Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިފެންސް އެޑްވައިޒަރ

ރާއްޖެއިން ލަންކާއަށް ކަނޑައެޅި ޑިފެންސް އެޑްވައިޒަރ، ލަންކާގެ ޑިފެންސްގެ ބައެއް ބޭބޭފުޅުންނާ ބައްދަލުކުރައްވައިފި

ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުވުންތަކުގައި މަޝްވަރާކުރެއްވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2022 | ހޮނިހިރު 07:37
ކާނަލް ޙަސަން އާމިރު - ސްރީލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފްއާ ބައްދަލުކުރެއްވުން

ކާނަލް ޙަސަން އާމިރު - ސްރީލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފްއާ ބައްދަލުކުރެއްވުން

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަަނޑައެޅުއްވި އާ ޑިފެންސް އެޑްވައިޒަރ ލެފްޓިނެންޓް ކާނަލް ޙަސަން އާމިރާއި، ކުރިން އެ މަގާމުގައި ހުންނެވި ކާނަލް އިސްމާޢީލް ނަޞީރު، ސްރީލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ޝަވެންދްރާ ސިލްވާއާ ބައްދަލުކުރައްވައިފިއެވެ.

ސްރީލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފްގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ޑިފެންސް އެޑްވައިޒަރުގެ މަގާމުގައި ކުރިން ހުންނެވި ކާނަލް އިސްމާޢީލް ނަޞީރުގެ ޚިދުމަތާއި، ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހިކުރެއްވުމުގައި ބެހެއްޓެވި އަހައްމިއްޔަތުކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ސްޓާފް ވަނީ ކާނަލް އިސްމާޢީލް ނަޞީރަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement - newsAdvertisement

ހަމައެއާއެކު ޑިފެންސާ ގުޅުން ހުރި ކަންކަން އިންތިޒާމުކުރެއްވުމުގައި ޓްރައި ސަރވިސަސްއާއެކު ބޭއްވެވި ބަދަހި ގުޅުން ފާހަގަކުރައްވައި، ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި، ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ދިވެހިރާއްޖެއިން އަލަށް އައްޔަންކުރެއްވި ލެފްޓިނެންޓް ކާނަލް ޙަސަން އާމިރަށް، ޗީފް އޮފް ޑިފެންސް ސްޓާފް ވަނީ މަރުހަބާވިދާޅުވެ، ކާމިޔާބަށް އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައިވާ ބަދަހި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ތަމްރީނުގެ ފުރުސަތުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ކާނަލް އާމިރު ވަނީ ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ، ޖެނެރަލް ކަމާލް ގަނަރަޓްނެގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޑިފެންސް އެޑްވައިޒަރުގެ މަގާމުގައި ކާނަލް އިސްމާޢީލް ނަޞީރު ހުންނަވައިގެން ދިފާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި، ކާނަލް އިސްމާޢީލް ނަޞީރަށް ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދިފާއީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ހަރުދަނާވެގެން ދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީގެ އިތުރުން އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ މިލިޓަރީ ލިއޭޒަން އޮފިސަރ މޭޖަރ ޖެނެރަލް ދިނޭޝް ނަނަޔައްކަރަ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ސްރީލަންކާގެ ނޭވީ ކޮމާންޑަރ ވައިސް އެޑްމިރަލް ނިޝާންތަ އުލުގެނެން ވަނީ ކާނަލް އާމިރަށް މަރުހަބާ ދަންނަވާފައެވެ. ރާއްޖޭގެ އާ ޑިފެންސް އެޑްވައިޒަރަށް ސްރީލަންކާގެ ނޭވީ ކޮމާންޑަރ މަރުހަބާ ދެންނެވީ ސްރީލަންކާގެ ނޭވީ ހެޑްކްއާޓަރޒްގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޑިފެންސް އެޑްވައިޒަރުގެ މަގާމުގައި ކުރިން ހުންނެވި ކާނަލް އިސްމާޢީލް ނަޞީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އެ މަގާމުގައި ކުރިން ހުންނެވި ކާނަލް އިސްމާޢީލް ނަޞީރު އެ މަގާމުގައި ހުންނަވައިގެން ސްރީލަންކާގެ އަސްކަރިއްޔާއާ ބެހެއްޓެވި ގާތްކަމާއި ދެއްވި އެއްބާރުލެއްވުމާއި، މަގާމުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި ސްރީލަންކާގެ ނޭވީ ކޮމާންޑަރު ވަނީ ކާނަލް އިސްމާޢީލް ނަޞީރަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ދެ ފަރާތުގެ މެދުގައި މެމޮންޓޯ ބަދަލުކުރައްވާފައިވެއެވެ.

އެމްއެންޑީއެފްމިނިސްޓްރީ އޮފް ޑިފެންސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު