުޅޭ ކަންކަން ކަނޑައެޅުމުގެ އިތުރުން ކަނޑުމަހުގެ މަސްވެރިކަން މޮނިޓަރކޮށް، ކޮންޓްރޯލްކުރުން ހިމެނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2017

ފްރީކުއެންސީ ލައިސަންސް ފީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދައްކަން ހުކުމް ކޮށްފި

11 ޑިސެމްބަރު 2017
ފްރީކުއެންސީ ލައިސަންސް ފީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދައްކަން ހުކުމް ކޮށްފި
06 ޑިސެމްބަރު 2017

ޕެންޝަން އޮފީހުން އެޑްމިނިސްޓްރޭޝަން ފީ ކުޑަކޮށްފި

06 ޑިސެމްބަރު 2017
 ޕެންޝަން އޮފީހުން އެޑްމިނިސްޓްރޭޝަން ފީ ކުޑަކޮށްފި
27 ނޮވެމްބަރު 2017

ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ބްރޯޑްކޮމްއާ ދެކޮޅަށް ދައުވާ ކޮށްފި

27 ނޮވެމްބަރު 2017
ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ބްރޯޑްކޮމްއާ ދެކޮޅަށް ދައުވާ ކޮށްފި
10 ނޮވެމްބަރު 2017

ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލްކުރި މައްސަލަ މުރާޖައާކޮށްދިނުމަށް ބްރޯޑްކޮމް ދެކޮޅު ހަދައިފި

10 ނޮވެމްބަރު 2017
ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލްކުރި މައްސަލަ މުރާޖައާކޮށްދިނުމަށް ބްރޯޑްކޮމް ދެކޮޅު ހަދައިފި
30 އޮކްޓޯބަރު 2017

ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލްކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ، އެ ނިންމުން މުރާޖާކުރަން ހުށަހަޅައިފި

30 އޮކްޓޯބަރު 2017
ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލްކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ، އެ ނިންމުން މުރާޖާކުރަން ހުށަހަޅައިފި
30 އޯގަސްޓު 2017

ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ 13 ފަރާތެއްގެ ލައިސަންސް ބާތިލް ކުރަނީ

30 އޯގަސްޓު 2017
ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ 13 ފަރާތެއްގެ ލައިސަންސް ބާތިލް ކުރަނީ
13 އޯގަސްޓު 2017

ލައިސަންސް ނެތި ސައިކަލް ދުއްވި އަންހެނަކަށް ކޮށްލިވަރު!

13 އޯގަސްޓު 2017
ލައިސަންސް ނެތި ސައިކަލް ދުއްވި އަންހެނަކަށް ކޮށްލިވަރު!
25 މެއި 2017

އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކުޑަކޮށްފި

25 މެއި 2017
އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކުޑަކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް