Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ޕްލަސް

ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލްކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ، އެ ނިންމުން މުރާޖާކުރަން ހުށަހަޅައިފި

30 އޮކްޓޯބަރު 2017 | ހޯމަ 20:09

ނިންމުން އަލުން މުރާޖާކުރަން ހުށަހެޅީ ބުދަ ދުވަހު

ލީވާން އަލީ
ލީވާން އަލީ | 30 އޮކްޓޯބަރު 2017 | ހޯމަ 20:09
ރާއްޖެ ޕްލަސް ލޯންޗްކުރުމުގެ ތެރެއިން

ރާއްޖެ ޕްލަސް ލޯންޗްކުރުމުގެ ތެރެއިން

ރާއްޖެ ޕްލަސްގެ ނަމުގައި ހިންގަމުން އައި ޗެނެލްގެ ލައިސަންސް ބާތިލް ކޮށްފައިވަނީ، ގާނޫނާ އަމަލު ކުރަމުންދާ އުސޫލްތަކާ ހިލާފަށް ކަމަށް ސާބިތު ކުރެވޭނެ ހެކި ހުރުމާއެކު އެ ނިންމުން އަލުން މުރާޖާ ކޮށްދިނުމަށް އެދި ހުށަހަޅައިފިއެވެ.

އާރް ޕްރޮޑަކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ އާރް ޕްރޮޑަކްޝަންގެ ބްރޯޑްކާސްޓިން ލައިސަންސް ބާތިލްކުރީ ކަނޑައެޅިފައިވާ މުއްދަތު ތެރޭގައި ހިދުމަތް ފަށާފައިނުވާތީކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ހާމަކުރިނަމަވެސް އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއްކަމަށެވެ. އާރް ޕްރޮޑަކްޝަނުން ބުނީ އެ ކުންފުނީގެ މިލްކުވެރިކަން ބަދަލު ކުރި ލައިސަންސަކީ، ކުރިން ޖޯޓެކް ޕްރައިވެޓް ލިމިޓެޑަށް ދޫކުރައްވާފައިވާ ލައިސަންސެއް ކަމަށާއި، އެ ލައިސަންސްގެ ދަށުން ޖޯޓެކުން "ވައި ޓީވީ" ނަމުގައި ވަނީ ޗެނެލް އެއް ހިންގާފައިކަމަށެވެ. އެގޮތުން އާރް ޕްރޮޑަކްޝަން އަށް ވައި ޓީވީގެ ލައިސަންސްގެ ހައްގުތައް ބަދަލުކުރުމުގެ މާކުރިން، ވައި ޓީވީގެ ނަމުގައި އެ ލައިސަންސްގެ ދަށުން ދިޔައީ ބްރޯޑްކާސްޓް ކުރަމުންކަން ސާބިތު ކުރެވޭކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ބަޔާނުގައި ބުނެފައިވަނީ ވައި ޓީވީގެ ނަމުގައި ދިގު މުއްދަތަކަށް ހިދުމަތް ދީފައިވާ ލައިސަންސްއެއް، މުއްދަތުގައި ހިދުމަތް ފަށާފައި ނުވާކަމަށް ކޮމިޝަނުން ވިދާޅުވުމަކީ އެއްވެސް ހަމަޔަކުން ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި، "ރާއްޖެ ޕްލަސް"ގެ ނަމުގައި ދައްކަމުން ދިޔައީ އެ ލައިސަންސްގެ ދަށުން ދެމުން ދިޔަ ހިދުމަތެއްގެ ގޮތުގައިކަން ރާއްޖޭގެ ބްރޯޑްކާސްޓިންގް ދާއިރާ މޮނިޓަރ ކޮށް ބެލެހެއްޓެވުމުގެ ޒިންމާ ހަވާލު ކުރެވިފައިވާ މުއައްސަސާގެ ހައިސިއްޔަތުން ބްރޯޑްކާސްޓިންގް ކޮމިޝަނަށް، ރަނގަޅަށް އެނގިފައި އޮންނަންޖެހޭނެ ކަމެއް ކަމަށްވެސް އެ ކުންފުނިން ދެކޭކަމަށެވެ.

އާރް ޕްރޮޑަކްޝަންގެ ލައިސަންސްގެ ހިދުމަތް ދީފައި ނުވާކަމަށް ނިންމެވި ކަމަށް ވިދާޅުވެ ކޮމިޝަނުން ފާހަގަ ކޮށްފައިވާ ހަމައެކަނި ނުކުތާއަކީ، އައިޕީ ޓީވީ މެދުވެރިކޮށް ހިދުމަތް ދިނުމަކީ، ބްރޯޑްކާސްޓް ކުރުމަށް އާރް ޕްރޮޑަކްޝަން އަށް ދޫކޮށްފައިވާ ލައިސަންސްގައި ބަޔާން ކޮށްފައިވާ "ސެޓެލައިޓް" މެދުވެރިކޮށް ހިދުމަތް ފެށުން ކަމަށް ގަބޫލު ނުކުރާތީ ކަމަށް ވިދާޅުވި ނަމަވެސް ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ (30) ވަނަ މާއްދާގައި އަދި ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގެ (19) ވަނަ މާއްދާގައި ބުނެފައިވަނީ، ލައިސަންސް ލިބޭ ފަރާތުން 12 މަސް ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓް ކުރަން ފަށަން ވާނެ ކަމަށެވެ. އަދި އެ ހިދުމަތެއް ފަށާފައި ނުވާނަމަ، ލައިސަންސް ބާތިލްވާނެ ކަމަށެވެ. އެހެންނަމަވެސް ގާނޫނުގައިވެސް އަދި ގަވައިދުގައިވެސް ހިދުމަތް ފަށަން ޖެހޭނީ ވަކި ވަސީލަތަކުން ކަން ކަނޑައަޅާ ބަޔާން ކޮށްފައި ނުވާކަމަށް އެ ކުންފުނިން ބުނެއެވެ.

އާރް ޕްރޮޑަކްޝަންގެ ޗެނަލުން ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް މުއްދަތުގެ ތެރޭގައި ފަށާފައިވާކަން ދެފަރާތުން ބަދަލު ކުރެވިފައިވާ ލިޔެކިޔުން ތަކުން އެނގެން އޮތްއިރު، އަދި ސެޓެލައިޓް ނޫން ވަސީލަތަކުން ބްރޯޑްކާސްޓް ކުރުމަކީ، ލައިސަންސްގެ ޝަރުތަކަށް ކަމަށް ބެއްލެވި ނަމަވެސް، ލައިސަންސްގެ ޝަރުތަކާ ހިލާފް ވުމަކީ ގާނޫނީ އެއްވެސް ހަމަޔަކުން ލައިސަންސް ބާތިލް ކުރެވޭނެ ކަމެއް ނޫން ކަމަށް އާރް ޕްރޮޑަކްޝަނުން ބުނެއެވެ. އެގޮތުން ޝަރުތަކާ ހިލާފް ވުމަކީ ލައިސަންސް ބާތިލް ކުރެވޭނެ ކުށެއް ކަމަށް ކަނޑައަޅާ ގާނޫނެއްގައި އަދި ގަވައިދެއްގައިވެސް ބަޔާން ކޮށްފައެއް ނުވާ ކަމަށާއި، ބްރޯޑްކާސްޓިންގް ގާނޫނުގައި ލައިސަންސްގެ ޝަރުތަކާ ޚިލާފް ވެއްޖެނަމަ އަޅަން ޖެހޭ ފިޔަވަޅުތައް ވަރަށް ސާފުކޮށް ވަނީ ބަޔާން ކޮށްފައިކަމަށެވެ. އެގޮތުން އެ ގާނޫނުގައި އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގައިވެސް ލައިސަންސްގެ ޝަރުތަކާ ޚިލާފް ވުމުން ލައިސަންސް ބާތިލް ވުން ކަނޑައަޅާފައެއް ނުވާކަމަށެވެ.

މީގެ އިތުރުން، ލައިސަންސްގެ ޝަރުތުގެ ތެރޭގައި ސެޓަލައިޓް ޖަހާފައި އިނަސް، އެއީ އިދާރީ ގޮތުން ބޭނުން ވަގުތެއްގައި ބަދަލު ކުރެވޭނެ ކަމެއް ކަމަށް ކޮމިޝަންގެ އިދާރީ މުވައްޒަފުން ވިދާޅުވެފައެވެ. މީގެ ހެއްކެއްގެ ގޮތުން، ސެޓްލައިޓުން ހިދުމަތް ދިނުމަށް ޝަރުތުކޮށްފައިވާ ބައެއް އެހެން ޗެނަލްތަކުން މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ބްރޯޑްކާސްޓިން ކޮމިޝަނުން މިފަހަރު ވެސް އޮތީ ދީފައިކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި އެ ޗެނަލްތަކުގެ ބްރޯޑްކާސްޓްކުރާ ވަސީލަތް ބަދަލުކުރުމަށް ރަސްމީކޮށް މުއާމަލާތްކޮށްފައި ހުރިކަން އެ ކުންފުންޏަށް ކަށަވަރުވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް ރާއްޖެ ޕްލަސްގެ ނަމުގައި ހިނގަމުން އައި ޗެނެލްގެ ލައިސަންސް ބާތިލް ކުރެއްވީ، ހަމަ މިމޭރުމުން މިކަން ބަދަލު ކުރުމަށް ކޮމިޝަނުގެ އިދާރީ މުވައްޒަފުންނާ މަޝްވަރާކޮށް އެވާހަކަ ސިޓީއަކުން ކޮމިޝަނުގައި ދަންނަވާފައިވަނިކޮށް ކުއްލިއަކަށެވެ. އެގޮތުން އެއް ބާވަތެއްގެ ކަންކަމުގައި އެކި ފަރާތްތަކަށް ތަފާތުކޮށް ފިޔަވަޅު އެޅުއްވުމަކީ، ގާނޫނު އަސާސީގެ (20) ވަނަ މާއްދާގައި ބުނާ "ހަމަހަމަކަން"، މި ހައްގު އާރް ޕްރޮޑަކްޝަން އަށް ގެއްލިގެން ދިޔަ ކަމެއް ކަމުގައި އާރް ޕްރޮޑަކްޝަނުން ވަނީ ބުނެފައެވެ.

އާރް ޕްރޮޑަކްޝަންއަށް ދޫކޮށްފައިވާ ބްރޯޑްކާސްޓިން ލައިސަންސް ކެންސަލްވި ކަމަށް ކަނޑައެޅުމުގައި ގާނޫނީ އެތައް މައްސަލަތަކެއް ހުރިއިރު، ކޮމިޝަންގެ އެ ނިންމުމުގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައި ކަމަށާއި، އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އެ ނިންމުން އަލުން މުރާޖައާ ކޮށްދިނުމަށް، އާރް ޕްރޮޑަކްޝަންގެ ފަރާތުން ވަނީ ބުދަ ދުވަހު އެ ކޮމިޝަނަށް ހުށަހަޅާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް